Support Us

ރަޝިޔާގެ ކެލިނިންގްރާޑް ކައިރީގައި ނޭޓޯއިން ޢަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

ނޭޓޯއިން ރަޝިޔާގެ ކެލިނިންގްރާޑް ކައިރީގައި ޢަސްކަރީ ތަމްރީނުތަކެއް އިއްޔެ ބާއްވައިފިއެވެ.

ބިލޯރޫސާއި ރަޝިޔާގެ ކެލިނިންގްރާޑް ކައިރީގައި ޕޮލެންޑްގެ އުތުރު ސަރަޙައްދެއް ކަމުގައިވާ ސްވާވްކީ ސަރަޙައްދުގައި މި ބޭއްވި ޢަސްކަރީ ތަމއްރީނުތަކުގެ ނަމަކީ TUMAK- 22 އެވެ.

ރަޝިޔާގެ ކެލިނިންގްރާޑް ސަރަޙައްދަކީ ބޯލްޓިކް ކަނޑުގެ އައްސޭރީގައި ލިޓްވިޔާއާއި ޕޮލެންޑާ ދެމެދުގައި އޮންނަ ސަރަޙައްދެކެވެ. މި ސަރަޙައްދަކީ ރޫސީ ކަނޑުގެ ބާރުތަކުގެ ބޭހެކެވެ.

އެމެރިކާއާއި ޕޮލެންޑާއި ނޭޓޯގެ ބައެއް ޤައުމުތައް ބައިވެރިވި މި ތަމްރީނުތަކުގައި ފެނުގެ ސަތަހަތައް ހުރަސްކުރުމާއި ވައިކުޑައިން ފޭބުމާއި އެމެރިކާގެ އަބްރާމްޒް ޓޭންކުތައް ބޭނުންކޮށްގެން ހަނގުރާމައަކާ އެއްފަދަ ޙަމަލާތައް ދުޝްމަނުންނަށް ދިނުމާއި ދުޝްމަނުންގެ ޙަމަލާތައް މަތަކުރުން ހިމެނުނެވެ.

ރޯމޭނިޔާގައި ނޭޓޯއިން ވަނީ ބްލެކް ސްކޯޕިއަންގެ ނަމުގައި ޢަސްކަރީ ތަމްރީނުތަކެއް ބާއްވައިފައެވެ. މި ތަމްރީނުތަކުގައި އެމެރިކާއާއި ފްރާންސާއި ރޯމޭނިޔާއާއި ޕޮލެންޑާއި ޕޯޗްގީޒު ބައިވެރިވިއެވެ.

އަނެއްކޮޅުން ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވާ ގޮތުގައި ޔުކްރޭނުގައި ރަޝިޔާ މޮޅުވެއްޖެނަމަ ދުނިޔޭގައި ޞުލްޙަމަސަލަސްކަމެއް ނޯންނާނެއެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ނޭޓޯ އިން މިހާރު ވާނީ ޑްރޯން ޙަމަލާތައް ހުއްޓުވުމަށް ބޭނުންވާ ހަތިޔާރު ކިޔީވަށް ދީފައެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ނޭޓޯއިން ކިޔީވަށް މަދަދު ދިނުން ހުއްޓައެއް ނލާނެއެވެ.

ރަޝިޔާގެ ރައްދު

އަނެއްކޮޅުން ބަލާއިރު ޔޫރަޕްގެ ބަރްލަމާނުން ރަޝިޔާއަކީ "ނިރުބަވެރިކަން ބަލައިބަލަހައްޓާ ޤައުމެއް" ކަމަށް ނިންމިނިންމުން މޮސްކޯއިން ކުށްވެރިކޮށްފިއެވެ. މޮސްކޯ ސިފަކުރާ ގޮތުގައި "މިއީ ބީރަށްޓެހި އެކުވެރިކަމެއް ނެތް" ފިޔަވަޅެކެވެ. ރޫސީ ޚާރިޖިއްޔާއިން ބުނިގޮތުގައި މި ޤަރާރަކީ ނިރުބަވެރިކަމާ ގުޅުންހުރި ޤަރާރެއް ނޫނެވެ.

ޔޫރަޕްގެ ބަރްލަމާނުން މި ޤަރާރު ފާސްކޮށްފައި ވަނީ 191 ވޯޓުގެ އަޣްލަބިއްޔަތަކުންނެވެ. މި ޤަރާރާ ދެކޮޅަށް 58 ވޯޓު ލިބިފައި ވެއެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ 44 މެންބަރުން ތިއްބެވިއެވެ.

ޔޫރަޕްގެ ބަރްލަމާނުގެ މި ނިންމުމަކީ ވަރަށް ރަމްޒީ ކަމެކެވެ. އެމެރިކާއިން ވަނީ ރަޝިޔާ "ނިރުބަވެރިކަން ބަލާބަލަހައްޓާ ދައުލަތަކަށް" ހެދުމާ ދެކޮޅު ހަދައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *