Support Us

އެއްޖިންސުން ކައިވެނިކުރުން މަނާކޮށް އިންޑޮނޭޝިޔާގައި ފާސްކުރި ގާނޫނަށް އެމެރިކާ ސަފީރު ފާޑުވިދާޅުވުމުން ހޫނުފެނަށް

އެއްޖިންސުން ކައިވެނިކުރުމާއި ޒިނޭ ޙަރާން ކަމަށް ބުނެ އިންޑޮނޭޝިޔާގައި މިދާކަށް ދުވަހު ފާސްކުރި ޤާނޫނާ ދެކޮޅަށް އެ ޤައުމުގައި ހުންނަވާ އެމެރިކާ ސަފީރު ފާޑުވިދާޅުވުމުން އިންޑޮނީޝިޔާގެ ދަންނަބޭކަލުންގެ މަޖިލީހުން ވަރަށް ވަރުގަދައަށް ރައްދުދީފިއެވެ.

މި މަޖިލީހުގެ ރައީސް ޝައިޚު އަންވަރު ޢައްބާސް އެމެރިކާގެ ސަފީރު ސޮންގ ޔޮންގ ކިމާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "އެމެރިކާގެ ވުނަކުރުންތައް ޖަޙީމަށް ފޮނުވައިލާށެވެ."

ދެމަފިރީންގެ ދެމެދުގައި މެނުވީ ޖިންސީ ގުޅުން ހިންގުން މަނާކުރާ ޖިނާއީ މި ޤާނޫނު އިންޑޮނޭޝިޔާގެ ބަރްލަމާނުން ފާސްކުރީ މި ދިޔަ އަންގާރަ ދުވަހުއެވެ. މި ޤާނޫނު ބުނާގޮތުގައި އެއްޖިންސުގެ ދެ މީހުން (ފިރިހެނުންނަށް ވިޔަސް އަންހެނުންނަށް ވިޔަސް) ކާވެނިކުރުމަކީ މަނާކަމެކެވެ.

އެއްޖިންސުގެ ދެ މީހުންގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމާ ބެހޭ ޙަރަކާތްތައް އިންޑޮނޭޝިޔާގައި ތަޢާރުފު ކުރުމަށް ޓަކައި މި މަހުގެ ކުރީކޮޅު އެމެރިކާއިން ޚާއްޞަ މަންދޫބަކު ފޮނުވިއެވެ. އެމެރިކާއިން ފޮނުވި މަންދޫބު ޖެސިކާ ސްޓަރނަކީ، އިންޑޮނޭޝިޔާގެ ޢިލްމުވެރީންގެ މަޖިލީހުން ސިފަކުރިގޮތުގައި، "ޖާހިލު މެހެމާނެ"ކެވެ.

ޖިނާއީ މި އައު ޤާނޫނުގެ އަސަރު އިންޑޮނޭޝިޔާގެ ވުނަކުރުމުގެ މަސްރަޙަށް ވަރަށް ނައްސިވާނެ ކަމަށް އެމެރިކާގެ ސަފީރު ވިދާޅުވި ކަމަށް ޑެޓިކް އޮންލައިން ބުނެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްޖިންސުން ގުޅުން ޤާއިމުކުރާން އެދޭމީހުންގެ ޙައްޤުތަކަށާއި "މީމު މުޖްތަމަޢު" އަށް  އިންޑޮނޭޝިޔާ ވެސް އިޙްތިރާމު ކުރާން ޖެހޭނެއެވެ.

އިންޑޮނޭޝިޔާގެ ޢިލްމުވެރީންގެ މަޖުލީހުގެ ރައީސް ޢައްބާސް އެމެރިކާގެ ސަފީރަށް ރައްދު ދެއްވާ ވިދާޅުވިއެވެ. "އެމެރިކާއިން މި ގޮތަށް އެމީހުންގެ ޢަޤީދާތައް އަހުރެމެންގެ މައްޗަށް ލާޒިމުކުރާން އެދޭނަމަ އަހުރެމެން އެމީހުންނަށް ބުނާނީ: ތިޔަބައިމީހުންގެ އެހީތަކާއި ވުނަކުރުންތައް ހިފައިގެން ޖަޙީމަށް ދާށެވެ!"

ޢައްބާސް ވިދާޅުވި ގޮތުގައި އެމެރިކާގެ މި އެދުމަކީ ބަލައިގަނެވޭނެ އެދުމެއް ނޫނެވެ. އޭނާ ވިދާޅުވިއެވެ. "މިއީ އެމެރިކާއިން އަހުރެމެންނަށް ދިން އިންޒާރެކެވެ. އެމީހުން ބޭނުންވަނީ އިންޑޮނޭޝިޔާ މީހުން މީމު މުޖްތަމަޢުގެ އަޚްލާޤިއްޔާތު ބަލައިގަންނަ ބަޔަކަށް ހަދާށެވެ. އެމެރިކާއިން ބުނާގޮތުގައި އެމީހުންގެ މި ޢަޤީދާ ޤަބޫލު ނުކުރާނަމަ އެމީހުން އިންޑނޭޝިޔާގައި ވުނައެއް ނުކުރާނެއެވެ."

ޢައްބާސް ވިދާޅުވިއެވެ. "މިއިން އެނގެނީ އެމެރިކާއިން އިންޑޮނޭޝިޔާއަށް އިޙްތިރާމު ނުކުރާކަމެވެ. އަދި އިންޑޮނޭޝިޔާގެ ސިޔާދަތާއި ސަޤާފަތާއި  ދީނަށް އެއްވެސް ޤަދަރެއް ނުދޭކަމެވެ."

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *