Support Us

"ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު" އުފައްދަވައިފި

"ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު"ގެ ނަމުގައި މަރުކަޒެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އުފައްދަވައިފިއެވެ. މިއީ މާލެ ސަރަޙައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އުފެއްދެވި ތަނެކެވެ.

"ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު"ގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަޙައްދުން ވަގުތީގޮތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ މީހުނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ މީހުނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒުގެ މަސައްކަތްތައް

  1. ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  2. މުޖުތަމަޢުއާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކޮމިއުނިޓީ އައުޓްރީޗް ޚިދުމަތްތައް ދިނުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމާއި އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  3. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވޭދަނައިގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.
  4. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުތަމަޢުއަށް އަނބުރާ ރުޖޫޢަކުރުމަށް ގެނެވޭ ފަރާތްތަކަށް ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕުރޮގުރާމު ހިންގުން.
  5. މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން) ގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފަރާތްތައް މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ވޭދަނައިގެ މަސައްކަތް ކުރުން.
  6. ދައުލަތުން ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން މާލޭ (ވިލިނގިއްޔާއި ހުޅުމާލެ ހިމެނޭގޮތުން) ގައި ބައިތިއްބައިގެން ޚިދުމަތް ދޭންޖެހޭ ފަރާތްތައް ވަގުތީގޮތުން ބެލެހެއްޓުން.
  7. މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ގޮތެއް ނިމެންދެން އެފަރާތްތައް ވަގުތީގޮތުން ބެލެހެއްޓުން.
  8. އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ "އަމާން ވެށި" ތަކާއި "އަމާން ހިޔާ" ތަކުގައި ބަލަހައްޓާ ކުދިންގެ ތެރެއިން އެކި ބޭނުންތަކަށް މާލެ ގެންނަ ކުދިން ވަގުތީގޮތުން ބެލެހެއްޓުން.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *