Support Us

ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމަށް ޢަމަލު ކުރުން ހުއްޓައިލީ ވަގުތީ ގޮތުން: ރަޝިޔާ

ކަޅުކަނޑުގެ އަމާން މަގުން ލައިފާ ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމަށް ޢަމަލު ކުރުން މޮސްކޯއިން ހުއްޓައިލީ ވަގުތީ ގޮތުން ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ. މޮސްކޯއިން ކަށަވަރުކޮށްދިން ގޮތުގައި "ކަޅުކަނޑުގެ އިސްނެގުމުން" ރަޝިޔާ ވަތްކެއް ނުވެއެވެ.

ރޫސީ ދިފާޢީ ވުޒާރާއިން ބުނިގޮތުގައި ޔުކްރޭނުން 29 އޮކްޓޯބަރުގައި ރަޝިޔާގެ ސިވާސްޓިޕޯލު ސަހަރުގެ މަދަނީ އަދި ޢަސްކަރީ ކަނޑުގެ އުޅަނދުތަކަށް ދިން "ނިރުބަވެރި" ޙަމަލާ ދިން ސަބަބު ސާފުކޮށް ބަޔާންކޮށް ހާމަކުރުމަށްދާންދެން ކަޅުކަނޑުގެ އިސްނެގުމަށް ޢަމަލުކުރުން އޮންނާނީ ހުއްޓައިލައިފައެވެ.

މި ބަޔާން ބުނިގޮތުގައި އަމާން މަގުންލައިފައި ދަތުރުކުރުމުގެ ހުއްދަ ބޯޓުތަކަކަށް ނުދެވޭނެއެވެ. އެއީ ޔުކްރޭނުގެ ޢަސްކަރިއްޔާއިން ރަޝިޔާއާ ދެކޮޅަށް މި އަމާން މަގު ބޭނުންކުރަމުންދާތީއެވެ.

މި ވުޒާރާއިން ބާރުއަޅައި ބުނިގޮތުގައި ރަޝިޔާ "މި އެއްބަސްވުމުން ވަތްކެއް ނުވެއެވެ. އެއަށް ޢަމަލު ކުރުން ވަގުތީ ގޮތުން ހުއްޓައިލީއެވެ." ރޫސީ ރައީސް ޕޫޓިން ވެސް ވަނީ ހަމަ މި މޭރުމުން އެކަން ކަށަވަރުކޮށް ދެއްވައިފައެވެ.

ގޮވާން ބޭރުކުރުން ނުހުއްޓޭ

އަނެއްކޮޅުން ޔުކްރޭނުގެ ރައީސް ޒިލެންސްކީ ވިދާޅުވާގޮތުގައި އދގެ އެއްބަސްވުމާ އެއްގޮތަށް ކަޅުކަނޑުގެ ބަދަރުތަކުން ގޮވާން ބޭރުކުރުމުގެ މަސައްކަތް ކުރިުއަށް ދާނެއެވެ. ރަޝިޔާ މި އެއްބަސްވުމުން ވަކިވިޔަސް އެ މަސައްކަތަށް ހުއްޓުމެއް ނާންނާނެއެވެ. އިއްޔެ ޔުކްރޭނުގެ ބަނދަރުތަކުން ގޮވާން އަރުވާ ބަރާކޮށްގެން 12 ބޯޓެއް ވަނީ ފުރައިފައެވެ.

ރަޝިޔާއިން ބުނާ ގޮތުގައި ޔުކްރޭނުން މި އަމާން މަގުންލައިފާ ގޮވާން ބޭރުކުރުން ދެން އަމާނެއް ނުވާނެއެވެ.

ކްރެމްލިންގެ ތަރްޖަމާނު ބިސްކޯވް ނޫސްވެރީންނަށް ވިދާޅުވިއެވެ. "މި މަގުން ލައިފާ ދަތުރުކުރުން ދެން އަމާނެއް ނުވާނެއެވެ. މި އެއްބަސްވުމަށް ޢަމަލު ނުކުރެވޭނެތީއެވެ. އެ މަގުން ދަތުރުކުރާ އުޅަނދުތަކަށް ރައްކައުތެރިކަމެއް ނެެތެވެ."

ތިން ފަރާތުގެ އެއްބަސްވުން

ރަޝިޔާއިން މި އެއްބަސްވުމަށް ޢަމަލު ކުރުން ހުއްޓައިލުމާ ވިދިގެން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ތުރްކީއާއި އދ އާއި ޔުކްރޭނުން ވަނީ މި އެއްބަސްވުމާ އެއްގޮތަށް ގޮވާން ބޭރުކުރުމުގެ މަަސައްކަތް ކުރިއަށް ދާނެކަމަށް ބުނެފައެވެ. ތުރްކީގެ ފެނުގެ ސަރަޙައްދުގައި 16 ބޯޓެއްގެ ދަތުރު ކުރިއަށް ދާ ކަމަށް އެ ތިން ފަރާތުން ބުންޏެވެ.

އިސްތަންބޯލުގައި ހުންނަ މި އެއްބަސްވުން ވިލަރެސް ކުރާ އިދާރާއިން ބުނާގޮތުގައި މި ތިން ފަރާތުން ގުޅިގެން 40 އުޅަދެއް ފާސްކުރެވޭނެއެވެ. ތުރްކީ މެދުވެރިވެގެން އދ އާއި ރަޝިޔާއާއި ޔުކްރޭނާ ދެމެދުގައި އެއްބަސްވެވުނު އެއްބަސްވުމުގައި ސޮއި ކުރެވުނީ 22 ޖުލައިގައި ތުރްކީގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *