Support Us

އިސްރާއީލުގެ ޖާސޫސަކު އީރާނުން ހައްޔަރުކޮށްފި

އީރާނުގެ އިންޤިލާބީ ފާރަވެރީން އިސްރާއީލުގެ ޖާސޫސީ އިދާރާއާ ގުޅުން ހުރި ކަމަށް ބުނާ އޭޖެންޓަކު ހައްޔަރުކޮށްފި ކަމަށް އީރާނުގެ ފާރިސް ނޫސް އޭޖެންސީން ބުނެފިއެވެ.

މި ނޫސް އޭޖެންސީ ބުނާގޮތުގައި މި މީހާ ހައްޔަރުކޮށްފައި ވަނީ އީރާނުގެ ދެކުނު ސަރަޙައްދެއް ކަމުގައިވާ ކަރްމާން ސަރަޙައްދުންނެވެ. އެއީ ކޮން ޤައުމެއްގެ ރައްޔިތެއް ކަމެއް އީރާނުން ހާމައެއް އަދި ނުކުރެއެވެ. އިސްރާއީލުން މި ޚަބަރާ ބެހޭގޮތުން އަދި އެއްވެސް ކޮމެންޓެއް ނުކުރެއެވެ.

ޖާސޫސު ހައްޔަރު ކުރީ ކިހިނެއް

އީރާނުގެ ތަސްނީމު ނޫސް އޭޖެންސީ ބުނާގޮތުގައި މި އޭޖެންޓު ހައްޔަރު ކުރީ މި ދިޔަ ހުކުރު ދުވަހުއެވެ. އޭނާ އިޢުތިރާފުވެފައިވާ ގޮތުގައި އޭނާ މި މަސައްކަތަށް ކުރިމަތިލީ ނެޓުން ފެނުނު އިޢުލާނަކާ ވިދިގެންނެވެ. އޭނާ މި ވަޒީފާއަށް އެދި ސިޓީ ފޮނުވީ އީމޭލުންނެވެ. އެ ހިސާބުން އޭނާއަށް އެ މަސައްކަތުގައި ކުރިއަށް ދާން މަޖްބޫރުވި ކަމަށް އޭނާ ބުންޏެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދުން ޙަވާލުކުރާ ކޮންމެ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރިކަން އޭނާ މޯސާދަށް އެންގިއެވެ. އެ ހިސާބުން އޭނާއާ ބެހޭ ހުރިހާ ލިޔެކިޔުންތަކެއް މޯސާދަށް ފޮނުވި ކަމަށް އޭނާ ބުންޏެވެ.

ޖާސޫސު ބުންޏެވެ. "އަހުރެން ފުރަތަމަ މަސައްކަތް ކުރީ ވަޓްސްއަޕާއި ޓެލެގްރާމާއި އިންސްޓްގްރާމު މެދުވެރިކޮށެވެ. އެންމެފަހުން މަސައްކަތް ކުރީ "އަނދިރި ވެބް" ބޭނުންކޮށްގެންނެވެ." އޭނާ އިތުރަށް ބުންޏެވެ. "އިސްރާއީލަށް ޖާސޫސުކޮށްދިނުމުގެ މަސައްކަތް ފެށި ވަގުތުން ފަށައިގެން އަހުރެން ހުންނަނީ ވަރަށް ބިރުންނެވެ. އީރާނުގެ ޖާސޫސީ އިދާރާތަކުން އަހުރެން އަތުލައިގަންނާނެކަން އެނގޭތީއެވެ."

އީރާނުގައި އިސްރާއީލުގެ އޭޖެންޓުން

އިސްރާއީލާ އިރާނާ ދެމެދުގައި ޖާސޫސީ ޙަމަލާތައް ހިނގަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އީރާނުން ބުނާގޮތުގައި އިސްރާއީލުގެ އަމާޒަކީ އިންޤިލާބީ ލަޝްކަރުގެ ވެރީންނާއި އެ ޤައުމުގެ ޢިލްމުވެރީން ނައްތައިލުމެވެ. އީރާނުގެ ނިޔުކްލިއަރ ޢިލްމުވެރިޔާ މުޙްސިން ފަޚްރީ ޒާދާ އަވަހާރަކޮށްލައިފައިވަނީ އިސްރާއީލުގެ މޯސާދުގެ ރޭވުންތަކެއް ދަށުން ދެވުނު ޙަމަލާތަކެއްގައެވެ.

މި ހުސްވި މަހު ފާރިސް ނޫސް އޭޖެންސީ ބުނެފައިވާ ގޮތުގައި ހުޅަނގު އާޒަރުބައިޖާނުގައި އިސްރާއީލުގެ 10 އޭޖެންޓަކު ހައްޔަރު ކުރިއެވެ. އޮކްޓޯބަރު 11 ގައި ކަރަމާނުގައި އިސްރާއީލުގެ ޖާސޫސަކު ހައްޔަރުކުރިއެވެ. އީރާނުގައި ހިނގަމުންދާ ޚަރާބުކުރުމުގެ ޢަމަލުތައް ހިންގައިފައި ވަނީ އިސްރާއީލުން ކަމަށް ޠަހަރާނުން ތުހްމަތު ކުރެއެވެ.

ތަސްނީމު ނޫސް އޭޖެންސީ ބުނާގޮތުގައި އީރާނުގައި އިސްރާއީލުން ޤާއިމުކޮށްފައިވާ ޖާސޫސީ ހަތާގެ އަމާޒަކީ އީރާނުގެ ކާރުޚާނާތަކާއި ސައެންސީ ލެބްތަކާއި ނިޔުކްލިއަރ މުއައްސަސާތައް ހަލާކުކޮށް ނައްތައިލުމެވެ. މި ހަތާގެ ނަަމަކީ "ކުމޫލާ" އެވެ. މިއީ އީރާނު ސަރުކާރާ އިދިކޮޅު ޖަމާޢާތާ ގުޅުން އޮތް ހަތައެއް ކަމަށް އީރާނުން ބުނެއެވެ. އެއީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދުގެ އޭޖެންޓުންތަކެއް ކަމަށް ވެސް ޠަހަރާނުން ތުހްމަތު ކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *