އެންމެ ފުރަތަމަ ފަޒާއަށް ދިޔަ އަންހެން އެސްޓްރޮނޯޓް ބައިނަލްއަޤްވާމީ ޖައްވީ އުޅަނދުގެ ތެރެއިން މައްކާގެ ވީޑިއޯއެއް ނަގައި ޓުވީޓް ކޮށްފިއެވެ.
މި ޖައްވީ އިސްޓޭޝަން މައްކާ މަތިން ދަތުރުކުރަމުން ދިޔައިރު ސުޢޫދީ އެސްޓްރޮނޯޓް ރައްޔާނާ ބަރްނާވީ އެ މަންޒަރު ވީޑިއޯކޮށް ޓުވީޓުކުރަމުން ބުންޏެވެ. "މިއަދުގެ ތަޖްރިބާގައި މާތްވެގެންވާ މައްކާގެ މަތިން އަހުރެމެންގެ އިސްޓޭޝަން ދަތުރުކުރިއެވެ. އަހުރެންގެ ހަމަ ލޮލަށް މާތްވެގެންވާ މައްކާ ފެނުނެވެ. އެއީ އަލީގެ މައްޗަށް އައްޔެކެވެ."
ގަޑިއެއްހާ އިރުގެ ތެރޭގައި މި ވީޑިއޯ ދޮޅު މިލިއަން މީހުން ބަލައި ހިތްގައިމު ކަމަށް ބުނެފައިވެއެވެ.
ރައްޔާނާ ބަރްނާވީ ބައިނަލްއަޤްވާމީ ޖައްވީ އުޅަނދަށް ދިޔައީ މި މަހުގެ 21ވަނަ ދުވަހުއެވެ. އޭނާއާއެކު ސުޢޫދީ އެސްޓްރޮނޯޓެއް ކަމުގައިވާ ޢަލީ އަލްޤަރްނީ ވެސް ފަޒާއަށް ދިޔައެވެ. ބަރްނާވީ ފަޒާއަށް ދިޔައީ 10 ދުވަހުގެ ދަތުރެއްގައެވެ.
މި ދެމީހުން މި އުޅަނދަށް ގެންގޮސްދިނީ ސްޕޭސް އެކްސް ކުންފުނީގެ ފެލްކަން ނުވަ ޖައްވީ އުޅަނދުގައެވެ.
ޢުމުރުން 34 އަހަރުގެ ޒުވާން ރައްޔާނާ ބަރްނާވީ އަކީ ޙަޔަވީ ބޭސްވެރިކަމުގެ ދާއިރާގެ އިޚްޞާއީއެކެވެ. އޭނާ މި ދަތުރުގައި ދިރާސާކުރާނީ އުރަމަތީ ކެންސަރާއި މޫހަތާތަކާ (ސްޓެމް ސެލް) ބެހޭ ގޮތުންނެވެ.



advertisment