Support Us

ޔުކްރޭންގެ ކަނޑުގެ ޢަސްކަރީ އެންމެ ފަހު އުޅަނދު ރަޝިޔާއިން ފައްތައިލައިފި

ޔުކްރޭން ސިފައިން ތަންތަނަށް ބޭލުމަށް ބޭނުންކުރާ ޢަސްކަރީ ކަނޑުގެ އުޅަނދު ޔޫރީ އޮލިވަރެންކޯއަށް ޙަމަލާދީ މިއަދު ފައްތައިލައިފިއެވެ.

ރަޝިޔާއިން އިޢުލާންކުރި ގޮތުގައި މި އުޅަނދު ފައްތައިލީ އޮޑީސާ ބަނދަރުގައި އޮއްވައެވެ. މި އުޅަނދަކީ ޔުކްރޭންގެ ކަނޑުގެ ސިފައިންގެ ޚިދްމަތުގައި އޮތް އެންމެ ފަހު އުޅަނދެވެ. 

ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި މި އުޅަނދު ހަލާކުކޮށް ފައްތައިލީ އޮޑީސާ ބަނދަރުގައި އަޅައިފައި ހުރި ޢަސްކަރީ އުޅަނދުތަކަށް ރޫސީ ފަޒާއީ ޖައްވީ ބާރުތަކުން ދިން ވަރަށް އަމާޒު މޮޅު ހަތިޔާރަކުން ދިން ޙަމަލާއެއްގައެވެ. ރޫސީ ދިފާޢީ ވުޒާރާގެ ޓެލެގްރާމު ޞަފްޙާ ބުނާގޮތުގައި މި އުޅަނދަށް ދިން ޙަމަލާގެ ސަބަބުން މި އުޅަނދުގައި ހުރި ހަތިޔާރުތަކާއި އިމިޔުނިޝަންތައް ގޮވުމުން އެ އުޅަނދު ގޮވައި ހަލަކުވެގެން އަޑިއަށް ދިޔައީއެވެ. ރަޝިޔާ ބުނާގޮތުގައި މި ޙާދިސާގައި އެ އުޅަނދުގެ ފަޅުވެރީންވެސް މަރުވިއެވެ.    

މީގެ އިތުރަށް ޔުކްރޭންގެ ޚާރްކީވް ސަރަޙައްދުގައި ހުރި ހަތިޔާރު ގުދަންތަކަކަށާއި އިމިޔުނިޝަން ގުދަންތަކަކަށް ވެސް ޙަމަލާދީ އެ ތަންތަން ހަލާކުކޮށްލިއެވެ. 

އަނެއްކޮޅުން ރަޝިޔާ ބުނާ ގޮތުގައި ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ޚާރްކީވްގެ ކަރްބާޓީ ރަށަށް ޔުކްރޭނުގެ ހަތިޔާރު އެޅި ބަޔަކު ދިން ޙަމަލާތަކެއްގެ ފަސް މީހަކު މަރުވެ 19 މީހަކު ޒަޚަމުވެއްޖެއެވެ. މިއީ ސިފައިން ކަމެއް ނުވަތަ ޢާންމުން ކަމެއް ރަޝިޔާއަކުނން ނުބުނެއެވެ. 

ޔުކްރޭން ސިފައިން ބުނާގޮތުގައި މި ޙަމަލާތައް ދީފައިވަނީ އެމެރިކާއިން ޔުކްރޭނަށް ދިން ހައިމަރިސް ނިޒާމު ބޭނުންކޮށްގެންނެވެ. 

ހަނގުރާމައާ ބެހޭގޮތުން ޔުކްރޭން ސިފައިން ބުނާގޮތުގައި އިއްޔެ ރަޝިޔާ ސިފައިން ވައިގެ 64 ޙަމަލާދިނެވެ. އަދި 88 މިސައިލް ޙަމަލާދިނެވެ.

ޔުކްރޭންގެ ޢަސްކަރިއްޔާ ބުނާގޮތުގައި ޔުކްރޭނުގެ ބިންތަކުގައި ތިބި ރޫސީ ސިފައިންގެ މަރްކަޒުތަކަށް 11 ޙަމަލާދިނެވެ. މީގެ ތެރެއިން އެއް ޙަމަލާގެ އަމާޒަކީ މަތިންދާބޯޓާ އިދިކޮޅު މިސައިލްތަކެވެ.  

ޝީޝާނުގެ "އަޙްމަދު" ފައުޖުތައް ފެތުރިގަތުން

އަނެއްކޮޅުން ޝީޝާން ޖުމްހޫރިއްޔާގެ ރައީސް ރަމަޟާން ޤަދީރޯފް ވިދާޅުވާ ގޮތުގައި އޭނާގެ ދަރިކަލުންގެ ނަން ދީފައިވާ "އަޙްމަދު" ފައުޖުތައް ޢަސްކަރީ ޙަމަލާތައް ދިނުމަށާއި ޔުކްރޭނުގެ ދެކުނުގެ ޑޮނެޓްސްކްގެ ރަށްތައް މިނިވަންކުރުމަށް މިހާރު ދަނީ ފެތުރިގަންނަމުންނެވެ. މި ފައުޖުތަކުގެ މަސައްކަތުގެ ދާއިރާއަކަށް ވާނީ ޑޮނެސްޓްކް ޖުމްހޫރިއްޔާއެވެ. ރަޝިޔާގެ އާރް ޓީ ޗެނެލް ބުނާގޮތުގައި ޝީޝާނުގެ ފައުޖުތައް މަސައްކަތް ކުރާނީ އެ ޖުމްހޫރިއްޔާގެ ރަށްތައް ޔުކްރޭނުން މިނިވަންކުރުމަށެވެ.

ޤަދީރޯފް އޭނާގެ ޓެލެގްރާމުގައި ވިދާޅުވެފައިވާ ގޮތުގައި ޝީޝާނުގެ ފައުޖުތަކަށް ފެތުރުގަތުމަށް އައު އަމުރެއް އަތުވެއްޖެއެވެ. 

ޤަދީރޯފް ވިދާޅުވިއެވެ. "އަޙްމަދު ފައުޖުތައް މިހާރު ވަނީ ޙަމަލާތައް ފަށައިފައެވެ. އަހުރެމެންނަށް އަމުރު އައީ ވަރަށް ދިގު އިންތިޒާރެއްގައި ތިއްބައެވެ. ޝައިޠާނާގެ އަޅުވެރީންނަށް ޙައްޤުވާ ޖަޒާ ދެވޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *