...

Support Us

(ކ-ވ) ފްރެންކްލިން ރޫޒްވެލްޓް، ވިންސްޓަން ޗާޗިލް އަދި އެޑޮލްފް ހިޓްލަރ

މިތަނުން އެންމެ ކަމުދަނީ ކާކު؟

މި ތިން މީހުންގެ ތެރެއިން އެންމެ ކަމުދާ މީހަކީ ކާކުކަން ތިބާއަށް ނިންމޭނެ ހެއްޔެވެ؟

މިސްޓަރ އޭ:

ނުބައި، ސިޔާސީ މީހުންނާ އެކުވެރިކަން ބަދަހި ކުރެއްވިއެވެ. ފަލަކީ އިލްމުވެރިންގެ އެހީ ހޯއްދެވިއެވެ. ދެ އަނބިކަނބަލުން ގެންގުޅުއްވިއެވެ. ގަދަޔަށް ދުންފަތުގެ އިސްތިއުމާލް ކުރެއްވިއެވެ. ދުވާލަކު ދިހަ ވަރަކަށް ފަހަރު ރާފޮދު ހިއްޕެވިއެވެ.

މިސްޓަރ ބީ:

ދެ ފަހަރު އޮފީހުން ވަކިކޮށްފައިވެއެވެ. މެންދުރާ ހަމައަށް އަވަހާރަފުޅުލައްޕަވައެވެ. ކޮލެޖުގައި އޯޕިއަމް (ޑްރަގެއް) ބޭނުންކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކު ހަވީރު ރާފޮދު ހިއްޕެވިއެވެ.

މިސްޓަރ ސީ:

އޭނާއަކީ ޒީނަތްތެރިކޮށްފައިވާ ހަނގުރާމަވެރި ބަޠަލެކެވެ. ވެޖިޓޭރިއަނެކެވެ. ދުންފަތުގެ އިސްތިއުމާލެއް ނުކުރެއެވެ. ރަލެއް ނުބޮއެވެ. އަދި ދުވަހަކުވެސް އަނބިމީހާއަށް ބޭވަފާތެރިއެއް ނުވެއެވެ.

އެންމެ ރަނގަޅެވެ. މަތީގައިވާ ތިން ޝަހުސިއްޔަތުން ތިބާއަށް އެންމެ ކަމުދާނެ ކަމަށް ބެލެވެނީ ކޮން ޝަހުސިއްޔަތެއްހެޔެވެ؟ ޔަގީނެވެ. އެއީ މިސްޓަރ ސީ އެވެ. މިއީ ދޮގެއް ހެއްޔެވެ؟

އެކަމަކު ބުނަންހެއްޔެވެ؟

މިސްޓަރ އޭ އަކީ ފްރެންކްލިން ރޫޒްވެލްޓް އެވެ! އެމެރިކާގެ 32 ވަނަ ރައީސެވެ.

މިސްޓަރ ބީ އަކީ ވިންސްޓަން ޗާޗިލް އެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރެވެ.

މިސްޓަރ ސީ އަކީ އެޑޮލްފް ހިޓްލަރެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ހަ މިލިއަން މީހުނަށްވުރެ ގިނަ މީހުންގެ މަރުގެ ޒިންމާ އުފުލަންޖެހޭ މީހާއެވެ. އޭނާވަނީ 1945 ގައި އަމިއްލައަށް މަރުވެފައެވެ.

މިއީ އާދަޔާ ހިލާފު އެކަމަކު ވެސް ތެދު ހަގީގަތެކެވެ.

ކޮންމެ މީހަކުވެސް އަނެކާގެ މިޒާޖަށް ބަލައި ޙުކުމް ކުރުމަކީ އާންމު ކަމެކެވެ. އެކަމަކު އެއީ ރިސްކު ބޮޑު ކަމެކެވެ. އެ މީހެއްގެ ޝަހުސިއްތަކީ މުހިންމު އެއްޗެކެވެ.

ވީމާ ތިމާގެ ދިރިއުޅުމުގައި ކޮންމެ މީހަކީވެސް މުހިއްމު މީހެއް ކަމަށް ގަބޫލްކުރާށެވެ. އެ މީހެއްގެ މައްޗަށް ޙުކުމް ނުކޮށް، އެމީހަކު ޤަބޫލުކުރާށެވެ.

ކެކިކެކި ހުންނަ ފެނަކީ ވެސް އޭގެން ބިސް ހަރުކޮށްދޭ އެކަމަކު އަލުވި މަޑުކޮށްދޭ އެއްޗެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *