ޔުކްރޭނުން ކްރެމްލިނަށް ދިން ޑްރޯން ޙަމަލާގެ ސަބަބުން ރަޝިޔާގެ ޢަސްކަރީ ޚާއްޞަ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ޝީޝާނުގެ ރައީސް ރަމަޟާން ޤަދީރޯވް ވިދާޅުވެއްޖެއެވެ.
ޤަދީރޯވް (ފޮޓޯ) ވިދާޅުވި ގޮތުގައި ރަޝިޔާގެ މި މަސައްކަތަކީ ދުނިޔޭގެ ޢަދްލުއިންސާފާ ބެހޭ މުއައްސަސާތައް ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ތަންތަނަށް އަލުން ހެދުމަށް ކުރާ މަސައްކަތެކެވެ.
ރައީސް ޤަދީރޯވް ވިދާޅުވި ގޮތުގައި މި ކަން މިހާރު އަންނަނީ ޙަޤީޤަތަކަށް ވަމުންނެވެ. ދުނިޔޭގައި އޮތް އެއްތަނޑީގެ ބާރު ނެތިގެން އެބަދެއެވެ. ކްރެމްލިނަށް ދޭން އުޅުނު ޢުދްވާނުގެ ސަބަބުން ޔުކްރޭނުގައި ރަޝިޔާއިން ކުރަމުންދާ ޢަސްކަރީ މަސައްކަތަށް ހުއްޓުމެއް ނާންނާނެއެވެ.
ރައީސް ޤަދީރޯވް ސިފަކުރެއްވި ގޮތުގައި ޔުކްރޭނުން ކްރެމްލިނަށް ދޭން އުޅުނު ޙަމަލާއަކީ "ޤައުމެއްގެ ރައީސަށާއި ދައުލަތަށާއި ރައްޔިތުންނަށް ދެވުނު ޙަމަލާއެކެވެ." އޭނާ ވިދާޅުވިގޮތުގައި މިކަމަށް "ދެވޭ ރައްދުގެ ދިލަ ވަރަށް ގަދަވާނެއެވެ."
ރައީސް ޤަދީރޯވް ރައީސް ޕޫޓިންގެ "ހިތްވަރުފުޅު ގަދަކަމަށާއި ޙިކްމަތުޢަމަލީ މޮޅުކަމަށާއި ކެތްތެރިކަމަށް" ވަރަށް ތާރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޕޫޓިން "މިފަދަ ދޯދިޔާ ޖެއްސުންކުރުން ތަކަށް އަމާނެއް ނުދެއްވާނެއެވެ."
ޤަދީރޯވް ވިދާޅުވި ގޮތުގައި މި "ހަޑި މުޑުދާރު ޢަމަލުގެ ބައިވެރީންނަށް ޙައްޤު އަދަބު ދެވޭނެއެވެ."



advertisment