Support Us

3 އަހަރަށްފަހު ޗައިނާގެ ސަރަޙައްދު އެއްކޮށް ހުޅުވައިލައިފި

ކޮވިޑް 19ގެ ސަބަބުން ތިން އަހަރު ވާންދެން ޗައިނާ ބަންދުކޮށްފައި ބޭއްވުމަށްފަހު މިއަދު އަލުން ޗައިނާގެ ސަރަޙައްދުތައް ހުޅުވައިލައިފިއެވެ. ޗައިނާއިން މި ފިޔަވަޅު އެޅީ ޗައިނާގެ ހަނދުމަހުގެ އައު އަހަރަށް މަރްޙަބާ ކިޔާ މުނާސަބަތާވެސް ގުޅުވައިގެންނެވެ.

ޗައިނާއިން މި ނިންމިނިންމުމާ ވިދިގެން އެ ޤައުމަށް ދާ މީހުންނަށް ދެ ދުވަސް ކުރީގެ ޕީސީއާރު ނައްސި ތަޙްލީލު ރިޕޯޓެއް ގެންނާން ޖެހޭނެއެވެ. ޗައިނާގެ ވަޠަނީ ޞިއްޙަތާ ބެހޭ ކޮމެޓީ ބުނާގޮތުގައި ކޮވިޑް 19 ޖެހިފައިވާ މީހުންނަށް ބޭސްފަރުވާކުރުން ނޫން އިތުރުކަމެއް ދެނެއް ނޯންނާނެއެވެ. ޗައިނާއިން މި ހުސްވި ޑިސެންބަރު މަހުގެ 26ގައި އިޢުލާންކޮށްފައިވާ ފަދައިން މިއަދު ޗައިނާއިން އެ ޤައުމުގެ ސަރަޙައްދުތައް މި ހުޅުވައިލީ ޗައިނާއިން ގެންގުޅުނު "ކޮވިޑް ސުމެއް" ގެ ސިޔާސަތު އުވައިލުމަށް ފަހުގައެވެ. ދުނިޔޭގެ މީޑިއާތައް ބުނާގޮތުގައި ޗައިނާ ސަރުކާރުން މި ސިޔާސަތު އުވައިލީ ޗައިނާގައި މި ސިޔާސަތާ ދެކޮޅަށް ޢާންމު ރައްޔިތުންގެ އިޙްތިޖާޖުތަކާއި ޝަކްވާތައް އިތުރުވުމުގެ ސަބަބުންނެވެ. ޗައިނާގައި ސަރަޙައްދު ހުޅަވައިލުމުގެ ސަބަބުން ކޮވިޑް ޖެހިފައިވާ މީހުން ކަރަންޓީނަކަށް ދެނެއް ނުގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *