Support Us

"ރިޔާޟު ސަމިޓްތަކަކީ އެމެރިކާއަށް ފޮނުވި ޚާއްޞަ މެސެޖުތަކެއް"

ސައޫދީ ވެރިރަށް ރިޔާޟުގައި ބޭއްވި ސުޢޫދީ– ޗައިނާ ސަމިޓާއި ގަލްފު- ޗައިނާ ސަމިޓާއި ޢަރަބި– ޗައިނާ ސަމިޓަކީ ތަޖްރިބާކާރުންނާއި މީޑިއާ ވަސީލަތްތައް ބުނާގޮތުގައި އެމެރިކާއަށް ދިން ޚާއްޞަ މެސެޖުތަކެކެވެ. އެއީ މެދުއިރުމަތީގައި ޗައިނާއަށް ބޮޑު ދައުރެއް ކުޅުމަށް މަސްރަޙު ހުޅައިލަދިން ބައްދަލުވުންތަކެކެވެ. 

އެމެރިކާގެ ނިވްޔޯރކް ޓައިމްޒް ދުވަހު ނޫހުގައި "އެމެރިކާ ފައްސާ ބޭރުކުރަނީ.. ޗައިނާގެ ޒަޢީމު އެކަނިވެރިކަމުން ބޭރަށް  ނުކުމެވަޑައިގަންނަވަނީ" މި ސުރްޚީގެ ދަށުގައި ލިޔެފައިވާ ތަޙްލީލު ބުނާގޮތުގައި ރައީސް ޝީ ޖިންޕިންގ ސުޢޫދިޔާގައި ބޭއްވެވި ވާހަކަދެއްކުންތައް ފަރުމާކުރައްވައިފައި ވަނީ މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒު ކަފާސް ކުރެއްވުމުގެ އުންމީދުގެ ތެރޭގައެވެ.

މި ނޫހުގައި ރައީސް ޝީއަށް ޢަރަބީން ދެންނެވި ހޫނު މަރްޙަބާއާއި އެމެރިކާގެ ރައީސް ޖޯ ބައިޑްނަށް މި ދިޔަ ހޫނުމޫސުމުގައި ޢަރަބީން ދެންނެވި މަރްޙަބާއަށް އަޅައިބަލައިފައި ވެއެވެ. ސުޢޫދީން މި ދެ ޒިޔާރަތަށް ދިން މަރްޙަބާގެ ހޫނުކަން އުޑާއި ބިމާހައި ތަފާތުކަމަށް ބުނެފައި ވެއެވެ. 

ރައީސް ޝީ ސުޢޫދިޔާއާއެކު ސޮއިކުރެއްވި އިސްތިރާތީޖީ ބައިވެރިވުމުގެ އެއްބަސްވުމުގެ ސަބަބުން ޗައިނާ ސުޢޫދީ ޑިޕްލޮމެޓިކް ގުޅުމާއި އިޤްތިޞާދީ ގުޅުންތައް ހަރުދަނާވެ ބަދަހިވެގެން ހިނގައްޖެކަމަށް މި ނޫސް ބުންޏެވެ. މި އެއްބަސްވުމުގެ ސަބަބުން ތެލުގެ މައިދާން ފަހަނަޅައި ގޮސް ހަތިޔާރާއި ފަންނިއްޔަތާއި ބިނާރުގެ މައިދާންތައް މި އެއްބަސްވުމުގައި ޝާމިލުވެފައި ވެއެވެ. 

މި ނޫސް ބުންޏެވެ. "ފެންނަފެނުމުގައި ގަލްފް އޮތީ ޗައިނާ ބޭނުންވާ ފުޅައުކަމަށް ތައްޔާރުވެގެންނެވެ. ސުޢޫދީ މަސްއޫލުވެރީންނާއި ވިޔަފާރިވެރީން ދެކޭގޮތުގައި އެމެރިކާއިން މިހާރު ވަނީ މެދުއިރުމައްޗަށް އަޅައިލުން ކުޑަކޮށް އެ މީހުންގެ އިހްތިމާމު އޭޝިޔާއަށާއި ޔޫރަޕާ ދިމާއަށް އަނބުރައިލައިފައެވެ."  

ވޮޝިންގްޓަނާ ޚިލާފަށް ޗައިނާއަކީ ޤައުމުތަކުގެ ދާޚިލީ ކަންތައްތަކާ ބެހި އެ ކަންތަކާމެދު ފާޑު ކިޔާ ޤައުމެއްނޫނެވެ. އެހެންކަމުން ވިޔަފާރީގެ މައިދާނަށް ހުރަސްއަޅައިނެ އެއްވެސް ކަމެއް ނެތެވެ.

މި ނޫސް ބުނާގޮތުގައި ރައީސް ޝީ ދެކެވަޑައިގަންނަވާ ގޮތުގައި ޔޫރަޕްގެ ޤައުމުތަކަށްވުރެން މެދުއިރުމަތީގެ ޤައުމުތަކާއެކު ގުޅުންތައް ޤާއިމުކުރުމަށް ހުރަސްއަޅައި ހުރަސްތައް ގިރާކުރުން މާ ފަސޭހަވާނެއެވެ. ދުނިޔޭގެ ދެކުނު ބައިގެ ޤައުމުތަކުގެ އިޤްތިޞާދު ޗައިނާގެ އިޤްތިޞާދާ ގުޅުވުމުން އެ ޤައުމުތަކަށް ކުރިމަގުގައި ލިބޭނެ ފައިދާތައް  އެމެރިކާއާ ގުޅުވުމުން ލިބޭނެ ފައިދާއަށްވުރެ ބޮޑުވާނެ ކަން ޗައިނާއިން ވަނީ މި ޤައުމުތަކަށް ވިސްނައިދީފައެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ކުރީގެ އެހީތެރިއެއް ކަމުގައިވާ ޑެނީ ރަސަލް ވިދާޅުވާ ގޮތުގައި ޝީ ވަޑައިގަންނަވަނީ އެމެރިކާގެ ބައިވެރީންނާއެކު ފާޅުގައި މާފޮޅުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޝީ ސުޢޫދީ ޢަރަބިއްޔާއަށް މި ކުރެއްވި ދަތުރުފުޅުން އެނގުނީ ރިޔާޟުގެ ދަނޑުމަތީގައި ކުޅެން އަރާހުރި ހަމައެކަނި ކުޅުންތެރިއަކީ އެމެރިކާ ނޫން ކަމެވެ. 

ބޭޖިންގްގެ ރެންމެން ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ދިރާސާތަކާ ބެހޭ އުސްތާޒެއް ކަމުގައިވާ ކުވި ޝޫ ގޮންގ ވިދާޅުވިއެވެ. "އެމެރިކާ ފަހަތަށް ސޮއްސައިލުމާއި ރަޝިޔާ ޔުކްރޭނުގެ ހަނގުރާމައިގެ ތެރެއަށް  ވެއްޓުމުގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދީ ނިޒާމު ބަދަލުކޮށްލުމުގައި ބިނާކުރަނިވި ދައުރެއް ޗައިނާއަށް ކުޅެވިދާނެއެވެ." 

ސަމިޓްތަކުގެ މެސެޖު

އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްޒް  ދުވަހު ނޫސް ބުނާގޮތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން ބޭއްވެވި ތިން ސަމިޓްގެ ސަބަބުން ޗައިނާ ވަނީ ގަލްފުގެ ޤައުމުތަކާ ވަރަށް އަވަށްޓެރިވެފައެވެ. މި ސަމިޓްތަކުގެ ތެރެއިން ސުޢޫދީ ޢަރަބިއްޔާ ފޮނުވާ މެސެޖަކީ "ބޭޖިންގާއި ވޮޝިންގްޓަނާއެކު ގުޅުންތައް ރައްކައުތެރިކޮށް  ދެމެހެއްޓުމަކީ އޭގެ ސާފު ބާރު ސުމަކަށް ދާނެ ކުޅިގަނޑެއް ނޫނެވެ."

ބައިނަލްއަޤްވާމީ އަދި އިސްތިރާތީޖީ ދިރާސާތަކާބެހޭ މެދުއިރުމަތީގެ ޕްރޮގްރާމުގެ ޑިރެކްޓަރު ވިދާޅުވާ ގޮތުގައި ރިޔާޟުން އިއްވި ސަމިޓް ބަޔާންތައް އިޝާރާތް ކުރާ ގޮތުގައި ޗައިނާއާއެކު ގުޅުންތައް ބަދަހި ކުރުމަކީ ހަމައެކަނި ވަށަލަ ރަނގަޅު ކުރުމެއްނޫނެވެ. މި ކަމުގެ ސަބަބަކީ އެމެރިކާއިން މި ސަރަޙައްދާ ދުރަށް ޖެހި ދުނިޔޭގެ އެހެން ސަރަޙައްދުތަކާ ދިމާއަށް އެމެރިކާގެ މިސްރާބު ބަދަލުކުރުމެވެ. 

މީގެ އިތުރަށް މެދުއިރުމަތީގައި ހަކަތަ އުފައްދާ ޤައުމުތައް ދެކޭ ގޮތުގައި އެ ޤައުމުތަކަށް މި މައިދާނުގައި އެމެރިކާގެ މައްޗަށް ބަރޯސާވެވޭކަށް ނެތެވެ. އެމެރިކާގެ އިތުބާރާއި ކަށަވެތިކަން ކުޑަކަނުންނެވެ. މި ޤައުމުތައް ޤަބޫކުކުރާ ގޮތުގައި މި ޤައުމުތަކަށް ޗައިނާއިން ދޭ އިމްތިޔާޒުތަކާއި އިޚްތިޔާރުތައް އެމެރިކާއަކުން ނުލިބޭނެއެވެ.

އަރަބިން ދެކޭގޮތުގައި  ޗައިނާއަކީ އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމެވެ. މި ކަމުގެ ސަބަބުން ޗައިނާއިން ލިބޭ އިމްތިޔާޒުތައް އެމެރިކާ އަތަކުން ނުލިބޭނެއެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ޣައިރަތްތެރިކަން ދަނީ އިތުރުވަމުންނެވެ. އެމެރިކާއިން ދަނީ ފިއްތުންތައް އިތުރުކުރަމުންނެވެ. މިއީ ވެސް އަރަބިން ބަލައިގަންނާނެ ކަމެއްނޫނެވެ.

ވޮޝިންގްޓަނަށް ލިބުނު އިހާނެތިކަމެއް

އެމެރިކާގެ  ދަ އެޓްލާންޓިކް ކައުންސިލް މަރްކަޒު ބުނާގޮތުގައި ޝީ ސުޢޫދިޔާއަށް ކުރެއްވި ދަތުރުފުޅަކީ ހަމައެކަނި ތާރީޚީ ދަތުރުފުޅެއްނޫނެވެ. އެއީ މިސްރާބު ބަދަލުކޮށްލި ނުކުތާއެއްވެސް ނޫނެވެ. މީގެއިތުރަށް އެއީ އެމެރިކާއަށް ލިބުނު އިހާނެތިކަމެކެވެ. ޗައިނާ – ސުޢޫދީ ގުޅުންތައް ފުޅައުވެގެން ސިންދަފާތުވެގެން ދިޔުމުންނެވެ.

މި މަރްކަޒުގެ ދިރާސާއެއް ބުނާގޮތުގައި އެމެރިކާއަށް ދެން ރަނގަޅު މިސްރާބެއް ނުހިފޭނެއެވެ. އެއީ ރިޔާޟު- ބޭޖިންގ މަޞްލާޙަތުތައް ގިނަކަމުންނެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކޮށް އިތުބާރު ކުރާލެއް ވެސް ބޮޑުކަމުން ވެސް މެއެވެ. މިއީ އެމެރިކާގެ ކިބައިގައި ހުރި ސިފައެއްނޫނެވެ. އަތުގައި ނެތް އެއްޗެއް އެހެން މީހަކަށް ނުދެވޭނެއޭ އަރަބީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *