...

Support Us

ހުޅަނގު ޤުދުސުގައި ބާރުގަދަ ދެ ބޮމެއް ގޮއްވައިލައިފި

ހުޅަނގު ޤުދުސުގެ ދެކުނު ފަރާތުގައި ބަސް އިސްޓޭޝަނެއް ކައިރީގައި ބާރުގަދަ ބޮމެއް ގޮއްވައިލުމުގެ ސަބަބުން އިސްރާއީލުގެ 15 މީހަކު ޒަޚަމުވެއްޖެ ކަމަށް އިސްރާއީލު ރޭޑިއޯ ބުނެފިއެވެ.

ޖަޒީރާ ބުނާގޮތުގައި ބޮން ގޮއްވުމުގެ ދެ ހާދިސާއެއް ހިނގައިފައި ވެއެވެ. ފުރަތަމަ ޙާދިސާ ހިނގައިފައި ވަނީ ޤުދުސުގެ މައިދޮރޯށި ކައިރީގައި ހުންނަ ބަސް އިސްޓޭޝަނެއްގައެވެ. ދެ ވަނަ ހާދިސާ ހިނގައިފައި ވަނީ ޤުދުސާއި ރާމަﷲއާ ދެމެދުގައި ހަދައިފައިވާ ޔަހޫދީ އާބާދީއެއްގައެވެ. އިސްރާއީލު ސިފައިން ބުނާގޮތުގައި ބަސް އިސްޓޭޝަނުގައި ގޮވި ބޮން އޮތީ ދަބަހެއްގައެވެ.

އިސްރާއީލު ސިފައިން މިހާރު ވަނީ ބަސް އިސްޓޭޝަން ވަށައިގެންވާ ސަރަޙައްދުތައް ބަންދުކޮށް ތަންތަން ބަލައި ފާސްކުރާން ފަށައިފައެވެ.އިސްރާއީލުގެ ދިފާޢީ ވަޒީރު ގެންޓްސް މިހާރު ވަނީ ޖަނީން ސަހަރުގެ ދެ ހުރަސް މަގެއް ބަންދު ކުރާން އަމުރު ކުރައްވައިފައެވެ. މި ކަމާވިދިގެން ޤުދުސުގައި ސިފައިންނާއި ސަލާމަތީ ބާރުތައް ވަނީ ވަރަށް ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ. ފަހަރެއްގައި މުޅި އިސްރާއީލު ވެސް ތައްޔާރީ ޙާލަތަކަށް ގެންނާން ޖެހިދާނެ ކަމަށް އިސްރާއީލުން ބުނެއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ބަސް އިސްޓޭޝަނުގައި ބޮން ބޭއްވީ ސައިކަލެއްގައި އައި މީހެކެވެ.

ޖަޒީރާ ބުނާގޮތުގައި ބަސް އިސްޓޭޝަނުގައި ބޮން ގޮވުމުގެ ސަބަބުން ޒަޚަމުވި މީހުންގެ ތެރެއިން ދެ މީހެއްގެ ޙާލު ވަރަށް ބޮޑެވެ.

ބޮން ގޮއްވުމުގެ ދެވަނަ ޙާދިސާ ހިގައިފައިވަނީ ރާމޫތު ޔަހޫދީ އާބާދީގައެވެ. މި ތާނގައި ގޮވި ބޮމުގެ ސަބަބުން މީހަކު ޒަޚަމުވި ކަމެއް ނޭނގެއެވެ.

އިސްރާއީލު ރޭޑިއޯ ބުނާ ގޮތުގައި ބަސް އިސްޓޭޝަނުގައި ބޮން ބޭއްވީ ފަލަސްޠީނު މީހެކެވެ. އޭނާ އެ ތަނަށް އައީ ކަރަންޓު ސައިކަލެއްގައެވެ. އެ އިސްޓޭޝަނުގައި ބޮން ބާއްވައިފައި އޭނާ ފިލީއެވެ.

ދެވަނަ ޙާދިސާގައި ގޮއްވައިލައިފައި ވަނީ ސައިކަލް ބޮމެކެވެ. މި ހާދިސާގައި ތިން މީހަކު ކުޑަކޮށް ޒަޚަމުވިއެވެ. މި ސައިކަލް ގޮއްވައިލައިފައި ވަނީ ދުރުން ކޮންޓްރޯލުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *