Support Us

ހޫނު ސަލާންކުރުމަކާއެކު ބައިޑްން – ޝީގެ ތިން ގަޑިއިރުގެ ބައްދަލުވުމެއް

އެމެރިކާގެ ރައީސް ބައިޑްނާއި ޗައިނާގެ ރައީސް ޝީ އިންޑޮނޭޝިޔާގައި ތިން ގަޑިއިރަށް ދެމިގެން ދިޔަ ސަމިޓެއް އިއްޔެ ބާއްވަވައިފިއެވެ. ހޫނު ސަލާންކުރެއްވުމަކުން ފެށްޓެވި ބައްދަލުވުމުގައި އަރާރުންތަކާއި ދެބަސްވުންތަކާ ދުރުހެލިވުމުގެ މުހިއްމު ކަމަށް މެދުއެއްބަސްވެ ވަޑައިގެންނެވިއެވެ.

މި ސަމިޓްގައި އެ ދެ ޤައުމުގެ ދެމެދުގައި ދެބަސްވުން ހުރި ފައިލްތަކާމެދު އެއް ފަރާތުން އަނެއް ފަރާތް ސަމާލުކަމަށް ގެނުވިއެވެ. އެންމެ ހޫނު މަސްއަލައަކަށް ވެފައި ވަނީ ތައިވާނުގެ މަސްއަލައެވެ.

އެމެރިކާ- ޗައިނާ ސަމިޓް ބޭއްވުނީ 20 ޖަމާޢަތުގެ 17ވަނަ ސަމިޓް ފެށުމުގެ ދެ ދުވަސް ކުރީންނެވެ.

ދެ ޒަޢީމުންވެސް ހިނިފުޅުވަޑުވަމުން ވަރަށް ހޫނު ސަލާމަކުން ސަލާންކުރެއްވިއެވެ. މިއީ އެ ދެ ރައީސުންގެ ފުރަތަމަ ސީދާ ބައްދަލު ކުރެއްވުމެވެ. ރައީސް ބައިޑްން ރައީސް ޝީއަށް މަރްޙަބާ ދަންނަވަމުން ވިދާޅުވިއެވެ. "މަނިކުފާނާ ބައްދަލުވުމަކީ ހާދަ އުފާކުރަނިވި ކަމެކެވެ."

މި ބައްދަލު ކުރެއްވުމާ ބެހޭގޮތުން ވައިޓް ހައުސްއިން ނެރުނު ބަޔާން ބުނާގޮތުގައި "ތައިވާނާމެދު ޗައިނާއިން ގެންގުޅޭ ޢުދްވާނީ އިޖްރާތުތަކާއި ބާޒާރުގެ އުޞޫލުތަކާ ޚިލާފަށް ޗައިނާއިން ކުރަމުންދާ އިޤްތިޞާދީ މުޢާމަލާތުތަކާއި ޝިންޖިއެންގް ސަރަޙައްދާއި ޓިބެޓާއި ހޮޮންގކޮންގުގައި ފަދަ ސަރަޙައްދުތަކުގައި އެ ސަރަޙައްދުތަކުގެ ރައްޔިތުންގެ ޙައްޤުތައް ހަނިކުރުމާއި އިންސާނީ ޙައްޤުތަކުގެ ދާއިރާގައި ޗައިނާއިން ޢަމަލުކުރަމުންދާ ގޮތާމެދު ވައިޓްހައުސް ދެކޮޅުހަދައި އިޢުތިރާޒުކުރާކަން ރައީސް ބައިޑްން ރައީސް ޝީއަށް ދެންނެވިއެވެ."

ޞަޚްޞީ ފެންވަރުގައްޔާއި ސަރުކާރުގެ ފެންވަރުގައި ގުޅުންތައް ދެމެހެއްޓުމުގެ ވަސީލަތްތައް ހުޅުވައިފައި ބޭއްވުމަށް ރައީސް ބައިޑްން ކަށަވެތިވެ ވަޑައިގަތެވެ.

ބައިޑްން ވިދާޅުވިއެވެ. "ދެ ޤައުމުގެ ޒަޢީމުންގެ ހައިސިއްޔަތުން ދެބަސްވުންތައް ޙައްލު ކުރުމަށް ޓަކައި ވާދަވެރިކަން ނައްތައިލަން ޖެހެއެވެ. ޢާލަމީ މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރާން ވަނީ ޖެހިފައެވެ. ދެ ފަރާތުން އެއްބާރުލާންޖެހޭ ކަންކަމުގައި އެއްބާރުލާން ޖެހޭނެ ކަމަށް ދެކެމެވެ."

އެމެރިކާއާއި ޗައިނާ އެއްބާރުލާންޖެހޭ މައިދާންތައް ފާހަގަ ކުރައްވަމުން ރައީސް ބައިޑްން ފާހަގަކުރެއްވި މައިދާންތަކުގެ ތެރޭގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކާބޯތަކެތީގެ އަމާންކަން ނެތެމުންދާ މަސައްލަ ހިމެނެއެވެ.

ޗައިނާ ސަމާލުކަމަށް ގެނައި ކަންކަން

ރައީސް ބައިޑްނަށް ރައްދު ދެއްވައި ރައީސް ޝީ ވިދާޅުވިއެވެ. "ދެ ޤައުމުގެ ގުޅުންތައް ދުނިޔެ އުންމީދު ކުރާ ދަރަޖައަށް ވާޞިލުވެފައެއް ނުވެއެވެ. "ޝީ ވިދާޅުވި ގޮތުގައި ޗައިނާ އެމެރިކާ ގުޅުމުގެ ރަނގަޅު ފަށަލައެއް ކުރެހުމަށް އެބަ ބޭނުންވެއެވެ. ދެ ޤައުމުގެ ގުޅުންތަކުގެ މިސްރާބު ރަނގަޅު ކުރުމަށް ޓަކައި ރަނގަޅު ރާސްތާއެއް ވަނީ ހޯދަން ޖެހިފައެވެ."

އޭނާ ވިދާޅުވިއެވެ. "ދެ ޤައުމުގެ ގުޅުންތައް ފައްސިކުރުމަށް ޓަކައި ދެ ޤައުމުގެ ގުޅުންތައް ރަނގަޅުކުރުމަށް ދުނިޔެ އެދެއެވެ."

ޝީ ވިދާޅުވިއެވެ. "ތައިވާނުގެ މަސްއަލައިގައި އެމެރިކާއާ ކުރިމަތިލުމުގައި ޗައިނާ ފަހަތަކަށް ނުޖެހޭނެއެވެ." އެމެރިކާ ބުނާގޮތުގައި ޗައިނާގެ ރަތްރޮނގުތައް ކަށަވަރުކޮށް ދެއްވުމުގައި ރައީސް ޝީ މި ބައްދަލުވުމުގައި ކުރިއަށް ވަޑައިގެންނެވިއެވެ.

ހޮންގކޮންގާއި ތައިވާނާއި ދެކުނު ޗައިނާ ކަނޑާއި ވިޔަފާރީގެ މުޢާމަލާތުތަކާއި ޗައިނާގެ ފަންނިއްޔަތާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ ޗައިނާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އެހެނަސް އެމެރިކާގެ މަސްއޫލުވެރީން ވިދާޅުވާ ގޮތުގައި މި ގުޅުންތައް އިޞްލާޙުކުރުމަށް ޓަކައި ވޭތުވެދިޔަ ދެ މަސްދުވަހު ދެ ފަރާތުން ވަނީ ތަންކޮޅެއް ހަމަހިމޭންވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *