Support Us

"ޓްރެއިން ދަ ޓްރެއިނަރސް"ގެ ބައިވެރިންނަކީ ޚިދުމަތް ފޯރުކޮށްދިނުމުގައި ނަމޫނާ ފަރާތްތަކަކަށް ވާންޖެހޭ: ފައިސަލް

ޓްރެއިން ދަ ޓްރެއިނަރސް" ޕްރޮގްރާމުގައި ބައިވެރިވި ފްރަންޓްލައިން ސިވިލް ސަރވިސް މަސައްކަތްތެރިންނަކީ، ޚިދުމަތުގެ ޕްރޮސެސްތައް ހަރުދަނާކޮށް، އަދި ރައްޔިތުންނަށް އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތިބޭ އެހެން ފަރާތްތަކަށް ނަމޫނާ ބަޔަކަށް ވުމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ސަރުކާރުގެ ޚިދުމަތުގެ ވޯކްސްޓްރީމްގެ ދަށުން ކުރިއަށް ގެންދިޔަ "ޓްރެއިން ދަ ޓްރެއިނާސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޕަބްލިކް ސެކްޓަރ ކުރިއެރުވުމުގައި ޔޫ.އޭ.އީ.ގެ ސަރުކާރުން ރާއްޖެއަށް ވެދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ، ޔޫއޭއީގެ ތަޖުރިބާއިން އުނގެނުމުގެ އަގުހުރި ފުރުޞަތު ޤަބޫލުކުރައްވައި، ޢާންމު ޚިދްމަތް ފޯރުކޮށްދިނުމާއި، ޕަބްލިކް ސެކްޓަރ އިޞްލާޙުކުރެއްވުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ފަންސާސް ބައިވެރިން ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާލާފައިވާއިރު، މި ޕްރޮގްރާމުގައި ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތާ ގުޅިގެން، އެންމެ ފަހުގެ ތިއަރީތަކާއި ކޮންސެޕްޓްތަކާއި ބެސްޓް ޕްރެކްޓިސްތަކާއި ޓެކްނިކްސްގެ ފުރިހަމަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ.) އާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި.) އާއި ފޮރިން ރިލޭޝަންސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޑިވިޝަން ގުޅިގެން ކޮށްފައިވާ މަސައްކަތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *