ޔުކްރޭނުގެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި ބޭއްވޭ ޞުލްޙައިގެ ވާހަކަދެއްކުންތަކުގެ ބޭނުން ހިއްޕަވައިގެން ރަޝިޔާގެ ރައީސް ޕޫޓިން އޭނާގެ ލަޝްކަރު އަލުން ބިނާކުރެއްވުން ނޫން އެހެން ކަމެއް ނުކުރައްވާނެ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ޖޭމްސް ކްލެވަރލީ ވިދާޅުވެއްޖެއެވެ.
ކްލެވަރލީ (ފޮޓޯ) ޓެލެގްރާފު ދުވަހު ނޫހަށް ދެއްވި ބަޔާނެއް ބުނާގޮތުގައި އިތުރު ޙަމަލާތައް ދެއްވުމަށް ޓަކައި ރޫސީ ރައީސް މި ވާހަކަދެއްކުންތަކުގެ ބޭނުން ކުރައްވާނީ ނާޖާއިޒުކޮށްނެވެ. އިނގިރޭސި ވަޒީރު ތުހްމަތު ކުރެއްވި ގޮތުގައި ރައީސް ޕޫޓިން މަސައްކަތް ކުރައްވާނީ ސިފައިންނަށް އިތުރު ތަމުރީނު ދެއްވުމަށާއި އިތުރު ހަތިޔާރު އުފެއްދެވުމަށާއި ރޫސީ ޢަސްކަރިއްޔާއަށް ލިބިފައިވާ ގެއްލުންތަކުގެ އާބާތުރަ ފިލުއްވުމަށެވެ. އިނގިރޭސި ވަޒީރު ވިދާޅުވި ގޮތުގައި ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތަކުގައި މޮސްކޯ ބައިވެރިވާކަން ދައްކައިގެން ރަޝިޔާގެ މަޤްޞަދުތައް ޙާޞިލު ކުރުމަށް މަސައްކަތް ކުރާނެތެވެ.
އަނެއްކޮޅުން ތުރްކީގެ ރައީސް އުރްދުގާން މި ވާހަދެއްކުންތައް ފެށުމަށް ޓަކައި ރަނގަޅު ތަޅުމެއް އެޅުމަށް ގޮވައިލައްވައިފިއެވެ. އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކާ ގުޅުއްވާ އެންމެންގެ މަޞްލަޙަތު ނިޔާކުރާ ގޮތުގެ މަތިން ރަޝިޔާ– ޔުކްރޭން ވާހަކަދެއްކުންތައް ބޭއްވުމަށް ރަނގަޅު ތަޅުމެއް ބޭނުންވާނެ ކަމަށް ރައީސް އުރްދުގާން ވިދާޅުވިއެވެ.
އެހެނަސް ވޮޝިންގްޓަން ބުނާގޮތުގައި ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި މޮސްކޯ އިން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. އެކަމުގެ އެއްވެސް ހިލަމެއް ނެތެވެ.
ކްރެމްލިން ބުނާގޮތުގައި ވޮޝިންގްޓަނާއި ނޭޓޯއާއި ޔޫރަޕްގެ އަމްނާއި އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާއާއެކު ވާހަކަދެއްކުމަށް ޓަކައި ކުރެވުނު ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ.
ކްރެމްލިންގެ ތަރްޖަމާނު ވިދާޅުވާ ގޮތުގައި އެމެރިކާގެ ރައީސް ބައިޑްންގެ ފުރަތމަ ޝަރްޠަކީ ޔުކްރޭނުގެ ބިންތަކުން ރަޝިޔާ ފޭބުމެވެ. އޭނާ ވިދާޅުވި ގޮތުގައި ޢަސްކަރީ ޙަމަލާތައް ބަދަލު ކުރެވެމުންދާ ވަގުތެއްގައި މިއީ ކުރެވޭނެ ކަމެއްނޫނެވެ.
ޔޫރަޕްގެ އަމްނާއި އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާގެ ޕޯލެންޑް ބައްދަލުވުމުގައި މެންބަރުންނަށް ވަނީ އެކައްޗެއް ނުކިޔިފައެވެ. ރަޝިޔާއަކީ މި މަޖިލީހުގެ މެންބަރެކެވެ. ގިނަ މެންބަރުން ބޭނުން ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައި ރަޝިޔާއަށް ދަތި ކުރުމަށެވެ.
ހަނރާމައިގެ މައިދާން
ހަނގުރާމައިގެ މައިދާނަށް ބަލާއިރު ޔުކްރޭން ބުނާ ގޮތުގައި ރަޝިޔާ ސިފައިން ވަނީ ޚަރސަނާއި ޒަބަރޯޖިޔާއާއި މިކޮލައިވަށް ވައިގެ 27 ޙަމަލާ ދީފައެވެ. އަދި މި ސަރަޙައްދުތަކުގެ ބިނާރުތަކަށް ރަޝިޔާއިން ވަނީ 44 މިސައލް ޙަމަލާ ދީފައެވެ.
އިނގިރޭސި ދިފާޢީ ވުޒާރާ ބުނާގޮތުގައި ރަޝިޔާއިން މިހާރު ރާވަމުން ދަނީ އުތުރު ފަރާތުންނާއި ދެކުނު ފަރާތުން ކުރިއެރމަށް ޓަކައި ޑޮނެޓްސްކް ސަރަޙައްދުގައި އޮންނަ ބަޚޮމޫތު ސަރަޙައްދު ހިފުމަށެވެ.
ޚަރސަންގެ މަސްއޫލުވެރީން ވިދާޅުވާ ގޮތގައި ރޫސީ ސިފައިންގެ ޙަމަލާތަކުން ޢާންމުން ރައްކައުތެރިކުރުމަށް ޓަކައި ޔުކްރޭން ސިފައިން މިހާރު ދަނީ ޢާންމުން އެ ސަރަޙައްދުން ފޭބުމަށް އެހީވަމުންނެވެ.
އަނެއްކޮޅުން ހުޅަނގުގެ ޖސޫސޫ ހަނދުތައް 30 ނޮވެންބަރުގައި ނަގައިފައިވާ ފޮޓޯތައް ދައްކާ ގޮތުގައި ރޫސީ ސިފައިން ވަނީ މާރިޔޯޕޯލް ޙިޞާރުކޮށްފައެވެ. ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގެ ބޮޑެތި އެތައް ޢިމާރާތްތަކެއް ވަނީ ހަލާކުވެފައެވެ. މި ސަހަރުގެ ބޮޑެތި ޝޮޕިންގް ސެންޓަރުތަކުގައި ގެދޮރު ބިނާކުރުމަށް ބޭނުންވާ ސާމާނުތައް ޖަމާކޮށްފައި އެބަ ހުޢްޓެވެ.ރަޝިޔާ ސިފައިން ދަނީ އެ ހިސާބުގައި އެމީހުންގެ މަރްކަޒުތަކާއި ކޮށިތައް ބިނާކުރަމުންނެވެ.



advertisment