Support Us

އދ. ގައި ތިން ޤައުމަކަށް ވޯޓުދިިނުުމުގެ ޙައްޤު ގެއްލިއްޖެ

ޗަންދާ ދެއްކުން ލަސްވުމުގެ ސަބަބުން އދ. ގެ ޢާންމު ޖަމްޢިއްޔާގައި ވޯޓުލުމުގެ ޙައްޤު ވެނެޒުއޭލާއަށާއި ލުބްނާނަށާއި ދެކުނު ސޫދާނަށް ގެއްލިއްޖެކަން އދ. ގެ އަމީން ޢާއްމު އެންޓޯނިއޯ ގުޓާރެޝް މިއަދު އިޢުލާން ކުރައްވައިފިއެވެ.

ޗަންދާ ދެއްކުމުގައި މުއްދަތު ފާއިތުވެފައިވާ ކޮމޯރޯއާއި ސައިޓޯމީ އެންޑް ޕްރިންސިޕީއާއި ސޫމާލަށް ވަނީ މީގެ ކުރިން ޗަންދާ ދެއްކުން މާފުކޮށްދީފައެވެ. އެހެންކަމުން މި ތިން ޤައުމަށް ވޯޓު ދެވޭނެކަމަށް އދ. އިން ބުނެއެވެ.

އދ. ގެ އަމީން ޢާންމުގެ މެސެޖު ބުނާގޮތުގައި ވޯޓުލުމުގެ ޙައްޤު އަނބުރާ ހޯދުމަށް ޓަކައި ވެނެޒުއޭލާއާށް 76 މިލިއަން 244 ހާސް 991 ޑޮލަރު ދައްކަންޖެހެއެވެ. ލުބްނާނަށް ދައްކަން ޖެހޭ މިންވަރަކީ އެއް މިލިއަން 835 ހާސް 303 ޑޮލަރެވެ. ދެކުނު ސޫދާނަށް ދައްކަން ޖެހޭ މިންވަރަކީ 196 ހާސް 130 ޑޮލަރެވެ. އިކްއެޓޯރިއަލް ގިނީއަށް ދައްކަން ޖެހިފައިވަނީ 619 ހާސް 103 ޑޮލަރެވެ. ގެބޯނަށް ދައްކަން ޖެހިފައިވަނީ 61 ހާސް 686 ޑޮލަރެވެ. ޑޮމީނިކަން ޖުމްހޫރިއްޔާއަށް 20 ހާސް 580 ޑޮލަރެވެ.

އދ. ބުނާގޮތުގައި މި މަހު 17 ވަނަ ދުވަހުން ފެށިގެން ނުވަ ޤައުމެއް ވަނީ ޗަންދާ ދެއްކުމުގައި ލަސްވުމުގެ ސަބަބުން ވޯޓުލުން މަނާކުރެވިފައިވާ ލިސްޓަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *