...

Support Us

ޔުކްރޭނަށް ފެނާއި ކަރަންޓާއި އިންޓަނެޓް ތަނަވަސްކޮށްދިނުމަށް ޚާއްޞަ މަޝްރޫޢެއް

ޔުކްރޭނުގައި ވަރަށް ބޮޑު ސަރަޙައްދެއްގައި ފެނާއި ކަރަންޓާއި ނެޓްގެ ޚިދްމަތް ކެނޑިފައިވާތީ ޔުކްރޭން ސަރުކާރުން ކަރަންޓާއި ފެނާއި ނެޓް ތަނަވަސްކޮށް ދިނުމަށް ޓަކައި ޚާއްޞަ މަޝްރޫޢެއް ފަށައިފިއެވެ. މި މަޝްރޫޢުގެ ނަމަކީ "ބަލިނުކުރެވޭނެ ނުކުތާތައް" އެވެ. މި ކަމަށް ޓަކައި ޔުކްރޭނުގެ ބައެއް ސަހަރުތަކުގައި މިހާރު ވަނީ މިފަދަ ޚިދްމަތް ލިބިދޭ ނުކުތާތަކެއް ޤާއިމު ކުރާން ފަށައިފައެވެ. ރޫސީން ވޭތުވެދިޔަ ހަފުތާތަކުގައި ޔުކްރޭނުގެ ބިނާރުތަކަށް ދިން ޙަމަލާތަކުގެ ސަބަބުން އަސާސީ މިފަދަ ޚިދްމަތްތައް ވަނީ މުޅިން ކަހަލަ ގޮތަކަށް ކެނޑިފައެވެ.

"ބަލިނުކުރެވޭނެ ނުކުތާތައް"ގެ މަޝްރޫޢުގެ އަމާޒަކީ ހަކަތައިގެ މަސްއަލަތައް ޙައްލުކޮށް ދެވޭތޯ މަސައްކަތް ކުރުމެވެ. މި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގައި ޤާއިމުކުރެވޭ މި ނުކުތާތަކުން ބޯފެނާއި ހޫނު ބުއިންތަކާއި ބޭސް ލިބޭނެއެވެ. އަދި އެތަންތަނަށް ގޮސް މޯބައިލް ފޯނު ޗާޖުކުރެވޭނެއެވެ. އަދި ހީފިލުވާން ބޭނުންވާ މީހުންނަށް އެތަންތާނގައި މަޑުކޮށްލައިގެން ތިބެގެން ހީފިލުވޭނެއެވެ.

މި ޚިދްމަތް ދިނުމަށް ޓަކައި ހުޅުވުނު ފުރަތަމަ ނުކުތާ ހުޅުވުނީ ޑްނިޕްރޯ ސަހަރުގައި އިއްޔެއެވެ. ޑްނިޕްރޯ ސަހަރަކީ ޔުކްރޭނުގެ އެންމެ މައި ސަހަރުތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ފިނި މޫސުމާއެކު ޔުކްރޭނުގެ ހޫނުކަމުގެ ދަރަޖަ ވަނީ ސުމަކަށްވުރެ އެތައް ދަރަޖައެއް ދަށަށް ގޮސްފައެވެ.

މި ސަހަރުގައި ފެނާއި ކަރަންޓް ނެތުމުގެ ސަބަބުން މި ސަހަރުގެ ގިނަ ބަޔަކު ފޯނު ޗާޖުކުރާން އަންނަނީ މި ނުކުތާއަށެވެ. މި ރަށުގެ ޢާންމު ރައްޔިތުން ބުނާގޮތުގައި ކަރަންޓާއި ފެން ނުލިބޭ ވަގުތެއްގައި މި ނުކުތާތަކަކީ ވަރަށް ބޭނުންތެރި ނުކުތާތަކެކެވެ.

ރަޝިޔާއިން މިދިޔަ ބުދަދުވަހު ދިން ޙަމަލާތަކުގެ ސަބަބުން ޔުކްރޭނުގެ ނިޔުކްލިއަރ ހަކަތައިގެ ހުރިހާ އިސްޓޭޝަންތަކެއް ވަނީ ހުއްޓިފައެވެ. މިއީ ވޭތުވެދިޔަ 40 އަހަރުތެރޭގައި މި ހުރިހާ ތަންތަނެއްގެ މަސައްކަތް ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ.

މޮސްކޯއިން ބުނާގޮތުގައި ރަޝިޔާއިން ޔުކްރޭނުގެ ބިނާރުތަކަށް ޙަމަލާ މި ދެނީ ރަޝިޔާގެ ކްރެމިޔާ ފާލަމަށް ނިރުބަވެރި ޙަމަލާއެއް ދީ އެ ފާލަމަށް ގެއްލުންތަކެއް ދިނުމުންނެވެ. ރަޝިޔާއިން އިންޒާރު ކުރާ ގޮތުގައި ރަޝިޔާގެ ބިމުގެ ސިޔާދަތަށް އަރައިގަންނަމުންދާނަމަ އެފަދަ ޙަމަލާތައް ހުއްޓުވުމަށް ރަޝިޔާއިން ހުރިހާ ބާރެއްގެ ބޭނުން ކުރާނެއެވެ.

އަނެއްކޮޅުން ކިޔީވް ބުނާގޮތުގައި މޮސްކޯގެ އަމާޒަކީ ޢާންމުންނަށް ގެއްލުން ދިނުމެވެ. މިއީ ހަނގުރާމައިގެ ޖަރީމާއެކެވެ.

ފިނި މޫސުން އައުމާ ވިދިގެން ވެރިރަށް ކިޔީވުގެ ހޫނުކަން ވަނީ ކުއްލިއަކަށް ސުމަކަށްވުރެ ދަށަށް ގޮސްފައެވެ. ރަޝިޔާގެ ޙަމަލާތައް ކުށްވެރިކުރައްވަމުން އދ ގައި ހުންނަވާ އެމެރިކާގެ ސަފީރާ ލިންޑާ ތޯމަސް ގްރީން ފީލްޑް ވިދާޅުވާ ގޮތުގައި "ޕޫޓިން މަސައްކަތް ކުރައްވަނީ ބޯލެންބުވުމަށް ޓަކައި ޔުކްރޭން ގަނޑުކޮށްލައްވާށެވެ." މި ފިނި މޫސުން ވެގެންދާނީ ރަޝިޔާގެ ކުރިމަތީގައި ޔުކްރޭނަށް ފައިތިލަ ސާބިތު ކުރެވިދާނެތޯ ބެލުމަށް ބޭއްވޭ ފުރަތަމަ އިމްތިޙާނަށެވެ. އެމެރިކާއިންނާއި ނޭޓޯއިން ހަތިޔާރުދިނަސް ކަރަންޓާ ނުލައި ނެޓެއް ނުލިބޭނެއެވެ. ހީއެއް ނުފިލުވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *