Support Us

ސުޢޫދީ ގުޅިއްޖެނަމަ ބްރިކްސް ބިރުވެރި މިންވަރަކަށް ބާރުގަދަވާނެ

ބްރިކްސްގެ އަސާސީ ފަސް މެންބަރުންނަކީ (ބްރެޒީލް، ރަޝިޔާ، އިންޑިޔާ، ޗައިނާ، ދެކުނު އެފްރިކާ) ދުނިޔޭގެ އިޤްތިޞާދުގެ 30% އެވެ. މި އަސާސީ ފަސް މެންބަރުންގެ ތެރެއަށް އިސް މެމްބަރުންގެ ގޮތުގައި މިޞްރާއި އިމާރާތާއި ބަންގްލަދޭޝާއި އާޖެންޓީނާ ވަނީ ވައްދައިފައެވެ. މި ޤައުމުތަކުގެ ޖަމާޢަތުގައި ސުޢޫދީ ޢަރަބިއްޔާ ހިމަނައިފިނަމަ އެ ޤައުމުތަކުގެ ބާރުގެ ދަށަށް ދުނިޔޭގެ އިޤްތިޞާދުގެ 50% އާއި 60% އާ ދެމެދުގެ މިންވަރެއް ވަދެގެންދާނެއެވެ. 

ތެލުގެ ބާޒާރު

މި ޖަމާޢަތުގައި ސުޢޫދީ ޢަރަބިއްޔާ ބައިވެރިވެއްޖެނަމަ މި ޖަމާޢަތް އިޤްތިޞާދީ ބޮޑު ބިނާއަކަށް ވާނެއެވެ. އެއީ އޯޕެކް ޖަމާޢަތުން އުފައްދާ ތެލުގެ 30% މި ޖަމާޢަތުގެ ކުޑައިގެ ދަށަށް ވަންނާނެތީއެވެ. އެހެންކަމުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އެންމެ ފަހުބަސް ބުނުމުގެ ބާރު މި ޖަމާޢަތަށް ލިބިގެންދާނެއެވެ. މިހެންވެ އެމެރިކާއާއި ހުޅަނގާ ކުރިމަތިވާ ބޮޑު ބިރަކަށް މި ޖަމާޢަތް ވެގެންދާނެއެވެ.

އެއް ފައިސާއެއް ގެންގުޅުމުގެ މަސްއަލަ

ސުޢޫދީ ޢަރަބިއްޔާ މި ޖަމާޢަތުގައި ބައިވެރިވުމާ ވިދިގެން މި ޖަމާޢަތުގައި ބޭނުންކުރުމަށް ޓަކައި އެއް ފައިސާއެއް އުފައްދާނެކަމަށް ދާރިސުން ވިދާޅުވެއެވެ. މި ފައިސާ ވާނީ އެމެރިކާގެ ޑޮލަރާ ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށެވެ. މި ފައިސާ ވާނީ ދުނިޔޭގެ ބާޒާރުގައި ޑޮލަރާ ވާދަކުރާ ބާރުގަދަ ފައިސާއަކަށެވެ. ދާރިސުން ވިދާޅުވާ ގޮތުގައި ޑޮލަރުގެ މަޤާމު މި ފައިސާއަކަށް ނުލިބޭނެއެވެ. އެހެނަސް މި ފައިސާ ދުނިޔޭގެ ބާޒާރުގައި ޑޮލަރަށާއި ޔޫރޯއަށް ގޮންޖަހާ ފައިސާއަކަށް ވާނެއެވެ. މި ޖަމާޢަތުގެ މެންބަރު ޤައުމުތަކުގެ މެދުގައި ބަދަލުކުރެވޭ މުޢާމަލާތުތަކުގައި މި ފައިސާ ބޭނުންކުރާން ފެށުމުން އެ ޤައުމުތައް ޑޮލަރަށް ބަރޯސާވުން ހުއްޓިގެންދާނެއެވެ. އެހެންކަމުން ޢާލަމީ އިޤްތިޞާދުގައި ޑޮލަރުގެ ތާސީރު ކުޑަވެގެންދާނެއެވެ. 

ބްރިކްސް ޖަމާޢަތުގައި ބައިވެރިވާން އެދޭ ވަރަށް ގިނަ ޤައުމުތަކެއް ވެއެވެ. އޭގެތެރޭގައި ސުޢޫދީ ޢަރަބިއްޔާއާއި ތައިލެންޑާއި ޕާކިސްތާނު ފަދަ އެތައް ޤައުމުތަކެއް ވެއެވެ. ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވް ހާމަކުރައްވާ ގޮތުގައި ސުޢޫދީ ޢަރަބިއްޔާ މި ޖަމާޢަތަށް ވެއްދުމުގެ މަސްއަލައާމެދު ބްރިކްސްގެ ޚާރިޖީ ވަޒީރުން ވަނީ މަޝްވަރާކުރައްވައިފައެވެ. ހުރިހާ ޤައުމުތަކަކުން ވެސް މި ކަމަށް މަރްޙަބާ ކިޔާކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *