ދުނިޔޭގައި މަކުނުވިދުރި މާ ބާރަށް ފެތުރެމުންދާތީ އެކަމުގެ ސަބަބުން ދުނިޔޭގެ ޢާންމު ޞިއްޙަތު ކުއްލި ޙާލަތަކަށް ހިނގައްޖެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދަށުގައި އޮންނަ އިމަރޖެންސީ ކޮމެޓީން އިޢުލާނުކޮށްފިއެވެ.
މި ކޮމެޓީން ނެރުނު ބަޔާން ބުނާގޮތުގައި ދުނިޔޭގެ ޞިއްޙީ މީޔާރަށް ބަލާއިރު މި ބަލި މިއަދު ފެތުރިފައި ވަނީ ކަންބޮޑުވާން ޖެހޭ ފަދަ މިންވަރަކަށެވެ.
މި ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި ޤައުމުތަކުގެ މެދުގައި ވިލަރެސްކުރާން ޖެހިފައިވާ ކަމަށް މި ބަޔާން ބުންޏެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިމަރޖެންސީ ކޮމެޓީގެ އިޖްމާޢުން ނިންމި ނިންމުމަށް އެ ޖަމްޢިއްޔާގެ ޑިރެކްޓަރު ޖެނެރަލް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ބުނާގޮތުގައި ދުނިޔޭގެ 109 ޤައުމެއްގައި މަކުނުވިދުރި ޖެހިފައިވާ މީހުންގެ ޢަދަދު މި އަހަރު ވަނީ 77.2 ހާހަށް އިތުރު ވެފައެވެ.މި ބަލި ޖެހިގެން މިހާތަނަށް 36 މީހަކު މަރުވެފައި ވެއެވެ.



advertisment