Support Us

ރަޝިޔާގެ އެތެރެއަށް ޙަމަލާތައް ދިނުމަކީ އެމެރިކާ ހިތްވަރުދޭ ކަމެއް ނޫން

ރަޝިޔާގެ އެތެރެއަށް ޙަމަލާތައް ދިނުމަކީ އެމެރިކާ ހިތްވަރުދޭ ކަމެއް ނޫން ކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިސްތިރާތީޖީ ގުޅުންތަކާބެހޭ ވިލަރެސްވެރިޔާ ޖޯން ކަރބީ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ޔުކްރޭންގެ ކޯޅުން "ހުޅަނގާ ދެކޮޅަށް ކުރެވޭ ހަނގުރާމައަކަށް" ވެދާނެއެވެ.

ސީއެންއެން ޓީވީއާ ވާހަކަފުޅުދައްކަވަމުން ކަރބީ ވިދާޅުވިއެވެ. "ރަޝިޔާގެ އެތެރެއަށް ދެވޭ ޙަމަލާތައް ދިނުމަށް އަހުރެމެން ހިތްވަރެއް ނުދެމެވެ. އަހުރެމެން ހަނގުރާމަ ފުޅައުވެގެންދާން ބޭނުން ނުވާތީއެވެ. އެކަމުގެ ސަބަބުން ބަރުދާސްތު ކުރާންޖެހޭ ގިލަންތައް އިތުރުވެގެން ހިނގައިދާނެތީއެވެ. ޚާއްޞަކޮށް ޔޫރަޕްގެ ބަރޫދުގައެވެ."

ކަރބީ ވިދާޅުވިއެވެ. "އަހުރެމެންގެ ހަތިޔާރުތައް ރަޝިޔާގެ އެތެރެއަށް ޙަމަލާދިނުމަށް ބޭނުންނުކުރާނެކަމުގެ ޔަޤީންކަން އެމީހުން ދިނެވެ. އެހެނަސް އެއީ ޔުކްރޭނަށް ދޫކޮށްލެވިފައި ކަމެކެވެ."

އޭނާ ވިދާޅުވިއެވެ. "އެމީހުންގެ އަތަށް އެމެރިކާގެ ހަތިޔާރުތައް އެރުމަށްފަހު އެއީ އެމީހުންގެ އެއްޗެކެވެ." ކަރބީ ވިދާޅުވިގޮތުގައި އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤު އެމީހުންނަށް ލިބިގެން ވެއެވެ.

ރަޝިޔާއާ ދެކޮޅަށް ކިޔީވުން ދޭން ތައްޔާރުވަމުންދާ ޙަމަލާއާ ބެހޭގޮތުން ކަރބީ ހާމަކުރެއްވި ގޮތުގައި މި ޙަމަލާ ހޫނު މޫސުމުގައި ފަށާނެއެވެ. މި ކަމަށް ބޭނުންވާ ހަތިޔާރުތައް ވޮޝިންގްޓަނުން މިހާރު ދަނީ ތައްޔާރުކޮށްދެމުންނެވެ. "މި ޙަމަލާއަށް އެމީހުން ތައްޔާރުވަމުންސަނީ އަހުރެމެންނާ ގުޅިގެންނެވެ."

ރަޝިޔާގެ ވެރިރަށް މޮސްކޯއަށް އަންގާރަ ދުވަހު ވަނީ ޑްރޯން ޙަމަލާތަކެއް ދީފައެވެ. ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ކިޔީވުން ފޮނުވި އަށް ޑްރޯން ވައްޓައިލެވުނެވެ. އޭގެތެރެއިން ތިން ޑްރޯން ވައްޓައިލީ އިލްޓްރޯނިކް އިޝާރާތްތައް ފޮނުވައި އެއަށް މަގު އޮޅުވައިލައިގެންނެވެ. އަނެއް ފަސް ޑްރޯން ވައްޓައިލީ ވައިގެ ދިފާޢީ ނިޒާމުތަކުންނެވެ.

މޮސްކޯއިން ބުނިގޮތުގައި މި ޙަމަލާތަކުން އެނގެނީ ރަޝިޔާއިން ފަށައިފައިވާ ޢަސްކަރީ ޚާއްޞަ ޙަމަލާތައް ކުރިއަށް ގެންދާން ޖެހޭ ކަމެވެ. މޮސްކޯ ބުނިގޮތުގައި މިއީ އާދީއްތަ ދުވަހު މޮސްކޯއިން ދިން ބާރުގަދަ ޙަމަލާތަކަށް ދިން "ނާކާމިޔާބު" ރައްދެކެވެ. ރަޝިޔާ ހާމަކުރިގޮތުގައި އާދީއްތަ ދުވަހުގެ ޙަމަލާތަކުގައި ވަނީ ކިޔީވްގެ ޤަރާރު ކަނޑައަޅާ މައި މަރްކަޒުތައް ހަލާކުކޮށް ނައްތައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *