Support Us

އެމެރިކާގެ އިސްތިރާޖީ ބާރުތަކުގެ ވެރިޔާ  އެޑްމިރަލް ޗާރލްސް ރިޗަރޑް

ޗައިނާ އެމެރިކާގެ މައްޗަށް ގަދަވެގަންނާނެ: އެމެރިކާ

"ޢަސްކަރީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް އެބަ ހުރި ކަމަށް" އެމެރިކާގެ އިސްތިރާޖީ ބާރުތަކުގެ ވެރިޔާ  އެޑްމިރަލް ޗާރލްސް ރިޗަރޑް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ޔުކްރޭނުގައި މިހާރު ހިނގަމުންދާ އަރާރުމަކީ ނިސްބަތުން ނުބައިކަން ބޮޑު ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އަބަދުވެސް ތައްޔާރީ ޙާލަތުގައި އޮތުމަށް އެމެރިކާގެ މައްޗަށް ވާޖިބުވެގެން ވެއެވެ.

އަޑިންދާބޯޓު ޖަމްޢިއްޔާގެ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޢަސްކަރީ މި އިސްވާރު ވިދާޅުވިއެވެ. "އެމެރިކާ އަބަދުވެސް ތައްޔާރަށް އޮންނަން ޖެހޭނެއެވެ. މިއަދު ޔުކްރޭންގައި ހިނގަމުންދާ އަރާރުމަކީ ބޮޑު މެޗަށް ހަށިގަނޑު ހޫނުކޮށްލުމެކެވެ. ކުރިއަށް އޮތް ކަންތައް މާ ބޮޑެވެ. އަޅުގަނޑުމެން ހީނުކުރާ ފަދަ ގޮތަކަށް އަޅުގަނޑުމެން ވަރަށް އަވަހަށް އިމްތިޙާނު ކުރެވިދާނެއެވެ."

އެޑްމިރަލް ރިޗަރޑް ވިދާޅުވިއެވެ. "އުންމަތް ދިފާޢު ކުރުމަށް ޓަކައި މުހިއްމު އަސާސީ ބަދަލުތަކެއް ވަނީ ގެންނާން ޖެހިފައެވެ. މިއަދުގެ ޙާލަތަށް ބަލާއިރު އަޅުގަނޑުމެންނަށް ހަނގުރާމައިގެ މައިދާނުގައި ފައިތިލަ ސާބިތުކޮށްލައިގެން ނުތިބެވިދާނެއެވެ."

ޗާރލްސް އިތުރަށް ވިދާޅުވިއެވެ. "ޗައިނާ ފަދަ ވާދަވެރީން ތަމުސީލީ ގޮތަކަށް އެމެރިކާގެ މައްޗަށް ދަނީ ގަދަވެގަންނަމުންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޚާއްޞަ މައިތިރި ވަރުގަދަކޮށް ތަރައްޤީ ކުރާން ޖެހޭނެއެވެ. އެހެންނޫނީ އަޅުގަނޑުމެން ވީރާނާވެގެން ހިނގައިދާނެއެވެ."

ޗާރލްސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޗައިނާއާ ދެކޮޅަށް އަޅުގަނޑުމެންގެ އަތުގައި ހުރި މައިތިރިތަކުގެ ދުވެއްޔަށްވުރެ ޗައިނާ އަތުގައި ހުރި ހަތިޔާރުތަކުގެ ދުވެލި މާ ބާރެވެ. ކުރިމަގަށް  ބަލާއިރު އަޅުގަނޑުމެންގެ އޮޑި ދަނީ ފެތެމުންނެވެ. މަޑުމަޑުންް ދަނީ ފެތެމުންނެވެ. އެ އޮޑި ފެތޭނެއެވެ. އަޅުގަނޑުމެންނަށް އެމީހުންގެ މައްޗަށް އިސްކަން ލިބިފައިވާ މަޖާލެއް ނެތެވެ."

ޗާރލްސް މި އިޝާރަތް ކުރެއްވީ ޗައިނާގެ ހަނގުރާމަމަތީ ކަނޑުގެ އުޅަނދުތަކުގެ ޢަދަދު އިތުރުވަމުންދާ ދިޔުމަށެވެ. ޗައިނާއިން މަތިންދާބޯޓު އުފުލާ އުޅަނދުތައް ބަނުން ދަނީ އިތުރުކުރަމުންނެވެ. އޭނާ އެމެރިކާނުން ހިތްހަމަޖެއްސެވުމަށް ޓަކައި ވިދާޅުވިއެވެ. "އެމެރިކާއަށް ކުރި ލިބިފައިވާ މައިދާނެއް އެބަ އޮތެވެ. އެއީ ކަނޑުގެ ޢަސްކަރީ ބާރެވެ. ޚާއްޞަކޮށް އަޑިންދާ ބޯޓުަކުގެ ފުލީޓެވެ. މި ކަމުގައި އެެހެން ބަޔަކަށް އެމެރިކާއާ އަދި ވާދައެއް ނުކުރެވޭނެއެވެ. އެހެން މައިދާންތަކަށް ބަލާއިރު އެމެރިކާ އޮތީ 60 އަހަރު ފަހަތުގައެވެ. އެ ދުވަސްވަރު އެމެރިކާ މާ ޙަރަކާތްތެރިއެވެ. މާ ދުވެލި ބާރެވެ."

ޗާރލްސް ހާމަކުރެއްވި ގޮތުގައި ސިޔާސީ ދެބަސްވުންތަކާއި ދިފާޢީ ވުޒާރާގެ ބަޖެޓަށް އާނ ބަސް ލިބުން ލަސްވުމާއި ފަންޑިންގެ މަސްއަލަތަކުގެ ސަބަބުން އައު ހަތިޔާރު ހޯދުމުގެ މައިދާނުގައި ޕެންޓަގަން އޮތީ ކަސްތޮޅު އެޅުވިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *