...

Support Us

ރަޝިިޔާއަށް ދޫދިނުމެއް، ޞުލްހައާ ބެހޭ ވާހަކަދެއްކުމެއް ނެތް: ކިޔީވް

ރަޝިޔާއާ ދެކޮޅަށް ޔުކްރޭން ކުރަމުންދާ ހަނގުރާމައިގައި ކިޔީވުން ބޭނުން ވަނީ ނަޞްރު ކަމަށާއި ޑްރޯވާން ބޭނުންނުވާ ކަމަށް ޔުކްރޭންގެ ޚާރިޖީ ވަޒީރު ކޮލީބާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "ރަޝިޔާއަށް އަރާމު ކޮށްލާނެ ވަގުތުކޮޅެއް ދެވިއްޖެނަމަ ޔޫރަޕްގެ މެދުތެރޭގައި ގަނޑުވެފައިވާ ކޯޅުންތަކެއް ޕޫޓީން ފަށްޓަވައިފާނެއެވެ."

ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ރަޝިޔާއާއެކު ފެށުމަށް ބާރު ނޭޅުމަށް ޔުކްރޭނުގެ މަސްއޫލުވެރިޔާ ކިޔީވުގެ ބައިވެރީންނަށް ގޮވައިލެއްވިއެވެ. އެހެނަސް ލަޑުދަނޑިއަކަށް ވާންޖެހޭނީ ޔުކްރޭން މޮޅުވުންކަމަށް އޭނާ ގޮވައިލެއްވިއެވެ. ޔުކްރޭނުގެ ސިޔާދަތާއި ބިމުގެ އެއްބައިވަންތަކަން ގެއްލިގެން ހިނގައިދާނެ އެއްވެސް ދޫދިނުމެއް މޮސްކޯއަށް ނުދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އޭނާ އިންޒާރު ކުރެއްވި ގޮތުގައި ރަޝިޔާއަށް ދޫދިނުމަކީ ޔުކްރޭނުގެ އަމްނަށާއި ސަލާމަތަށް ގެއްލުން ހުރި ކަމެކެވެ.

ޔުކްރޭނުގެ ރައީސް ޒިލެންސްކީގެ ޚާއްޞަ އެހީތެރިޔާ އެންޑްރޭ ޔަރްމަކް ވިދާޅުވާ ގޮތުގައި ރަޝިޔާއާއެކު ސުލްޙަ ޤާއިމު ކުރެވޭނީ ރޫސީ ޢަސްކަރީ ބާރު ފުޑުފުޑުކޮށްލެވުނު ދުވަހަކުންނެވެ. އަދި 1991ވަނަ އަހަރުގެ ސަރަޙައްދު ޔުކްރޭނަށް ލިބިގެންނެވެ. މި ސަރަހައްދުގެ ތެރޭގައި ރަޝިޔާއިން ހިފައިފައިވާ ކްރެމިޔާ ސަރަހައްދާއި މިދާކަށް ދުވަހު ރޫސީ އިއްތިޙާދުގައި ބައިވެރިވި ޔުކްރޭނުގެ ހަތަރު ސަރަހައްދު ޑޮނެޓްސްކާއި ލޮގާންސްކާއި ޒަބަރޯޖިޔާއާއި ޚަރސަން ހިމެނެއެވެ.

ރަޝިޔާ ބުނަނީ ކީކޭ

އަނެއްކޮޅުން ރަޝިޔާގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް މެޑްވެޑޭވް ވިދާޅުވާ ގޮތުގައި އިތުރަށް މުދަލާއި ހަތިޔާރު ހޯއްދެވުމަށް ޔުކްރޭނުގެ ރައީސް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާތީ ހުޅަނގު ވަނީ މާޔޫސްވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާ އާޢި ނޭޓޯ ވެސް ރަޝިޔާއާ އެކު ހުރިހާ ގުޅުންތައް ކަނޑައިލާކަށް ބޭނުމެއް ނުވެއެވެ. އެމެރިކާއާއި ނޭޓޯއިން މަސައްކަތް ކުރަނީ ކިޔީވް "ހެޔޮ ވިސްނުމާ ހަމައަށް ގެނެވޭތޯއެވެ."

އިނގިރޭސި ބޮޑުވަޒީރު ކިޔީވަށް

އަނެއްކޮޅުން ބަލާއިރު އިނގިރޭސި ބޮޑުވަޒީރު ރިޝީ ސްނެކް އިއްޔެ ކިޔީވަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ވައިގެ ދިފާޢީ ނިޒާމުތަކެއް ލަންޑަނުން ޔުކްރޭނަށް ދޭނެއެވެ. އެއީ 50 މިލިޔަން ޕައުންޑްގެ ހަތިޔާރެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި އަންނަ އަހަރު ލަންޑަނުން ކިޔީވަށް ދެ ބިލިއަން 300 މިލިއަން ޕައުންޑްގެ ހަތިޔާރު ދޭނެއެވެ. ސްނަކް ވިދާޅުވި ގޮތުގައި މި އެހީގެ ތެރޭގައި ޖައްވީ ދިފާޢީ ނިޒާމުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓާ އިދިކޮޅު ހަތިޔާރާއި ރާޑަރާއި ޑްރޯނާ އިދިކޮޅު އާލަތްތައް ހިމެނޭނެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި އަންނަ ފިނި މޫސުމަށް ޓަކައި ޔުކްރޭނަށް ދޭ އިންސާނީ އެހީތަކާއި މަދަދު ވެސް އިތުރު ކުރެވޭނެއެވެ.

ބޮޑެތި ގެއްލުންތައް

ހަނގުރާމައިގެ މައިދާނަށް ބަލާއިރު ރަޝިޔާއާއެކު އެއްބާރުލާ ޑޮންބާސް ސިފައިން ބުނާގޮތުގައި ލޮގާންސްކް ސަރަހައްދުގައި ޔުކްރޭން ސިފައިން ކުރިއަށް ޖެހުމަށް ކުރި ހުރިހާ މަސައްކަތްތަކެއް ނާކާމިޔާބު ކޮށްލައިފައެވެ. މި ޙަމަލާތަކުގައި ޔުކްރޭނުގެ 120 ސިފައިން މަރައިލިއެވެ. ރަޝިޔާ ބުނާގޮތުގައި ޚާރކީވް ސަރަހައްދުގައި ޔުކްރޭން ސިފައިންގެ 60 މީހުން މަރައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.