Support Us

ހަތިޔާރާ ބެހޭ މުޢާހަދާއިން ރަޝިޔާ ވަކިވުމަށްފަހު ޢަސްކަރީ އާލަތްތައް އުފެއްދުން ވަރަށް ވަރުގަދަކުރާނެ: މެޑްވެޑޭވް

ޢާންމު ހަތިޔާރާބެހޭ މުޢާހަދާއިން ރަޝިޔާ ވަކިވުމަށްފަހު ރަޝިޔާއިން ހަތިޔާރާއި ޢަސްކަރީ އާލަތްތައް އުފެއްދުން ވަރަށް ވަރުގަދަ ކުރާނެ ކަމަށް ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ ޤައުމީ މަޖިލީހުގެ ނައިބު ރައީސް އަދި ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ވިދާޅުވެއްޖެއެވެ.

ޢާންމު ހަތިޔާރާ ބެހޭ ޔޫރަޕްގެ މުޢާހަދާއިން ރަޝިޔާ ވަކިވުމަށް ރައީސް ޕޫޓިން ނިންމެވިނިންމެވުން މިއަދު ވަނީ ޑޫމާއިން (ބަރްލަމާނުން) ތަޞްދީޤުކޮށްފައެވެ. މެޑްވެޑޭވް ވިދާޅުވި ގޮތުގައި ރަޝިޔާއަށް ބަލާއިރު މި މުޢާހަދާގެ އަގު ވަނީ 2007 ގައި ވެއްޓިގެންގޮސްފައެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ޤައުމީ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ބޭނުންވާ ހަތިޔާރު އުފެއްދުމާއި ހަތިޔާރު ފެތުރުން މަނާކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ.

އޭނާ އިތުރަށް ވިދާޅުވިއެވެ. "އަހުރެމެން ހަތިޔާރާއި ޢަސްކަރީ ސާމާނާއި  ޚާއްޞަ ހަތިޔާރުތައް އުފެއްދުން އިތުރު ކުރާނަމެވެ. ރަޝިޔާގެ ބަރްލަމާނުގެ އިއްތިފާޤުން މިއަދު ވަނީ އެ މުޢާހަދާއިން ރަޝިޔާ ވަކިވުމަށް އަންގައިފައެވެ."

މި މުޢާހަދާއިން ރަޝިޔާ ވަކިވުމާބެހޭ ޤަރާރުގައި ރައީސް ޕޫޓިން ސޮއި ކުރެއްވީ މި ދިޔަ ބުދަދުވަހުގައެވެ.  

މިއީ 1990ވަނަ އެކުލަވައިލި މުޢާހަދާއެކެވެ. މި މުޢާހަދާއަށް ޢަމަލުކުރަން ފެށީ ނޮވެންބަރު 1992 ގައެވެ. މި މުޢާހަދާ އެކުލަވައިލީ ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމާއި ވޯރސޯ  ޖަމާޢަތް އުވިގެންދިޔުމާ ވިދިގެންނެވެ. ނޭޓޯ ފުޅައުވެގެން ގޮސް ރަޝިޔާގެ ސަރަޙައްދާ ހަމައަށް ދިޔުމުން 2007 ގައި ރަޝިޔާ ވަނީ މި މުޢަހަދާ އިސްލާޙުކުރުމަށް ގޮވައިލައިފައެވެ. ރަޝިޔާގެ އެދުމަށް ހުޅަނގުން ވަނީ އިޖާބަ ދިނުމާ ދެކޮޅު ހަދައިފައެވެ. އަދި 2011ވަނަ އަހަރު އެމެރިކާއިން ވަނީ މި މުޢާހަދާގެ ބައެއް މާއްދާތަކަށް ޢަމަލުކުރުން ހުއްޓައިލައިފައެވެ. މާރޗް 11، 2011 ގައި ރަޝިޔާއިން ވަނީ މި މުޢާހަދާ ގަނޑުކޮށްފައެވެ. އެންމެފަހުން މިއަދު ރަޝިޔާ މި މުޢާހަދާއިން ވަކިވީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *