Support Us

ތުރްކީގެ ރިޔާސީ އިންތިޚާބު… އެންމެ ފަހު ވަގުތުކޮޅު

މާދަމާ ތުރްކީވިލާތުގައި ބޭއްވޭ ރިޔާސީ އިންތިޚާބާއި ބަރްލަމާނީ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުން އެންމެ ފަހު ވަގުތުކޮޅު ޢާންމު ބައްދަލުވުންތަކަށް ޚާއްޞަ ކުރައްވައިފިއެވެ. މިއަދު ހަވީރުން ފެށިގެން އިންތިޚާބާ ބެހޭ ޙަމަލާތަކާއި އިޝްތިހާރުތައް ކުރުން މަނާވާނެއެވެ.

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާނަކީ ރިޔާސީ އިންތިޚާބުގެ އެންމެ ވާދަވެރި އެއް ކެންޑިޑޭޓެވެ. އޭނާ އިސްތަންބޯލުގައި އިއްޔެ ހަވީރު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވީހާ ގިނަ ބަޔަކު ވޯޓު ދިނުމަށް ގޮވައިލެއްވިއެވެ. ރައީސް އުރްދުޣާނާ ވާދަކުރައްވާ ކޯލިޝަން ޒަޢީމު ކަމާލް ކުލިޖްދާރު އުޣުލޫ، ސަމްސުން ސަހަރުގައި ބޭއްވެވި ބައްދަލުވުމުގައި އުފެއްދުންތެރި އިޤްތިޞާދަކަށް ޓަކައި އަދި އެއްޗެހީގެ އަގު ހެޔޮ ކުރުމަށް ޓަކައި އޭނާއަށް ވޯޓު ދިނުމަށް ގޮވައިލެއްވިއެވެ.

އަލްޖައްޔިދު ޕާޓީގެ ރައީސާ މީރާލް އެކްޝިނާރާއި އަންކަރާގެ މެޔަރ މަންޞޫރު ޔާފާޝް، ޔޫޒުގާތު ސްޓޭޓުގައި އިންތިޚާބީ ބޮޑު ބައްދަލުވުމެއް ބޭއްވެވިއެވެ. 

އެމެރިކާއިން މި އިންތިޚާބާ ބެހޭގޮތުން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާކަމަށް ބުންޏެވެ. ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ކަރބީ ވިދާޅުވިގޮތުގައި ތުރްކީއަކީ ދިމުޤްރާޠީ ޒަމާންވީ މުއައްސަސާތައް އާރާސްތުވެފައިވާ ޤައުމެކެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަމުގައި "ޤަރާރުގެ ވެރި ފަރާތަކީ ތުރްކީގެ ރައްޔިތުންނެވެ."

އުރްދުޣާން އިންޒާރުކުރައްވާ

"ވާދަވެރި ޢިލްމާނީ ކެންޑިޑޭޓެއް ވެރިކަމަށް ވަޑައިގަތްފިނަމަ އެކަމުގެ އަގު ދައްކަންޖެހޭނީ ތުރްކީގެ ރައްޔިތުންނަށް" ކަމަށް އުރްދުޣާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ވަރަށް ބޮޑު އަގެކެވެ. އުރްދުޣާން އޭނާއަށް ތާއީދުކުރައްވާ މީހުންނާ އިއްޔެ އިސްތަންބޯލުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ހަނދާން ނައްތައިނުލާށެވެ. އަހުރެމެންނަށް ނާކާމިޔާބު ލިބިއްޖެނަމަ ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެއެވެ."

އުރްދުޣާން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހުޅަނގުގެ ސަރުކާރުތަކުން އިދިކޮޅެ ކެންޑިޑޭޓް މި ބޭނުންކުރަނީ އެމީހުންގެ ޚިޔާލަތުތައް ތުރްކީ މުޖްތަމަޢުގެ މައްޗަށް ލާޒިމުކުރުވުމަށް ޓަކައެވެ."

ރަޝިޔާއަށް ކުރާ ތުހްމަތުތައް

ރަޝިޔާއިން ތުރްކީގެ އިންތިޚާބާ ބެހެމުންދާކަމަށް އިދިކޮޅު ކެންޑިޑޭޓު ކަމާލް ކްލިޖްދާރު އުޣުލޫ ތުހްމަތުކުރައްވަމުން ގެންދަވާތީ ރައީސް އުރްދުޣާން އެކަމާ ދެކޮޅަށް ފާޑުވިދާޅުވިއެވެ. އުރްދުޣާން ވިދާޅުވިއެވެ. "ތިޔަބޭފުޅާ ރޫސީ ރައީސާ ބެހިވަޑައިގަންނަވާތީ އެކަމަށް މާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ތުރްކީއާ ރަޝިޔާއާ ދެމެދުގައިވާ ގުޅުމަކީ ތުރްކީއާ އެމެރިކާއާ ދެމެދުގައި އޮތް ފަދަ މުހިއްމު ގުޅުމެކެވެ."

ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި ތުރްކީ– ރޫސީ ވިޔަފާރީގެ ވޮލިއުމް ތުރްކީ– އެމެރިކާ ވިޔަފާރީގެ ވޮލިއުމަށްވުރެ މާ ބޮޑެވެ.

އުރްދުޣާން ވިދާޅުވިއެވެ. "މަނިކުފާނަށްވުރެ ކުރިން އަޅުގަނޑު ރައީސް ބައިޑްން ދަންނަމެވެ. އޭނާއަކި އަޅުގަނޑުގެ ޝަޚްޞީ ރަޙްމަތްތެރިއެކެވެ.  

އިދިކޮޅު ކެންޑިޑޭޓް ކްލިޖްދާރު ރަޝިޔާއަށް ޙަމަލާދެއްވަމުން ވިދާޅުވިއެވެ. "މޭ 15ގެ ފަހުން އަހުރެމެންނާއެކު ތިޔަބައިމީހުން ރަޙްމަތްތެރިކަން ދަމަހައްޓަން ބޭނުންވާނަމަ ތުރްކީގެ ދައުތާ ބެހުން ހުއްޓައިލާށެވެ. އަހުރެމެން އެއްބާރުލުމަށާއި ރަޙްމަތްތެރިކަމަށް އެދެމުއެވެ." 

ތުރްކީގައި ޣައިރު ޤާނޫނުކުރެވިފައިވާ ނިރުބަވެރި ޕީކޭކޭ ޖަމާޢަތުން އިދިކޮޅު ކެންޑިޑޭޓަށް ތާއިދުކުރަމުންދާތީ އެކަމާ ބެހޭ ވީޑިއޯއެއް އުރްދުޣާން ދެއްކެވުމަށްފަހު ވިދާޅުވިއެވެ. "މި ނިރުބަވެރި ޖަމާޢަތުގެ ވާގިވެރިކަން ލިބިވަޑައިގަންނަވާ ބޭފުޅަކަށް އަހުރެމެން ވޯޓުދީފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟"

ރައީސް އުރްދުޣާންގެ ވެރިކަމުގައި ތުރްކީ ވަނީ ހަކަތައާއި ޞިނާޢަތްތެރިކަމާއި ޢަސްކަރީ މައިދާނު މުހިއްމު އަރުތަތަކެއް ހޯދައިފައެވެ. އިސްލާމީ ޤައުމުތަކާއެކު ވަނީ ގުޅުންތައް ހަރުދަނާކުރައްވައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *