...

Support Us

އިންޑިއާގެ މޯރްބީ ބުރިޖު ވެއްޓި އެތައް ބަޔަކު މަރުވެއްޖެ

އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި މީހުން ފައިމަގުގައި ހިނގާން ހަދައިފައި އޮންނަ ދާލަމެއް ކަމަށްވާ "މޯރްބީ ބްރިޖް" ތިރާވެ އެތައް ޑަރުޖަނެއްގެ މީހުން މަރުވެއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އިއްޔެ ތިރާވި މި ދާލަމަކީ އިނގިރޭސިބަހުން "ސަސްޕެންޝަން ބްރިޖް"ކިޔާ ބާވަތުގެ ދާލަމެކެވެ. މި ވާބަތުގެ ދާލަންތައް ހުންނާނީ ދިގު ތަނބުތަކެއް ޖަހައި އެއަށް ލަނބުރާން ހިފައިފައެވެ.

އިއްޔެ ތިރާވެގެން ވެއްޓުނު ދާލަން މަރާމާތުކުރުމަށް ފަހު އަލުން ހުޅުވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ދާލަން ވެއްޓުނު ވަގުތު ދާލަމުގެ މަތީގައި އެތައް ސަތޭކަ ބަޔަކު ތިއްބެވެ. އެއީ އެ މީހުން ފާހަގަކުރާ ދީނީ އިޙުތިފާލުތަކެއްގައި ކިޔަވާ ކިޔެވެލިތަކެއް ކިޔަވާން ތިބި ބަޔެއްކަމަށް ޚަބަރު ލިބެއެވެ. މަރުވި މީހުންގެ ޢަދަދު މިހާތަނަށް 171އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އެންމެ ފަހުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި 177 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް ވީ ގޮތެއް ނޭނގި ގެއްލިފައިވާ އެތައް ބަޔަކު ހޯދުމުގެ މަސައްކަތްވެސް ރަސްމީކޮށް ކުރަމުން އެބަ ގެންދެއެވެ.

ގުޖްރާތުގެ މޯރްބީގައި ހުރި މި ދާލަން ތިރާވެ އެތައް ބަޔަކު މަރުވި ހާދިސާ ތަހުގީގުކުރާން ގުޖުރާތު ސަރުކާރުންވަނީ އަމުރުނެރެފައެވެ. މި އަމުރާ ގުޅިގެން މި މައްސަލައާ ގުޅުން ހުރި، އަށް މީހަކާ މިހާރު ފުލުހުން ވަނީ ސުވާލުކޮށް މައްސަލަ ތަހުގީގުކުރާން ފަށައިފައެވެ. މި ގޮތުން ސަލާމަތީ ފާރަވެރިއަކާއި ޓިކެޓް ވިއްކާ މީހަކާ ވެސް ފުލުހުން ސުވާލުކޮށްފައިވެއެވެ. އަދި އަދި ދާލަން މަރާމާތު ކުރުމާ ގުޅުން ހުރި މީހަކާ ވެސް މިހާތަނަށް ސުވާލުކޮށްފައެވެ. މި މައުލޫމާތު މީޑިއާ ޙިއްސާ ކުރި އޮފިޝަލް ވަނީ ސުވާލުކުރެވުނު މީހުންގެ ތެރޭގައި "އޮރެވާ ގްރޫޕް"ގެ މުވައްޒިފުންނާ ސުވާލުކުރިކަމުގެ ޔަގީންކަން ދޭން ދެކޮޅު ހަދައިފައެވެ. އޮރެވާ ގްރޫޕަކީ މި ދާލަމުގެ މަރާމާތު މަސައްކަތްކުރި ކުންފުންޏެވެ. އިންޑިއާން އެކްސްޕްރެސް ނޫހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުން ތަހުގީގުކުރަނީ ދާލަން މަރާމަރުކޮށް އާންމުކޮށް ބޭނުންކުރާން ތައްޔާރުކުރި ކުންފުންޏާއި ކުންފުނީން އެ މަސައްކަތްކުރި ގޮތުގެ މައްސަލައެވެ. (ބީބީސީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *