ބްރެޒީލުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، ކުރީގެ ރައީސް ލުވިޒް އިނާސިޔޯ ލޫލާ ޑަ ސިލްވާ ވަރަށް ހަނި އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފިއެވެ.
ދެވަނަ ބުރުގައި ޑަ ސިލްވާ އާ ވާދަކުރެއްވި މިހާރުގެ ރައީސް ބޮލްސޮނާރޯއަށް ލިބިވަޑައިގަންފައިވަނީ 49.1% ވޯޓެވެ. ޑަ ސިލްވާއަކީ ވާތު ފިޔައިގެ ބޭފުޅެކެވެ. ބޮލްސޮނާރޯއަކީ ކަނާތު ފިޔައިގެ ބޭފުޅެކެވެ. މި ނަތީޖާ އޭނާ އަދި ޤަބޫލުފުޅެއް ނުކުރައްވައެވެ. ލަފާކުރެވޭ ގޮތުގައި އޭނާ މި މަސްއަލަ އެންމެ މަތީ ކޯޓަށް ހުށައަޅުއްވާނެއެވެ.
ތާރީޚަށް ބަލާއިރު މިއީ ބްރެޒީލުގައި ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ދެވަނަ ދައުރު ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.
ރޭ ސައޮ ޕައުލޯގައި ޑަ ސިލްވާ އެތައް ހާސް ތާއީދީންނާ ބައްދަލު ކުރައްވަމުން ވިދާޅުވި ގޮތުގައި އޭނާގެ ވާދަވެރިޔާ އޭނާއަށް އަދިވެސް ތަހްނިޔާ ވިދާޅެއް ނުވެއެވެ.
ޑަ ސިލްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޤައުމަށް ބޭނުންވަނީ އެއްބައިވަންތަކަމާއި ސުލްޙަމަސަލަސްކަމެވެ." އޭނާ ވިދާޅުވި ގޮތުގައި މި ކާމިޔާބީއާއެކު ބްރެޒީލް އަނބުރާ ބައިނަލްއަޤްވާމީ މައިދާނަށް ނުކުމެއްޖެއެވެ.
އޭނާ ވިދާޅުވިއެވެ. "ދާއިމީ ހަނގުރާމައެއްގެ ތެރޭގައި ޤައުމު ބައިބައިވެފައި އޮތުމަކީ އެއްވެސް މީހެއްގެ މަޞްލަޙަތު ނިޔާކުރާނެ ކަމެއް ނޫނެވެ." ރިޔާސީ އިންތިޚާބުގެ ޙަމަލާތަކުގެ ތެރޭގައި ބްރެޒީލް ވަނީ ވަރަށް ބޮޑަށް ތަނޑިތަނޑިވެފައެވެ.އޭނާ ވިދާޅުވި ގޮތުގައި މޫސުމަށް ޓަކައި ބްރެޒީލުން ހަނގުރާމައަށް އަލުން ނުކުންނާނެއެެވެ.
ޑަ ސިލްވާ ރައީސްކަމަށް އިސްކުރެވޭނީ މި އަންނަ ޖަނަވަރީ މަހުގައެވެ. އެމަޒޯންގެ ޖަންގަލިތައް ރައްކައުތެރި ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުމަށް ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބްރެޒީލަކީ އަބަދުގެއަބަދަށް ރޯމާއްދާ އުފައްދާ ޤައުމެއްގައި ގޮތުގައި ނުބޭއްވޭނެ ކަމަށް ވެސް ޑަސިލްވާ ވިދާޅުވިއެވެ.
ޑަ ސިލްވާ، 77، އަކީ ވާތުފިޔައިގެ އައިކަނެކެވެ. ފަސާދައިގެ ތުހުމަތުތަކެއްގައި އޭނާ ދެ އަހަރު ޖަލުގައި ހުންނެވިއެވެ. ބްރެޒީލުގެ ސުޕްރީމު ކޯޓުން މި ހުކުން ބާޠިލުކޮށް އޭނާ ވަނީ ދޫކޮށްލައިފައެވެ.
ޑަ ސިލްވާ ބްރެޒީލުގައި 2003 އާއި 2010ގައި ދެ ދައުރުގައި ރައީސްކަން ވަނީ ކުރައްވައިފައެވެ. އޭނާ މި ދެ ދައުރުގައި ހިންގަވައިފައިވާ އިޖްތިމާޢީ އިޞްލާޙީ ޕްރޮގްރާމުތަކުގެ ސަބަބުން އޭނާގެ މަޤްބޫލުކަން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.



advertisment