Support Us

ފަލަސްޠީނުން ފުރަތަމަ ފަހަރަށް މަތިންދާބޯޓާ އިދިކޮޅު ރޮކެޓް ބޭނުންކޮށްފި

އިސްރާއީލުގެ ޢަސްކަރީ މަޞްދަރުތަކާ ޙަވާދީ އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި މިހާރު އިސްރާއީލާ އިސްލާމީ ޖިހާދު ޖަމާޢަތާ ދެމެދުގައި ބަދަލުކުރަމުންދާ ޙަމަލާތަކުގައި ފަލަސްޠީނުގެ މުޖާހިދުން މަތިންދާބޯޓާ އިދިކޮޅު ދިގު ރާސްތާ މިސައިލެއް ބޭނުންކޮށްފިއެވެ.

އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދްސުން ޣައްޒާގެ ދާއިރާ ތެރޭގައި ހިމެނޭ ޔަހޫދީ އާބާދީތަކަށާއި ރަށްރަށަށް ރޮކެޓްތަކެއް އިއްޔެވެސް އޮއްސައިލިއެވެ. އިސްރާއީލު ރޭޑިއޯއިން ހާމަކުރިގޮތުގައި ރޮކެޓްތައް އޮއްސައިލައިފާ ވަނީ އުސްދޫދާއި ޢަސްޤަލާން ފަދަ ތަންކޮޅެއްދުރު ރަށްރަށަށެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ޣައްޒާއިން ބުރުއްސައިލި ރޮކެޓްތައް ފޮނުވައިލައިފާ ވަނީ ޢަސްޤަލާނާ ދިމާއަށެވެ. މި ރޮކެޓްތަކުގެ ސަބަބުން ނާޙިލް ޢައުޒަށާއި ޢަސްޤަލާނަށާއި ބައިތު ޝަކްމާއަށާއި  އިސްރާއީލުގެ ސްދީރޫތަށާއި ނިރީމާއަށާއި ނީރުޢާމާއަށާއި ޔަހޫދީ އާބާދީތަކެއް ކަމުގައިވާ އުސްދޫދާއި ނިތީވޫތުގައި އިންޒާރުގެ ކަށިގަނޑު އެޅިގެން ދިޔައެވެ. 

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ޣައްޒާއިން ފޮނުވައިލި ރޮކެޓްތަކަށް ހުރަސްއެޅޭތޯ އިސްރާއީލުގެ ދިފާޢީ ނިޒާމު ދަގަނޑު ޤުއްބުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެނަސް ގިނަ ރޮކެޓްތައް ވަނީ މި ދިފާޢު ފަހަނަޅައިގޮސްފައެވެ.

އިސްރާއީލުން ބުނާގޮތުގައި އެ މީހުންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޖަމާޢަތުގެ ރޮކެޓް ޔުނިޓްތަކުގެ ދެ މަރްކަޒަކަށް މިއަދު ބޮންއެޅިއެވެ. އިސްރާއީލުގެ ވައިގެ ޙަމަލާތަކުގެ އަމާޒަކަށް ވެފައި ވަނީ ބައިތު ޙާނޫނުގެ އުތުރުފަރާތާއި ޖިބާލިޔާއާއި ބައިތު ލާހިޔާއެވެ.  

ޣައްޒާގައި ހުންނަ ފަލަސްޠީނުގެ އިންފޮރމޭޝަން އޮފީހުގެ ވެރިޔާ  ސަލާމާ މަޢުރޫފު ހާމަކުރެއްވި ގޮތުގައި އިސްރާއީލުން އަންގާރަ ދުވަހު ޣައްޒާއަށް ދޭންފެށި ޙަމަލާތަކުގައި 15 ޢިމާރާތާއި ގެވެހި ޔުނިޓްތަކުން 51 ޔުނިޓް ވައްޓައިލާ ބިމާހަމަކޮށްފއި ވެއެވެ.

ސަރާޔާއަލް ޤުދްސުގެ އިންޒާރު

އަނެއްކޮޅުން އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދުސް ބުނާގޮތުގައި އެ ޖަމާޢަތް އޮތީ އިސްރާއީލާއެކު ކުރިމަތިލުންތައް އެތައް މަހަކަށް ކުރިއަށް ގެންދިޔުމަށް ތައްޔާރުވެގެންނެވެ.

މި ޖަމާޢަތުން ނެރުނު ބަޔާނުގައި އައިސްފައިވެއެވެ. "މި ޖަމާޢާތުގެ އިސްވާރުން މރައިލުމާއި އަމާން ގެތަކާއި ފްލެޓްތަކަށް ކިތަންމެ ވަރަކަށް ބޮންއެޅިއަސް މި ޖަމާޢަތުން ރޮކެޓް ޙަމަލާތައް ހުއްޓައެއް ނުލާނެއެވެ. އިސްރާއީލުގެ ރަށްތަކަށް ޙަމަލާތައް މެދުނުކެނޑި ދެމުންގެންދާނެއެވެ."  

މި ޖަމާޢަތުގެ ބަޔާން ބުންޏެވެ. "އަހުރެމެންގެ ނޭވާ ވަރަށް ދިގުވާނެއެވެ.އަހަރެންގެ ފަހަތުގައި ވަފާތެރި ރައްޔިތެއް އެބަ އޮތެވެ. އަނިޔާވެރީންނަށް އެމީހުންގެ ނިމުން އޮތްގޮތް ފެންނާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *