Support Us

އަޑަށްވުރެ މާ ބާރަށް ދަތުރުކުރާ ބޮލިސްޓިކް ކްރޫޒު މިސައިލެއް އީރާނުން އުފައްދައިފި

އަޑަށްވުރެ މާ ބާރަށް ދަތުރުކުރާ ބޮލިސްޓިކް ކުރޫޒް މިސައިލެއް އީރާނުން ދައްކައިލައިފިއެވެ.

މި މިސައިލް ދައްކައިލުމުގެ ރަސްމިއްޔާތު ބާއްވައިފައި ވަނީ އިރާނުގެ ރައީސް އިބްރާހީމު ރައީސީގެ ޙާޒިރުގައެވެ. މި މިސައިލަށް ދީފައިވާ ނަމަކީ "ފައްތާޙު" އެވެ. 

އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރު ބުނާގޮތުގައި މިއީ އެ ޤައުމުގެ ތަޖްރިބާކާރުން އުފެއްދި ޤައުމީ އުފެއްދުމެކެވެ. 

އީރާނުގެ އިރްނާ ނޫސް އޭޖެންސީ ބުނާގޮތުގައި މި މިސައިލަކީ ހަރު އުނދަނައިން މަސައްކަތް ކުރާ މިސައިލެކެވެ. މި މިސައިލަށް ޖައްވީ ފަށަލައިން އެތެރޭގައްޔާއި ބޭރުގައި އުދުހުމުގެ ބާރުލިބިގެންވެއެވެ.

އީރާނު ބުނާގޮތުގައި މި މިސައިލްގެ ރާސްތާއަކީ 1400 ކީލޯމީޓަރެވެ. ދުވެލީގެ ބާރުމިނަކީ 13 އާއި 15 މާޚުގެ މިންވަރެކެވެ. އީރާން ނޫސް އޭޖެންސީ ބުނާގޮތުގައި ދުޝްމަނުންގެ ވައިގެ ދިފާޢުތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު މި މިސައިލަށް ލިބިގެންވެއެވެ. 

މި މިސައިލް ދައްކާލުމަށް ޓަކައި ފަރުދާ ކަހައިލުމުގެ ރަސްމިއްޔާތުގައި އިރާނުގެ އިންޤިލާބީ ލަޝްކަރުގެ ވެރިޔާ  ޖެނެރަލް ޙުސައިން ސަލާމީއާއި ވައިގެ ބާރުތަކުގެ ވެރިޔާ ބްރިގެޑިއަރ އަމީރު ޢަލީ ޙާޖީ ޒާދާ ބައިވެރިވެވަޑައިގެންނެވިއެވެ.

އީރާނުން ބޮލިސްޓިކް މިސައިލް ތަރައްޤީ ކުރަމުންދާތީ އެމެރިކާއާއި ހުޅަނގުން އެކަމާ ދެކޮޅުހަދައެވެ. އެހެނަސް އީރާން ބުނާގޮތުގައ މިއީ ދިފާޢީ މަސައްކަތެކެވެ. އަމާޒަކީ ދުޝްމަނުންގެ ޢުދްވާނީ ޙަމަލާތަކުން ޤައުމު ސަލާމަތް ކުރުމެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *