ބޭނުންވާ ލަނޑުދަޑިތައް ޙާޞިލު ކުރުމަށް ޓަކައި ގުޅިގެން ޖަމާޢީ ގޮތުގައި މަސައްކަތްކުރުމަށާއި ފެހި މެދުއިރުމަތީގެ އިސްނެގުމަށް ބޭނުންވާ ފަންޑު ހޯދުމަށް މަސައްކަތް ކުރުމަށް "ފެހި މެދުއިރުމަތީގެ ސަމިޓުން" ގޮވައިލައިފިއެވެ.
"ފެހި މެދުއިރުމަތީގެ އިސްނެެގުން"ގެ ނަމުގައި މިޞްރުގެ ޝަރްމުއްޝައިޚުގައި ރޭ ބޭއްވުނު ސަމިޓަކީ މިޞްރާއި ސުޢޫދީ ޢަރަބިއްޔާގެ ރިޔާސަތުގެ ދަށުގައި ބޭއްވުނު ސަމިޓެކެވެ. މި ސަމިޓްގައި ސުޢޫދީ ވަލީ ޢަހްދުގެ "ފެހި ސުޢޫދިޔާ" އާއި "ފެހި މެދުއިރުމަތި" އިސްނެގުމާ ބެހޭގޮތުން ބަޙުސް ކުރެވުނެވެ. މި ދެ އިސްނެގުމަކީ މޫސުމަށް އަންނަމުންދާ ބަދަލުތައް ކޮންޓްރޯލް ކުރުމަށް ޓަކައި ތައްޔާރުކޮށްފައިވާ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން މި ސަރަޙައްދުގެ ވެށްޓަށް އީޖާބީ ފައްސި އަސަރުތަކެއް ކުރާނެއެވެ.މީގެ އިތުރަށް މި ކަމުގެ ސަބަބުން މި ސަރަޙައްދުގެ މަޢީޝަތަށް ހެޔޮ ބަދަލު އަންނާނެއެވެ. އަދި މޫސުމަށް އަންނަމުންދާ ތަޣައްޔަރުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މަސައްކަތް ކުރެވޭނެއެވެ.
ދުނިޔޭގެ މޫސުމާބެހޭ ސަމިޓާ އެއްވަގުތެއްގައި މި ސަމިޓް ބާއްވަވާ ދެއްވި ކަމަށް ޓަކައި މި ސަމިޓްގެ ބައިވެރިން މިޞްރުގެ ރައީސަށާއި ސުޢޫދީ ވަލީ ޢަހްދަށް ޝުކްރު ދެންނެވިއެވެ.
މި ދެ އިސްނެގުމުގައި ހިމެނޭ ދެމެހެއްޓެނިވި ލަޑުދަނޑިތައް 2030ގެ ކުރިން ޙާޞިލު ކުރުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރާން ޖެހިފައިވާ ކަމަށް ފެހި މެދުއިރުމަތީގެ ސަމިޓުން ނިންމެވިއެވެ. މި މަސައްކަތް ކުރާން ޖެހޭނީ ވެށްޓާއި މޫސުމާ ބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުންތަކަށް ކަށަވެތިވެގެން ކަމަށް މި ސަމިޓުން ނިންމިއެވެ.
ޕެރިސް އެއްބަސްވުމުގެ ގިއުގަނޑުގެ ތެރޭގައި ދުނިޔޭގެ ހޫނުކަން ކުޑަކުރުމަށް ޓަކައި ފިޔަވަޅު އެޅުމަށާއި ފަޤީރުކަން ނައްތައިލުމަށް ޓަކައި މަސައްކަތް ކުރުމަށާއި އިޤްތިޞާދީ ސިންދަފާތު އިތުރުކުރުމަށް މަސައްކަތް ކުރުމަށް ގޮވައިލިއެވެ.



advertisment