Support Us

ޔުކްރޭން ހަނގުރާމަ 2025އާ ހަމައަށް ކުރިއަށް ގެންދާން އެމެރިކާއިން ވާނީ ރާވައިފައި: ރަޝިޔާ

ޔުކްރޭން ހަނގުރާމަ 2025އާ ހަމައަށް ކުރިއަށް ގެންދިޔުމަށް އެމެރިކާއިން ރާވައިފައިވާ ކަމަށް ރޫސީ ޚާރިޖިއްޔާގެ ތަރްޖަމާނު މާރިޔާ ޒަޚަރޯވާ މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މި ބަޔާން ދެއްވީ މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވަމުންނެވެ. އޭނާ ވިދާޅުވިއެވެ." އެމެރިކާއިން ޔުކްރޭން ހަނގުރާމައަށް ތެޔޮ އޮއްސަމުންދަނީ އެންމެ ކުޑަވެގެން 2025އާ ހަމައަށް މި ހުޅުގަނޑު ރޯކޮށްފައި ބޭއްވޭތޯއެވެ." އޭނާ ވިދާޅުވިގޮތުގައި ރަޝިޔާއަށް ލިބިފައިވާ ރަސްމީ ލިޔުންތަކާއި ޖާސޫސީ މަޢުލޫމާތުތަކުން މި ކަން އެނގެއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ "ފަސާދައިގެ މެރަތަން" އެމެރިކާގެ މީޑިޔާއިން ދަނީ ވަރަށް ރަނގަޅަށް ފަތުރަމުންނެވެ. އެމެރިކާގެ ރައީސް ބައިޑްން 2023ގައި ކިޔީވަށް 37 ބިލިއަން ޑޮލަރު ލިބޭނެ މަގު ތަނަވަސްކޮށް ދެއްވާނެއެވެ. ރައީސް ބައިޑްން މަސައްކަތްޕުޅު ކުރައްވަނީ ކޮންގްރެސްއިން މި ފައިސާ ޖާމިނުކޮށް ދެއްވާށެވެ. ޒަޚަރޯވާ ވިދާޅުވި ގޮތުގައި މި ފައިސާގެ ބޮޑު ބައި ދާނީ ޔުކްރޭން ސިފައިންނަށެވެ. އަނެއްބައި ބެހެއްޓޭނީ ޔޫރަޕްގެ ޢާލަމީ ބޭންކްތަކުގައްޔާއި އެކަމަށް ޚާއްޞަ ފަންޑްތަކުގައެވެ.

ޒަޚަރޯވާ ވިދާޅުވި ގޮތުގައި މި ހުސްވި ނޮވެންބަރު މަހުގެ ފަހުކޮޅުގައި އެމެރިކާއިން Raytheon ކުންފުންޏާއެކު އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން ކިޔީވަށް ވައިގެ ދިފާޢީ ނިޒާމުތައް ގަނެދިނުމަށް ޓަކައި 1.2 ބިލިއަން ޑޮލަރު ދޭނެއެވެ. މިއީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްކަމަށް ޒަޚަރޯވާ ވިދާޅުވިއެވެ.މިއިން އެނގެނީ 2025ހާ ހަމައަށް ހަނގުރާމަ ކުރިއަށް ގެންދާން ވޮޝިންގްޓަން ގަސްތުކޮށްފައިވާ ކަމެވެ.މި ހުސްވި މޭ މަހު ރައީސް ބައިޑްން ތަޞްދީޤު ކުރެއްވި Lend-Lease ޤާނޫނުގެ ދަށުން އެމެރިކާއާއި އެމެރިކާގެ ނޭޓޯ ބައިވެރީން ޔުކްރޭނަށް ހަތިޔާރު އޮއްސަމުންދާނެއެވެ. މި އެއްބަސްވުންތަކުގެ ދަށުން އެމެރިކާއާއި ހުޅަނގުން ވަނީ ޔުކްރޭނަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ދީފައެވެ.

ރަޝިޔާއިން ތަކްރާރުކޮށް ބުނާގޮތުގައި އެމެރިކާއާއި ނޭޓޯއިން ޔުކްރޭނަށް ހަތިޔާރު ދެމުންދާނަމަ ހަނގުރާމަ ދިނގުލައިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *