Support Us

ރަޝިޔާއިން ޔުކްރޭނަށް ރައްދުދީފި

ރަޝިޔާއާއެކު ވާހަކަ ދެއްކުމަށް ޔުކްރޭނުގެ ރައީސް ޒިލެންސްކީ ހުށައެޅުއްވި ޝަރްޠުތަކަކީ "ދެ އުޅިއެއްނުވާ" ވާހަކަތަކެއް ކަމަށް ރަޝިޔާ އިއްތިޙާދުގެ މަޖިލީހުގެ އަމްނާއި ދިފާޢާ ބެހޭ ކޮމެޓީގެ ރައީސް ވިކްޓޯރު ބޮރެންޑަރޭވް ވިދާޅުވެއްޖެއެވެ.

ވިކްޓޯރު (ފޮޓޯ) ވިދާޅުވި ގޮތުގައި މިއިން އެނގެނީ ޒިލެންސްކީއަކީ ދެއުޅިއެއްނުވާ ޑްރާމާ ކުޅުއްވާ ބޭފުޅެއް ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ޒިލެންސްކީ އަކީ މި އިސްޓޭޖު މަތީގައި ވަރަށް މޮޅަށް ތަމްސީލު ކުޅުއްވަމުން ގެންދަވާ މުމައްސިލެކެވެ.

ޔުކްރޭނުގެ ރައީސް ރަޝިޔާއާއެކު ވާހަކަދެއްކެވުމާ ބެހޭގޮތުން ހުށައެޅުއްވި ޝަރްޠުތައް އޭނާ މި އިސްޓޭޖު މަތީގައި ވަރަށް ރަނގަޅަށް ކުޅުއްވަމުން އެބަ ގެންދަވާ ކަމަށް ރަޝިޔާގެ މި މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ވިކްޓޯރު ވިދާޅުވި ގޮތުގައި ޑޮންބާސްގެ ސަރަޙައްދުތަކާއި ޚަރސަނާއި ޒަބަރޯޖިޔާ ރަޝިޔާއަށް އަނބުރާ ލިބުމަކީ ރަޝިޔާގެ ބިމުގެ އެއްބައިވަންތަކަމަށް އެ ސަރަޙައްދުތައް އަނބުރާ ދިޔުމެވެ. މި ބިންތަކަކީ އަޞްލު ރޫސީ ބިިންތަކެކެވެ. މި ބިންތައް ރަޝިޔާ ކިބައިން ނިގުޅައިގަންފައިވަނީ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ޣައިރުޤާނޫނީ ގޮތަކަށެވެ.

ޑޮންބާސް ޙިމާޔަތް ކުރުމަށް ޓަކައި ރަޝިޔާއިން ހިންގަމުންދާ ޚާއްޞަ މަސައްކަތްތަކުން ޔުކްރޭނަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލުދިނުމަށް ރައީސް ޒިލެންސްކީ ގޮވައިލެއްވި ގޮވައިލެއްވުމަށް ރައްދު ދެއްވާ އޭނާ ވިދާޅުވިއެވެ. "ދެ ހާސް ސާދަ ވަނަ އަހަރުން ފެށިގެން އެ ސަރަޙައްދުތަކަށް ކިޔީވުން ދެމުންގެންދާ ގެއްލުންތަކަށް ފުރަތަމަ ބަދަލުދޭށެވެ!"

ވިކްޓޯރު ވިދާޅުވިއެވެ. "ރަޝިޔާ ދެކޭގޮތުގައި ހަނގުރާމައިގެ ކޮންމެ މުޖްރިމަކަށް އަދަބުދޭން ޖެހޭނެއެވެ. ދެ ހާސް ސާދަ ވަނަ އަހަރުގެ މައިދާން ތަކްރާރު ކުރާކަށް ބޭނުމެއް ނޫނެވެ. ޔުކްރޭނުގެ ޢަސްކަރިއްޔާގެ ފަރްދަކަށް ވިޔަސް ނުވަތަ ނާޒީ އައު ޖަމާޢަތުގެ މީހަކަށް ވިޔަސް ޢަސްކަރީ ކޯޓަށް ހުށައަޅައި އަދަބު ދެވޭން ޖެހޭނެއެވެ."

ވިކްޓޯރު ވިދާޅުވިއެވެ. "އަވަށްޓެރި ޤައުމެއްގެ ބިމެއްގައި ޤާނޫނާ ޚިލާފަށް މިފަދަ ކަމެއް ދެނެއް ނުކުރެވޭނެއެވެ. ދެ ހާސް ސާދަ ވަނަ އަހަރުގެ ރަބީޢު މޫސުމުގެ މައިދާނަށް ދޮގުވެރި ދައްޖާލުންކޮޅެއް ނުކުމެ ގެނައި ޣައިރު ޤާނޫނީ އިންޤިލާބުން ވެރިކަމަށް އަރައި ތިބި މީހުން ވެރިކަމުގައި ތިބުމަށް ދެން ދޫކޮށެއް ނުލާނަމެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *