ހިޔާ ފްލެޓެއްގެ މެދުފާރު ތަޅާލައި، އެއް އެޕާޓްމަންޓަށް ބަދަލުކުރުމުން ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އާބަންކޯ އިން ބުނީ އެ ދެ އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރިއިރު، އެ ކޯޕަރޭޝަނުން ހަދައިފައިވާ އުސޫލުތަކާ ހިލާފަށް ދެ އެޕާޓްމަންޓުގެ މެދުފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިވުމުން، ކޮންމެ އެޕާޓްމަންޓެއް 100،000ރ. އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގައިފައިވާ ކަމަށެވެ.
އަދި 10 ދުވަހުގެ ތެރޭގައި އެކަން އިސްލާހުކޮށް، ފުލެޓު ހަވާލުކުރިއިރު ހުރި ގޮތަށް އިޔާދަކުރުމަށް، ފުލެޓުތަކުގެ ވެރިފަރާތްތަކަށް އަންގައިފައިވާ ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.
ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އުޅެނީ ކޮން ޓަވަރެއްގެ ކޮން ދެ އެޕާޓްމަންޓެއް ކަމެއް އާބަންކޯ އަކުން ނުބުނެއެވެ.



advertisment