...

Support Us

ޔުކްރޭނުގެ ޒަބަރޯޖިޔާ ނިޔުކްލިއަރ އިސްޓޭޝަން ރަޝިޔާ ދުލެއްނުކުރާނެ

ޔުކްރޭނުގެ ޒަބަރޯޖިޔާ ނިޔުކްލިއަރ އިސްޓޭޝަނުން ރަޝިޔާ ފައިބަން އުޅޭކަމާ ބެހޭގޮތުން ޔުކްރޭނުންނާއި ހުޅަނގުން ފަތުރަމުންދާ ޚަބަރުތައް ކްރެމްލިނުން ދޮގުކޮށްފިއެވެ.

ކްރެމްލިންގެ ރަސްމީ ތަރްޖަމާނު ޑިމިޓްރީ ބިސްކޯވް ވިދާޅުވިއެވެ. "އެ އިސްޓޭޝަނުން ރޫސީ ސިފައިން ފޭބުމަކީ ވާނޭ ކަމެއް ނޫނެވެ. އެކަމާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބޭނުމެއް ނެތެވެ. ނެތް ކަމެއް ވާކަމަކަށް ނެހެދޭނެއެވެ." 

ރަޝިޔާއާ ޔުކްރޭނާ ދެމެދުގައި ޞުލްޙައިގެ ވާހަކަދެއްކުންތައް ބޭއްވޭތޯ ވެޓިކަނުން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ޚަބަރާ ބެހޭ ގޮތުން ވެސް ބިސްކޯވް ވާހަކަފުޅު  ދެއްކެވިއެވެ. އޭނާ ނޫސްވެރީންނަށް ވިދާޅުވިއެވެ. "އެތައް ސިޔާސީންނަކާއި އެތައް ޤައުމުތަކަކުން މި ވާހަކަދެއްކުންތައް ފެށުމަށް ޓަކައި މަންސާއެއް ތަންޒީމު ކުރެވޭތޯ މަސައްކަތް ކުރަމުންދާކަން އަހުރެމެންނަށް ވަނީ އެނގިފައެވެ. ސިޔާސީ މި ވިސްނުމަށް މޮސްކޯއިން މަރްޙަބާ ކިޔައެވެ. އެހެނަސް މިއަދު ކަންތައްތައް ހުރިގޮތުންނާއި ޙާލަތު ނިޔާކުރާގޮތުން ޔުކްރޭން ރުހޭފަދަ މަންސައެއް އިންތިޒާމެއް ނުކުރެވޭނެއެވެ." 

ކަޒަޚިސްތާނުގެ ރައީސް ޓޮކަޔީވް އަލުން ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތުމާ ވިދިގެން ރަޝިޔާއަށް ދަތުރުފުޅެއް ކުރެއްވުމުން އެކަމަށް ތާރީފުކުރައްވާ ބިސްކޯވް ވިދާޅުވިއެވެ. "އެއިން އެނގެނީ ކަޒަޚިސްތާނާ ރަޝިޔާއާ ދެމެދުގައި އޮތް ގުޅުންތަކުގެ ބަދަހި ކަމެވެ."

އަނެއްކޮޅުން ޔުކްރޭން ސަރުކާރުގެ ނިޔުކްލިއަރ ހަކަތައާ ބެހޭ ކުންފުނީގެ ރައީސް ޕީޓަރ ކޮޓޭން ވިދާޅުވާގޮތުގައި ރަޝިޔާއިން ދަނީ ޒަބަރޯޖިޔާ ނިޔުކްލިއަރ އިސްޓޭޝަނުން ފޭބުމަށް ތައްޔާރުވަމުންނެވެ. ރަޝިޔާއިން މި އިސްޓޭޝަން ހިފީ މި ދިޔަ މާރިޗް މަހުގައެވެ. ކޮޓޭން ވިދާޅުވާގޮތުގައި "އެމީހުން އެ އިސްޓޭޝަނުން ފައިބަން އުޅޭ ކަމުގެ މަޢުލޫމާތު އަހުރެމެންނަށް ދަނީ ލިބެމުންނެވެ." ރަޝިޔާއިން ތުހްމަތު ކުރާ ގޮތުގައި މި އިސްޓޭޝަން ހަލާކުކޮށްލުމަށް ޓަކައި ކިޔީވުން ދަނީ މިސައިލް ޙަމަލާތައް ދެމުންނެވެ.

މި އިސްޓޭޝަނަކީ ޔޫރަޕްގައި ހުރި ނިޔުކްލިއަރ ހަކަތައިގެ އެންމެ ބޮޑު އިސްޓޭޝަނެވެ. އަދި މި ތަނަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ނިޔުކްލިއަރ ހަކަތައިގެ 10 އިސްޓޭޝަންގެ ތެރޭގައި ގުނައިލެވޭ ތަނެކެވެ. މި އިސްޓޭޝަން ހަދައިފައިވަނީ 1980 ވަނަ އަހަރު ސޮވިއެޓް ޔނިއަންގެ ޒަމާނުގައެވެ. 

މި އިސްޓޭޝަނުގައި ނިޔުކްލިއަރ ހަ ރިއެކްޓަރު ހުރެއެވެ. މި ރިއެކްޓަރުތައް ފިނިކޮށްދެނީ ފެނުންނެވެ. މި އިސްޓޭޝަނުގައި ބޭނުންކުރާ ނިއުޓްރޯންތައް ވެސް ފިނިކުރަނީ ފެނުންނެވެ. މި އިސްޓޭޝަނުގައި ބޭނުން ކުރެވެނީ ޔޫރޭނިއަމް 235 އެވެ. މި އިސްޓޭޝަނުގެ ހަ ރިއެކްޓަރުތައް ވިއުގައާ ގުޅައިލީ 1995 ގައެވެ. މިއިން ކޮންމެ ރިއެކްޓަރަކުން 950 މެގަވޯޓުގެ ކަރަންޓު އުފައްދައެވެ. ޔުކްރޭނަށް ބޭނުންވާ ކަރަންޓްގެ 20% އުފައްދަނީ މި އިސްޓޭޝަނުންނެވެ. ރަޝިޔާއިން މި ތަން ހިފުމަށްފަހު މި އިސްޓޭޝަނުން ޔުކްރޭނަށް ކަރަންޓެއް ނުލިބެއެވެ. އެއީ ރަޝިޔާއިން އެދުނު ގޮތަށް ކަރަންޓް ބިލު އަދާކުރުމާ ޔުކްރޭން ދެކޮޅު ހެދުމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *