Support Us

ޒިލެންސްކީގެ ބަސް ބައިޑްން ދޮގުކުރައްވައިފި

މީގެ ދެ ދުވަސްކުރިން ޕޯލެންޑަށް ވެއްޓުނު މިސައިލަކީ ރަޝިޔާގެ އެއްޗެއް ކަމަށް ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވި ވިދާޅުވުމާމެދު ޝައްކު އުފެދިފައިވާ ކަމަށް އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވެއްޖެއެވެ. އިންޑޮނީޝިޔާގެ ބާލީގައި ބޭއްވި ޖަމާޢަތް 20 ސަމިޓުން އެނބުރި ވައިޓްހައުސްއަށް ވަޑައިގެން ބައިޑްން ވިދާޅުވި ގޮތުގައި އެމެރިކާއަށް ލިބިފައިވާ ދަލީލުތަކާއި ޒިލެންސްކީގެ ވާހަކަފުޅާ ތަޢާރުޟުވެއެވެ.

ޕޯލެންޑްގެ ރައީސް އެންޑްރޭ ޑޯޑާ ވެސް ވިދާޅުވެފައިވާ ގޮތުގައި ޕޮލެންޑަށް ވެއްޓުނު މިސައިލަކީ ބުރަވެވޭ ގޮތުގައި ޔުކްރޭނުގެ ވައިގެ ދިފާޢުތަކުން ފޮނުވައިލައިފައިވާ މިސައިލެކެވެ. މި މިސައިލް ވެއްޓުމުގެ ސަބަބުން ދެ މީހަކު މަރުވެފައި ވެއެވެ.

ކިޔީވް ވައިގެ ތައްޔާރީ ޙާލަތަށް

ރަޝިޔާއިން ވައިގެ ބޮޑެތި ޙަމަލާތަކެއް ދީފާނެކަމަށް ބަލައި ޔުކްރޭންގެ ވެރިރަށް ކިޔީވާއި ބޮޑެތި އެތައް ރަށްތަކެއް ވައިގެ ދިފާޢީ ތައްޔާރީ ޙާލަތަށް ގެނެވިފައިވާ ކަމަށް ކިޔީވުން ބުނެފިއެވެ. ޔުކްރޭނުން ބުނާގޮތުގައި ޔުކްރޭނުގެ އިރުމަތީ ސަރަޙައްދެއް ކަމުގައިވާ ޑޮނެޓްސްކް ސަރަޙައްދުގައި ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުން އެބަ ދެއެވެ. ޔުކްރޭންގެ ޢަސްކަރީ ބާރުތަކުގެ ދެކުނު ސަރަޙައްދުގެ މައި މަރްކަޒުން ބުނާގޮތުގައި ރަޝިޔާއިން އޮޑީސާ ސަހަރަށް ވައިގެ ޙަމަލާތަކެއް އެބަ ދެއެވެ. ޔުކްރޭނުގެ މީޑިޔާތައް ބުނާގޮތުގައި ރަޝިޔާގެ މިސައިލް ޙަމަލާތަކުގެ ސަބަބުން ޑްނިޕްރޯ ސަހަރު ވަރަށް ބޮޑަށް ގުގުމައިގެން ދިޔައެވެ. މި ދިޔަ އަންގާރަ ދުވަހު ރަޝިޔާއިން ވަނީ ޔުކްރޭނުގެ ތަފާތު ސަރަޙައްދުތަކަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. ޔުކްރޭނުން ބުނާގޮތުގައި މިއީ 24 ފެބްރުވަރީގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދޭން ފެށިފަހުން މޮސްކޯއިން ދިން މިސައިލްގެ އެންމެ ވަރުގަދަ ޙަމަލާއެވެ.

ޔުކްރޭނުގެ ރައީސްގެ މުޝީރެއް ކަމުގައިވާ އޮލެކްސީ އެރިސްޓޮވިޗް ވިދާޅުވާ ގޮތުގައި ޚަރސަނުން ބޭލި ރޫސީ ބާރުތައް މިހާރު ވަނީ ޑޮނެޓްސްކަށް ޖަމާކޮށްފައެވެ. ރަޝިޔާއިން ދަނީ އެއް ވަގުތެއްގައި ޑޮނެޓްސްކަށާއި ލޮގާންސްކަށާއި ޒަބަރޯޖިޔާއަށާއި ޚާރުކީވަށް ޙަމަލާދެމުންނެވެ. ޔުކްރޭނުން ބުނާގޮތުގައި އެ ޤައުމުގެ ސިފައިން ވަނީ ޑޮނެޓްސްކު ސަރަޙައްދުގައި ރަޝިޔާގެ ނުވަ ޙަމަލާއެއް ދިފާޢު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *