Support Us

މިކުރާ މަސައްކަތަކީ ހުޅަނގާ ކުރިމަތިލުމުގައި ރަޝިޔާގެ ވުޖޫދު ދިފާޢުކުރުން: ޕޫޓިން

ރަޝިޔާއިން މިއަދު ކުރަމުންދާ މަސައްކަތަކީ ހުޅަނގުގެ ޤައުމުތަކާ ކުރިމަތިލުމުގައި "ޤައުމުގެ ވުޖޫދު ދިފާޢުކުރުން" ކަމަށް ރޫސީވިލާތުގެ ރައީސް ވްލެޑްމީރު ޕޫޓިން ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ހުޅަނގުން މިއަދު ކުރާ މަސައްކަތަކީ ދުނިޔެއަށް އަތްގަދަކުރެވޭތޯ ކުރާ މަސައްކަތެކެވެ.

ރޫސީ ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ވަލްޑައި އަހަރީ މަންސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވިއެވެ. "ރަޝިޔާއިން ހުޅަނގަށް ގޮމެއް ނުޖަހައެވެ. ރަޝިޔާ މަސައްކަތް ކުރަނީ އެ ޤައުމުގެ ވުޖޫދު ދިފާޢު ކުރާށެވެ." އޭނާ ތުހްމަތު ކުރެއްވި ގޮތުގައި އެމެރިކާއާއި ހުޅަނގުން ބޭނުންވަނީ "ރަޝިޔާ ފުނޑުފުނޑުކޮށް ހަލާކުކޮށްލާށެވެ. ޗާޓުން ފުހެލާށެވެ."

އޭނާ ތުހްމަތު ކުރެއްވި ގޮތުގައި ހުޅަނގުން ބާޒީމަރަމުން ދަނީ ދުނިޔެއަށް އަތްގަދަ ކުރެވޭތޯއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ވަރަށް ހިރާސް ބޮޑު ކަމެކެވެ. އެހެން ޤައުމުތަކުގެ މަޞްލަޙަތަށް ރިޢާޔަތް ނުކޮށް ކުރާ ކަމެކެވެ. "ޕޫޓިން ވިދާޅުވިއެވެ. "އަތްގަދަކުރުން ނޫން އެއްޗެއް އެމެރިކާއިން ދުނިޔެއަކަށް ނުދެވޭނެއެވެ."

އެންމެ ނުރައްކާތެރިކަން ބޮޑު ދަހަރު

ރޫސީ ރައީސް ވިދާޅުވި ގޮތުގައި މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ދެކޭ އެންމެ ނުރައްކާތެރި ދަހަރެވެ. "ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް ބަދަލު ގެނައުމާމެދު މިއަދު ވިސްނާން ވެއްޖެއެވެ. ދުނިޔޭގެ ސިންދަފާތު ރިވެލިކޮށްދޭ މަޖިލީހަކަށް މި މަޖިލިސް ހަދާން ވެއްޖެއެވެ." އޭނާ ވިދާޅުވި ގޮތުގައި "ޖަމާޢީ އަމްނުގެ އަސާސު މިހާރު ވަނީ ކަފާސްވެފައެވެ. ބަދީލީ ގަވާއިދުތަކަކުން ބައިނަލް އަޤްވާމީ ޤާނޫނު ވަނީ ބަދަލި ކުރާން ޖެހިފައެވެ."

ޕޫޓިން ވިދާޅުވިއެވެ. "އެންމެން ޙިއްސާވާ ސަލާމަތީ ނިޒާމެއް ބިނާކުރުމަށް މޮސްކޯއިން ވާނީ ހުޅަނގަށް ތަކްރާރުކޮށް ގޮވައިލައިފައެވެ. އެހެނަސް އެބައިމީހުން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ދުނިޔޭގެ ނިޒާމުގެ ތަރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިފައިވާ ކަމެކެވެ."

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ މަސްރަޙު މިހާރު ކުރިމަތިލަމުންދަނީ ވަރަށް ނުބައި ސީނާރިއޯއަކާ ދިމާއަށެވެ.

ހުޅަނގަށް ފާޑުކިޔުން އަމާޒުކޮށްފައިވާ ޕޫޓިންގެ ޚިޠާބުގައި ވިދާޅުވިއެވެ. ޑޮލަރު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ދުނިޔޭގެ މާލީ ނިޒާމު ވަނީ ނަޒާހަތްތެރިކަމުން ބޭރުވެފައެވެ. ޑޮލަރަށް ބަރޯސާވުމާ ދުރަށް ދިޔުން އަވަސްކުރުމަށް އޭނާ ދުނިޔެއަށް ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *