Support Us

މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ދިފާޢީ ބާރުތައް ބިނާކޮށްދިނުމަށް ޗައިނާ ތައްޔާރު

މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ދިފާޢީ ބާރުތައް ބިނާކޮށްދިނުމަށް ޗައިނާ ތައްޔާރަށް އޮތްކަމަށް ޗައިނާގެ ރައީސް ޝީ ޖިން ބިންގް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާގެ އަމާޒަކީ މެދުތެރޭ އޭޝިޔާގެ ޤައުމުތަކާއެކު ވުނަ އެއްބަސްވުންތައް ވަރުގަދަކޮށް ފުޅައުކުރުމެވެ.

ޗައިނާގެ ރައީސް ޝީ އާ ޙަވާލާދީ ރޮއެޓަރޒް ބުނިގޮތުގައި މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ސިޔާދަތާއި އަމްނާއި މިނިވަންކަން ރައްކައުތެރިކޮށް ދެމެހެއްޓުމަކީ ލާޒިމުކަމެކެވެ.

ޝީ ވިދާޅުވިގޮތުގައި ޔޫރާޝިޔާއާއެކު ގުޅުންތައް ދެމެހެއްޓުމަށް ޓަކައި މެދުތެރޭ އޭޝިޔާއަކީ މުހިއްމު މަރްކަޒެކެވެ. މި ކަމުގައި  އެ ޤައުމުތަކުގެ ޤާބިލުކަމަކީ ވަރަށް މުހިއްމު ބަހާއެކެވެ. 

ޝީ ވިދާޅުވިގޮތުގައި ޗައިނާއާއި މެދުތެރޭ އޭޝިޔާގެ ޤައުމުތަކާ ދެމެދުގައިވާ ގުޅުން މިހާރު ދެކެމުންދަނީ "އައު ޒަމާނެކެވެ."

ރައީސް ޝީ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާ– މެދުތެރޭ އޭޝިޔާގެ ފަސް ޖުމްހޫރިއްޔަތެއްގެ ސަމިޓް އިފްތިތާޙު ކުރުމުގެ ރަސްމީ ފަރީއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފަސް ޤައުމަކީ ކަޒަޚިސްތާނާއި ޠަޖިކިސްތާނާއި އުޒްބަކިސްތާނާއި ތުރްކުމާނިސްތާނާއި ކިރްގީޒިސްތާނެވެ.

ޗައިނާގެ މެދުތެރޭގެ ސަހަރެއް ކަމުގައިވާ ޝިޔާނުގައި ބޭއްވެމުންދާ މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން  ރައީސް ޝީ ވިދާޅުވިއެވެ.  "އަޅުގަނޑުމެންގެ ގުޅިފައިވާ ކަށަވެތިވުންތަކުގެ ސަބަބުން މި ސަމިޓް ވަރަށް ކާމިޔާބު ބައްދަލުވުމަކަށް ވެގެންދާނެއެވެ. އަދި އަޅުގަނޑުމެންގެ ގުޅުންތައް އައު ބަނދަރަކަށް ބޭލިގެންދާނެއެވެ."

ރައީސް ޝީ ވިދާޅުވިއެވެ. "މިހާރަށްވުރެ ރަނގަޅު ކުރިމަގެއް  ބިނާކުރުމަށް ޓަކައި ތަރައްޤީގެ ރޭލުގައި ބައިވެރިވުމަށް ޗައިނާއިން ތިޔަބޭފުޅުންނަށް ތެދުވެރިކަމާއެކު ގޮވައިލައެވެ."  

ޝިޔާން ސަމިޓަކީ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާ ވިދިގެން ޗައިނާއާ މި ޤައުމުތަކާ ދެމެދުގައި ރަސްމީ ސިފައިގައި ގުޅުންތައް ޤާއިމުކުރެވުނު ފަހުން ބޭއްވޭ މި ބާވަތުގެ އެންމެ ފުރަތަމަ ބައްދަލުވުމެވެ. ޝިޔާން ސަހަރަކީ ފަށުވި މަގުގެ އެންމެ އިރުމަތީގައި އޮންނަ ސަހަރެވެ. 

ޗައިނާއާއި މި ފަސް ޤައުމާ ދެމެދުގައި 2022 ގައި ބަދަލުކުރެވުނު ވިޔަފާރީގެ މިންވަރު ވަނީ 70 ބިލިޔަނަށް އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ ފޯވަހީގައި މި ވިޔަފާރި އަށް ވަނީ 22% ގެ ކުރިއެރުމެއް ލިބިފައެވެ.

ދުނިޔޭގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ދެވަނަ ޤައުމު ކަމުގައިވާ ޗައިނާއިން ވަނީ މެދުތެރޭ އޭޝިޔާގައި ޤުދްރަތީ ގޭހުގެ ރިޒަރވެއް ޤާއިމުކުރުމަށް ޓަކައި އެތައް ބިލިއަން ޑޮލަރެއް ވުނަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *