Support Us

މެލޭޝިޔާގެ އިންތިޚާބުގައި މަހާތީރާއި އަންވަރު އިބްރާހީމް ވެސް

މެލޭޝިޔާގެ ބޭއްވުމަށް ތައްޔާރުވަމުންދާ ބަރްލަމާނީ އިންތިޚާބުގެ ޙަރަކާތްތައް ސިޔާސީ ޒަޢީމުން އިއްޔެ ވަނީ ފަށްޓަވައިފައެވެ. ނޫސްވެރީން ބުނާގޮތުގައި މި ފަހަރުގެ އިންތިޚާބު ވެގެން ދާނީ ވަރަށް ފޯރިގަދަ ނަތީޖާ ވަރަށް ގާތް އިންތިޚާބަކަށެވެ. މި އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ބޮޑުވަޒީރު އިސްމާޢީލު ޞަބްރީއާއި ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ މަހާތީރު މުޙައްމަދާއި އިދިކޮޅު ޒަޢީމު އަންވަރު އިބްރާހީމާއި ސިޔާސީ މައިދާނުގައި ތަޖްރިބާކާރު ބޭފުޅެއް ކަމުގައިވާ މުޙްޔިއްދީން ޔާސީން ހިމެނިވަޑައިގަންނަވައެވެ.

ރޮއެޓަރޒް ބުނާގޮތުގައި ޢުމުރުފުޅުން 97 އަހަރުވީ މަހާތީރު މުޙައްމަދު އިއްޔެ ރަސްމީކޮށް ކަރުދާސްތައް ހުށައަޅުއްވައިފިއެވެ. އޭނާ އުންމީދު ކުރައްވަނީ އަލުން ސިޔާސީ ދަނޑަށް ކުޅުއްވަން އެރުއްވޭނެ ކަމަށެވެ.

މަހާތީރު، 2018 ގައި ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމުން އޭނާގެ ނަންފުޅު ވަނީ ގިނެސް ބުކް އަށް އަރައިފައެވެ. އެއީ އެންމެ ދޮށީ ބޮޑުވަޒީރުގެ ލަޤަބު ހޯއްދެވުމުންނެވެ. މި މަހު 19ގައި ބޭއްވޭ ޢާންމު އިންތިޚާބުގައި އޭނާ ކުރިމަތިލައްވައިފައި ވަނީ ލަންކާވީ ޖަޒީރާގެ ގޮނޑިއަށެވެ. މި ގޮނޑި އޭނާއަށް ވަރަށް ފަސޭހައިން ދިފާޢު ކުރެއްވޭނެ ކަމަށް ނިމުތު ކުރެވެއެވެ.

މަހާތީރު ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިއެވެ. "ކާމިޔާބު ލިބުމުގެ ފުރްޞަތު ވަރަށް ބޮޑެވެ."

އޭނާ ރިޓަޔަރ ކުރެއްވުމަށް ގޮވައިލާ މީހުންނަށް މަލާމާތް ކުރައްވާ ވިދާޅުވިއެވެ. "މަށަށް އަދިވެސް ދެ ފައި މަތީ ކޮޅަށް އެބަ ހުރެވެއެވެ. ހިނގާބިނގާ އެބަ އުޅެވެއެވެ. ރަނގަޅަށް ވާހަކަދައްކާ ހެދެއެވެ."

މަހާތީރަށް ބަރްލަމާނުގެ ގޮނޑި ކާމިޔާބު ކުރެއްވުނަސް އޭނާއަށް ބޮޑުވަޒީރުކަމާ ހަމައަށް ވަޑައިގަންނަވަން މިފަހަރު ދަތިފުޅުވާނެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.

އިންތިޚާބުގައި 4 ޖަމާޢަތެއް

މެލޭޝިޔާގެ ބަރްލަމާނުގެ 222 ގޮނޑިއަށް ބޮޑު ހަތަރު ޖަމާޢަތަކުން ވާދަކުރެއެވެ. އޭގެތެރޭގައި މަހާތީރުގެ ޖަމާޢަތާއި މިހާރުގެ ބޮޑުވަޒީރު އިސްމާޢީލު ޞަބްރީގެ ޕާޓީއާއި އިދިކޮޅު ޒަޢީމު އަންވަރު އިބްރާހީމުގެ ކޯލިޝަން ހިމެނެއެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި ބަރްލަމާނުގައި އެއްވެސް ޖަމާޢަތަކަށް އަޣްލަބިއްޔަތެއް ނުލިބޭނެއެވެ. ސަރުކާރެއް އެކުލަވައިލުމަށް ޓަކައި ވާދަވެރި ޖަމާޢަތްތަކަށް ޖެހޭނީ ކޯލިޝަނެއް އެކުލަވައިލާށެވެ.

މި މަހުގެ 19ގައި ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 21 މިލިޔަން މީހުން ވެއެވެ. މި އިންތިޚާބުގެ ޙަމަލާގެ ފަށަލައަކީ ލާދައާއި ސިޔާސީ ގަނޑުބަޑުތަކެވެ. މި ހުރިހާ ކަމެއްގެ ވެސް މަޞްދަރަކީ އިޤްތިޞާދު ހެދިބޮޑުވުން ލަސްވުމެވެ.

ދެހާސް އަށާރައިގެ އިންތިޚާބުގެ ފަހުން މެލޭޝިޔާގައި ތިން ސަރުކާރެއް ވަނީ ޤާއިމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *