މެދުއިރުމަތީގެ ކުޑަކުޑަ ޤައުމަކުން ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް މެހެމާންދާރީ އަދާކުރުމަކީ ބައެއް މީހުންނަށް ހަޖަމުނުކުރެވޭ ކަމެއް ކަމަށް ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ސާނީ ވިދާޅުވެއްޖެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ "ކިބުރުވެރި ބޮޑާ" ބައެކެވެ.
އޭނާ މި ބަޔާން ދެއްވީ އިނގިރޭސިވިލާތުގެ ސްކައިނިވްޒަށް ދެއްވި ބަސްދިގަތުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މީޑިއާތަކުން މި ބޮޑު ކަންތައް "ކަވަރު ކުރަމުން ދަނީ ވަރަށް ނައްސި ފޭރާމެއްގައެވެ." އެއީ އޭނާ ހާމަކުރެއްވި ގޮތުގައި "މަޢުލޫމާތުގެ އޮޅުވައިލުމެކެވެ."
އޭނާ ވިދާޅުވި ގޮތުގައި މޮންޑިޔާލުގެ ދަނޑުތައް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރޭގައި މަރުވި މީހުންނަށް ދައުޙާއިން ވަނީ ބަދަލު ދީފައެވެ. އެ ފަދަ މީހުންގެ ޢާއިލާތަކަށް ޤަޠަރު ސަރުކާރުން ވަނީ 350 މިލއަން ޑޮލަރު ދީފައެވެ.
މޮންޑިޔާލުގައި ބައިވެރިވާ ޓީމުތަކަށް ފުޓްބޯޅައަށް ސަމާލުކަން ދިނުމަށާއި "އަޚްލާޤީ ފިލާވަޅުތައް ބެހުން" ހުއްޓައިލުމަށް ފީފާއިން ދަނީ ގޮވައިލަމުންނެވެ.
ފީފާއިން އެމެރިކާގެ "ދަ އެތްލަޓިކް" އޮންލައިން ޞަފްޙާގައި ޝާއިޢުކުރި މި މެސެޖުގައި ސިޔާސީ އަދި އަޚްލާޤީ އަނގަތެޅުންތަކުގެ ތެރެއަށް ޣަރަޤުވެގެން ނުދިޔުމަށާއި ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ފީފާއިން ގޮވައިލައިފައި ވެއެވެ.
މި މެސެޖުގައި އައިސްފައި ވެއެެވެ. "ދުނިޔެއަށް އަޚްލާޤީ ދަރުސް ދިނުމުގެ ބަދަލުގައި އަހުރެމެން ފީފާއިން މަސައްކަތް ކުރަނީ ހުރިހާ އެންމެންގެ ޚިޔާލާށާއި ޢަޤީދާއަށް އިހްތިރާމު ކުރުމަށެވެ. މި ދުނިޔޭގެ ބާރުގަދަކަމުގެ އެންމެ މުހިއްމު އެއް ބަހާއަކީ ސިންދަފާތެވެ. ކަމެއްގެ ތެރެއަށް ގެނބިގެން ދިޔުމުގެ މާނައަކީ މި ސިންދަފާތަށް އިޙްތިރާމު ކުރުމެވެ. އެއްވެސް ރައްޔިތަކު އަދި އެއްވެސް ސަޤާފަތެއް އަނެއް ރައްޔިތަކަށްވުރެ އަނެއް ސަޤާފަތަކަށްވުރެ މޮޅުވެގެން ނުވެއެވެ."
ދުނިޔޭގެ ފުޓްބޯޅަ މުބާރާތަށް ހޮވިފައިވާ ޓީމުތަކަށް ފުޓްބޯޅައަށް ސަމާލުކަންދީ ސިޔާސީ އަދި އައިޑިޔަލޮޖީގެ "ހަނގުރާމަ" އަކަށް ފުޓްބޯޅަ ނެހެދުމަށް ފީފާއިން ވަނީ ގޮވައިލައިފައެވެ.
ފީފާގެ ރައީސާ ޙަވާލާދީ ސްކައި ނިވްސް ބުންޏެވެ. ފީފާގެ ރައީސް މޮންޑިޔާލްގައި ބައިވެރިވާ 32 ދައުލަތަށް ފުޓްބޯޅައަށް ސަމާލުކަން ދިނުމަށް ދަނީ ގޮވައިލައްވަމުންނެވެ.
ފީފާގެ އަމީން ޢާންމު ފަޠިމަތު ސާމޫރާ ވިދާޅުވިއެވެ. "އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމު ކުރުމާއި އިމްތިޔާޒުތަކާ ދުރުހެލިވުމަކީ ފީފާގެ އަސާސީ އުޞޫލެވެ. ތަކްރާރުކޮށް ފީފާއިން ގޮވައިލަމުން މިދަނީ ފުޓްބޯޅައަށް އިސްކަންދިނުމަށެވެ."



advertisment