Support Us

ޢުމާނުގެ ރަސްގެފާނު މިޞްރަށް

ޢުމާނުގެ ރަސްގެފާނު ސުލްޠާން ހައިޘަމު ބިން ޠާރިޤު މިޞްރަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވާނެކަން ޤާހިރާއިން ބުނެފިއެވެ.

މިއީ ޢުމާނުގެ ރަސްގެފާނު ހައިޘަމު މިޞްރަށް ކުރައްވާ ރސްމީ ފުރަތަމަ ދަތުރުފުޅެވެ. މިއީ މިޞްރުގެ ރައީސް ސީސީގެ ދަޢުވަތަކަށް އޭނާ ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ސުލްޠާން ހައިޡަމުގެ އަރިހުގައި ގެންދެވާ ބޮޑު ވަފްދުގައި ދިފާޢީ ކަންތައްތަކާ ބެހޭ ބޮޑުވަޒީރުގެ ނައިބު ޝިހާބު ބިން ޠާރިޤު އާލު ސަޢީދާއި މާބަނޑޭރި އޮފީހުގެ ވަޒީރާއި ސުލްޠާނުގެ އޮފީހުގެ ވަޒީރާއި ޚާރިޖީ ވަޒީރާއި މާލީ ވަޒީރާއި ވިޔަފާރިއާއި ޞިނާޢަތާ ބެހޭ ވަޒީރާއި މިޞްރުގައި ހުންނަވާ ޢުމާނުގެ ސަފީރު ހިމެނިވަޑައިގަންނަވައެވެ. 

މިޞްރުގައި ހުންނަވާ ޢުމާނުގެ ސަފީރު ޢަބްދުﷲ އައްރަޙްބީ  ހާމަކުރެއްވި ގޮތުގައި މިއީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ. މިއީ 2020ގައި ހައިޘަމު ބިން ޠާރިޤު ޢުމާނުގެ ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު މިޞްރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމުގައިވާތީއެވެ. މި ދަތުރުފުޅުން ފާހަގަކުރެވޭ ދެވަނަ ކަމަކީ މި ދަތުރުފުޅު މި ކުރައްވަނީ ޖިއްދާގައި ބޭއްވި 32 ވަނަ ޢަރަބި  ސަމިޓަށް ފަހުގައި ކަމަށް ވުމެވެ. މި ސަމިޓްގެ ސަބަބުން ޢަރަބީން ވަނީ ސޫރިޔާ އަލުން ޢަރަބި ފޭލިގެއަށް ވައްދައިފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *