Support Us

ތިންވަނަ ހޯއްދެވި ކެންޑިޑޭޓްގެ ތާއީދު އުރްދުޣާނަށް

ތުރްކީގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ތިން ވަނަ ޙާޞިލުކުރެއްވި ކެންޑިޑޭޓް ސިނާން އޫޣާން ދެވަނަ ބުރުގައި ރައީސް އުރްދުޣާނަށް ތާއީދުކުރައްވާނެކަން އިޢުލާން ކުރައްވައިފިއެވެ.

މި ކަން އޭނާ ހާމަކުރެއްވީ މިއަދު ބޭއްވެވި ނޫސް ބައްދަލުވުމެއްގައެވެ. އޭނާ މި ބައްދަލުވުމުގައި އޭނާއަށް ތާއީދުކުރާ ތުރްކީގެ ރައްޔިތުންނަށް ރައީސް އުރްދުޣާނަށް ވޯޓު ދިނުމަށް ގޮވައިލެއްވިއެވެ.

ތުރްކީގެ ޙުއްރިއްޔަތު ނޫސް ބުނިގޮތުގައި މި މަހު 28ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަތާ ޕާޓީގެ ޒަޢީމު ސިނާން އޫޣާން ރައީސް އުރްދުޣާނަށް ތާއީދުކުރައްވާނެކަން އިޢުލާން ކުރައްވައި އޭނާގެ ވާގިވެރީންނަށް އުރްދުޣާނަށް ތާއީދު ކުރުމަށް ގޮވައިލެއްވިއެވެ.

ތުރްކީގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އުރްދުޣާނަށް 49.54% ލިބިވަޑައިގަތްފައި ވެއެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރެއްވި އިދިކޮޅު ކޯލިޝަންގެ ޒަޢީމު ކަމާލް ކްލެޖްދާރު އޫޣުލޫއަށް ލިބިވަޑައިގަންފައި ވަނީ 44.88% ވޯޓެވެ. ސިނާން އޫޣާނަށް ލިބިވަޑައިގަންފައި ވަނީ 5.2% ވޯޓެވެ.

އޫޣާން ވިދާޅުވިގޮތުގައި އޭނާ އުރްދުޣާނަށް ތާއީދު މި ކުރައްވަނީ ކުރްދީންނަށް ތާއީދު ކުރާ ޑިމޮކްރެޓިކް ޕީޕަލްސް ޕާޓީގެ މެންބަރުންނަށް ބަރްލަމާނަށް ނުވަދެވޭނެ ގޮތް އުރްދުޣާން ހައްދަވައިދެއްވާނެތީއެވެ. އޫޣާން ވިދާޅުވާ ގޮތުގައި މިއީ ތުރްކީގައި ޣައިރު ޤާނޫނު ކުރެވިފައިވާ ޕީކޭކޭ ޕާޓީގެ ސިޔާސީ ފިޔައެވެ. މި ޕާޓީން ވަނީ ކްލެޖްދާރު އޫޣުލޫއަށް ތާއީދު ކުރާނެކަން އިޢުލާންކޮށްފއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *