Support Us

ޔުކްރޭނަށް ބޭނުންވާ ހުޅަނގުގެ ހަތިޔާރު ލިބިއްޖެ: ޒިލެންސްކީ

ޔުކްރޭނަށް ބޭނުންވާ ހުޅަނގުގެ ހަތިޔާރު ލިބިއްޖެ ކަމަށާއި "ވަރަށް މުހިއްމު" ޚަބަރުތަކެއް އިޢުލާން ކުރައްވާނެ ކަމަށް ޔުކްރޭންގެ ރައީސް ޒިލެންސްކީ މިއަދު ވިދާޅުވެއްޖެއެވެ.

އަނެއްކޮޅުން ރޫސީ ދިފާޢީ ވުޒާރާ ބުނާގޮތުގައި ޢަސްކަރީ ޙާލަތު އޮތީ އެމީހުންގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ޔުކްރޭން ސިފައިންނަށް ހަނގުރާމައިގެ މައިދާނުގައި އިތުރު އެއްވެސް ކާމިޔާބީއެއް ލިބިފައިނުވާ ކަމަށް ރަޝިޔާގެ ދިފާޢި ވުޒާރާއިން ބުންޏެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާ އެ ވުޒާރާގެ ޓެލެގްރާމު ޞަފްޙާގައި ޔުކްރޭން ސިފައިންނަށް ކުރިއަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ބުނީ ކިޔީވް ސިފައިން ބަޚްމޫތު ސަރަޙައްދުގައި ދެ ކީލޯމީޓަރަށް ކުރިއަރައިގެން ހިނގައްޖެ ކަމަށް ބުނުމުން އެ ކަން ދޮގުކުރަމުންނެވެ.

ޒިލެންސްކީ ވިދާޅުވާ ގޮތުގައި ކިޔީވުން ދޭން ތައްޔާރުވަމުންދާ "އިދިކޮޅު ޙަމަލާ" އަދިއެއް ނުފެށެއެވެ. ޔޫރަޕްގެ ބައެއް ޗެނެލްތަކަށް ޒިލެންސްކީ ދެއްވި ބަޔާނެއް ބުނާގޮތުގައި "އަހުރެމެންނަށް އަދިވެސް އިތުރު ވަގުތު ބޭނުންވެއެވެ."

އެހެނަސް ރޫސީ ޢަސްކަރީ ޖަމާޢަތެއް ކަމުގައިވާ ވެގްނަރު ޖަމާޢަތުގެ ވެރިޔާ ވިދާޅުވާގޮތުގައި ޔުކްރޭނުން ވަނީ މި ޙަމަލާ ފަށައިފައެވެ. ޙަމަލާ އަދި ނުފަށާ ކަމަށް ކިޔީވުން ބުނާބުނުމަކީ "އޮޅުވައިލުމަށް ދައްކާ ވާހަކަ" އެކެވެ.

ބަޚްމޫތުގައި ކިޔީވް ކުރިއަށް

​އިއްޔެ ޔުކްރޭނުން ހާމަކުރި ގޮތުގައި ބަޚްމޫތު ސަހަރު ވަށައިގެންވާ ސަރަޙައްދުގައި ޔުކްރޭން ސިފައިން ދަނީ ކުރިއަރަމުންނެވެ. ޔުކްރޭންގެ ދިފާޢީ ވަޒީރުގެ ނައިބާ ހަނާ މަލިޔާރު ވިދާޅުވާ ގޮތުގައި މި ހަފުތާގައި ޔުކްރޭން ސިފައިން ވަނީ ބަޚްމޫތުގެ ވަށައިގެންވާ ސަރަޙައްދު ތެރޭގައި ދެ ކީލޯމީޓަރަށް ކުރިއަށް ޖެހިފައެވެ. ދުޝްމަނުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

​ރަޝިޔާއިން ބުނާގޮތުގައި ޔުކްރޭން ސިފައިން 95 ކީލޯމީޓަރުގެ ދިގު މައިދާނެއްގައި ދިން 26 ޙަމަލާއެއް ރޫސީ ސިފައިން ވަނީ މަތަކޮށް ހުއްޓުވައިފައެވެ. ޔުކްރޭންގެ މި ޙަމަލާގައި ޔުކްރޭންގެ ހާހެއްހާ ސިފައިންނާއި 40 ޓޭންކް ބައިވެރިވެފައި ވެއެވެ. އެއްވެސް ދިމާއަކުން އެމީހުންނަށް ރޫސީ ސިފައިންގެ ސަފުތައް ފޫއަޅުވައެއް ނުލެވެއެވެ.

އަނެއްކޮޅުން ކަޅު ކަނޑުގެ ރޫސީ ފްލީޓުގެ ވެރިޔާ ވިދާޅުވާ ގޮތުގައި ކްރެމިޔާގެ ސިފަސްޓޮޕޯލް ބަނދަރުގައި އޮންނަ މި ފްލީޓުގެ ބޭސްތައް ވަނީ ދިފާޢީ ގޮތުން ވަރުގަދަކޮށްފައެވެ. އެއީ ޔުކްރޭންގެ ޑްރޯން ޙަމަލާތަކުން މި ފްލީޓް ޙިމާޔަތް ކުރުމަށް ޓަކައެވެ.

އިނގިރޭސިވިލާތުން ކްރޫޒް މިސައިލް ކިޔީވަށް ދީފި

​ޔޫރަޕުން ކިޔީވަށް ދެމުންގެންދާ ޢަސްކަރީ ހަތިޔާރުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޒިލެންސްކީ ވިދާޅުވި ގޮތުގައި ހުޅަނގުން ދޭން ވަޢުދުވި ހަތިޔާރުތައް މިހާރުވަނީ ފުދޭވަރަށް ލިބިފައެވެ. މި ވަގުތު މަޑުކޮށްލައިގެން މިތިބީ އާޓިލަރީ އުޅަނދުތަކަށެވެ. މި އުޅަނދުތައް ލިބުމުން އިދިކޮޅު ޙަމަލާ ޔުކްރޭނުން ފަށާނެއެވެ.

މި ސިޔާޤުގައި ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ދިފާޢީ ވަޒީރު ހާމަކުރެއްވި ގޮތުގައި ދުރު ރާސްތާ މިސައިލެއް ކަމުގައިވާ ސްޓޯމް ޝެޑޯ ކިޔީވަށް ފޮނުވައިފިއެވެ. ނުވަތަ އެ ހަތިޔާރު މިހާރު ވަނީ ކިޔީވަށް ފޮނުވުމުގެ މަގުމަތީގައެވެ. އިނގިރޭސި ދިފާޢީ ވަޒީރު އިނގިރޭސި ބަރްލަމާންގައި ވިދާޅުވި ގޮތުގައި މި ހަތިޔާރު މި ދިނީ ޔުކްރޭނުގެ ބިމުގައި ބޭނުންކުރުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *