ދެ ޙަރަންފުޅުގެ ޚާދިމު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ދަޢުވަތަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ސުޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރިޔާޟުގައި ތިން ސަމިޓެއް ބޭއްވޭނެއެވެ. އެއީ ސުޢޫދީ- ޗައިނާ ސަމިޓާއި ގަލްފް- ޗައިނާ ސަމިޓާއި ޢަރަބި – ޗައިނާ ސަމިޓެވެ.
ސުޢޫދީ ރަސްގެފާނު ސަލްމާނާ ރައީސް ޝީއާ ދެމެދުގައި ބޭއްވޭ ރަސްމީ ވާހަކަދެއްކުންތަކުގައި ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ރަސްމީ ވާހަކަދެއްކުންތަކުގައި ޚިޔާލު ބަދަލު ކުރައްވާނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތަކާއި އިސްތިރާތީޖީ ބައިވެރިވުމާއި ޙިއްޞާކުރުން ތަރައްޤީކޮށް ވަރުގަދަކުރުމާ ބެހޭގޮތުންނެވެ.
ސުޢޫދީ – ޗައިނާ ސަމިޓްގެ ހަވާސާ މަތީގައި ޗައިނާ- ސުޢޫދީ އިސްތިރާތީޖީ ބައިވެރިވުމާބެހޭ މުޢާހަދާގައި ސޮއިކުރެވޭނެއެވެ. އަދި ސުޢޫދީ – ޗައިނާ ސަޤާފީ އެއްބާރުލުމާ ބެހޭ މުޙައްމަދު ބިން ސަލްމާނުގެ އިނާމު އިޢުލާނު ކުރުން ވެސް އޮންނާނެއެވެ.
ރިޔާޟުގައި ބޭއްވޭ ގަލްފް– ޗައިނާ ސަމިޓާއި ޢަރަބި– ޗައިނާ ސަމިޓަކީ އެއްބާރުލުމާއި ތަރައްޤީއާ ބެހޭ ސަމިޓެކެވެ.މި ދެ ސަމިޓުގައި ތިރީހަކަށް ދައުލަތާއި ޖަމްޢިއްޔާތަކުގެ އެންމެ އިސްވެރީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ދެ ސަމިޓްގައި ހުރިހާ މައިދާންތަކެއްގައި ގުޅުންތައް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ. ޚާއްޞަ ގޮތެއްގައި އަމާޒު ކުރެވޭނީ އިޤްތިޞާދީ އެއްބާރުލުމަށާއި ވުނަކުރުމަށާއި ފަންނިއްޔާތުގެ މައިދާނަށެވެ.
ޗައިނާގެ ރައީސް ޝީގެ ދަތުރުފުޅާ ބެހޭގޮތުން ރިޔާޟުގައި ހުންނަވާ ޗައިނާ ސަފީރު ޗެން ވީ ޗިއެންގ ވިދާޅުވި ގޮތުގައި މި ސަމިޓްތަކަކީ ވަރަށް ތާރީޚީ ޙާދިސާތަކެކެވެ. މި ސަމިޓްތަކުގެ ސަބަބުން ސުޢޫދީ- ޗައިނާ ގުޅުމާއި ގަލްފް – ޗައިނާ ގުޅުމާއި ޢަރަބި – ޗައިނާ ގުޅުމުގެ ކުރިމަގުގެ މަގުޗާޓު ކުރެހި ފެވިގެންދާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަމިޓްތަކުން ޗައިނާ– އަރަބި ގުޅުންތައް ތަރައްޤީވެފައިވާ މިންވަރާއި ހަރުދަނާވެފައިވާ މިންވަރު ރިވެލިވެގެންދާނެއެވެ.
އަށްޑިހަ އަހަރުވީ ގުޅުން
ސުޢޫދީ– ޗައިނާ ގުޅުންތައް ފެށިފައިވަނީ މީގެ 80 އަހަރު ކުރީންނެވެ. މަޑުމަޑުން ތަރައްޤީވަމުން ފުޅައުވަމުން އައި މި ގުޅުންތައް ފެށިފައިވަނީ ވިޔަފާރިއާއި ޙައްޖުވެރީންގެ ދަތުރުތަކުންނެވެ.
މިއަދު މި ގުޅުމަކީ ސުޢޫދީ ރަސްގެފާނާއި ވަލީ ޢަހްދާއި ރައީސް ޝީ އެ ގުޅުންތައް ވަރުގަދަކުރެއްވުމަށް ވަރަށް އިސްކަންދެއްވައިފައިވާ ގުޅުންތަކެކެކެވެ.
ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ޗައިނާއަކީ ސުޢޫދީ ޢަރަބިއްޔާގެ ވިޔަފާރީގެ އެންމެ އިސް ބައިވެރިޔާއެވެ. ޗައިނާއާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދުގައި 2021 ގައި ބަދަލު ކުރެވިފައިވާ ވިޔަފާރި ވަނީ 82.4 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. ޗައިނާގައި ވުނަކުރާ ޤައުމުތަކަށް ބަލާއިރު ސުޢޫދީ ޢަރަބިއްޔާއަކީ ތަރްތީބުން 12 ވަނަ ޤައުމެވެ.
ސުޢޫދީން 2019 ވަނަ އަހަރު ވަނީ ޗައިނާގައި 8.6 ބިލިއަން ރިޔާލު ވުނަކޮށްފައެވެ. އަދި ޗައިނާއިން ވަނީ 2021 ގައި ސުޢޫދީ ޢަރަބިއްޔާގައި 29 ބިލިއަން ރިޔާލު ވުނަކޮށްފައެވެ.



advertisment