Support Us

ވަލީ ޢަހްދު އަދި ކެބިނެޓްގެ ރައީސް މުޙައްމަދު ބިން ސަލްމާން

ޢަރަބި ފަސް ޤައުމެއްގައި ސުޢޫދީ ޢަރަބިއްޔާއިން ވުނަކުރުމުގެ މަޝްރޫޢުތަކެއް ފަށަނީ

ޢުރްދުނާއި ބަޙްރައިނާއި ސޫދާނާއި ޢިރާޤާއި ޢުމާނުގައި ސުޢޫދީ ޢަރަބިއްޔާއިން ވުނަކުރުމުގެ މަޝްރޫޢުތަކެއް ފެށުމަށް ފަސް ކުންފުންޏެއް އުފައްދަން ކަނޑައަޅައިފިއެވެ. ވަލީ ޢަހްދު އަދި ކެބިނެޓްގެ ރައީސް މުޙައްމަދު ބިން ސަލްމާން އިއްޔެ ހާމަކުރެއްވި ގޮތުގައި މި ކުންފުނިތައް ޤާއިމު ކުރާނީ ސުޢޫދީ ޢަރަބިއްޔާގެ ވުނަކުރުމާ ބެހޭ ޢާންމު ފަންޑުންނެވެ.

މި ދިޔަ އޮގަސްޓް މަހު މި ފަންޑުން ވަނީ މިޞްރުގައި ވުނަކުރުމާބެހޭ މަޝްރޫޢުތަކެއް ހިންގުމަށް ޓަކައި ގުޅިގެން މަސައްކަތް ކުރާ ކުންފުންޏެއް އުފައްދައިފައެވެ. މިޞްރުގައި މި މަޝްރޫޢު ފެށީ މިޞްރަކީ އެފްރިކާ ބައްރުގައި އިޤްތިޞާދީ އިސްތިރާޖީ ބާޒާރުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ބާޒާރު ކަމުގައިވާތީއެވެ. މި ކުންފުނިން މިޞްރުގައި ތަފާތު މައިދާންތަކުގައި ވުނަކުރާނެއެވެ.

ސުޢޫދީ ފަންޑުން ހާމަކުރި ގޮތުގައި އަލަށް ވުނަކުރުމުގެ މަޝްރޫޢުތައް ފެށޭ ޤައުމުތަކުގައި ސުޢޫދީ ފަންޑުން 24 ބިލިއަން ޑޮލަރު ވުނަކުރާނެއެވެ.

މި ކުންފުނިތަކުން ތަފާތު މައިދާންތަކުގައި ވުނަކުރުމުގެ މަޝްރޫޢުތައް ހިންގާނެއެވެ. އޭގެތެރޭގައި ބިނާރުތައް ޤާއިމުކުރުމާއި ގެދޮރު ބިނާކުރުމާއި މާލީ ޚިދްމަތްތަކާއި ކާބޯތަކެއްޗާއި ދަނޑުވެރިކަމާއި ޞިނާޢަތާއި މުވާޞަލާތާއި ފަންނިއްޔަތުގެ މައިދާން ހިމެނެއެވެ.

ސުޢޫދީ ވުނަކުރުމުގެ ފަންޑުން މި ކުންފުނިތައް އުފައްދަނީ މި ފަންޑުގެ އިސްތިރާޖީއާ އެއްގޮތްވާގޮތުގެ މަތިން މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ވުނަކުރުމުގެ އައު ފުރްޞަތުތައް ތަނަވަސްކޮށް މި ފަންޑު ކުރިއަރުވާ މި ފަންޑަށް ދެމެހެއްޓެނިވި ދާއިމީ އާމުދަނީއެއް ތަނަވަސްކޮށް ދިނުމަށެވެ. އަދި އެކަމުގެ ސަބަބުން ސުޢޫދީ ޢަރަބިއްޔާގެ އާމުދަނީގެ މަޞްދަރުތައް ސިންދަފާތުވެގެން ދާނެއެވެ. މިއީ ވަލީ ޢަހްދު ބިން ސަލްމާނުގެ 2030ގެ މާރެހުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި ސުޢޫދީ ވަލީ ޢަހްދުގެ ދުރުވިސްނުންފުޅުގެ ދަށުން މި ކުރައްވަވާ މަސައްކަތްޕުޅުތަކުން އިޤްތިޞާދީ މައިދާނުގައި ޢަރަބި ޤައުމުތަކުގެ މެދުގައިި އެއްބާރުލުން އިތުރުވެގެންދާނެއެވެ. މި ކަމުގެ ސަބަބުން ޢަރަބީންގެ އެއްބައިވަންތަކަން ވަރުގަދަވެ ހަރުދަނާވެގެން ވެސް ދާނެއެވެ.

އަރަބި ކޮންމެ ޤައުމަކީ ތަފާތު މަޝްރޫއުތައް ހިންގިދާނެ ޤައުމެކެވެ. މިސާލަކށް ފަތުރުވެރިކަމަށް ބަލާނަމަ މިޞްރާއި އިރްދުނާއި ޢިރާޤަކީ ފަތުރުވެރިކަމުގެ މަޝްހޫރު ބާޒާރުތަކެކެވެ. ދަނޑުވެރިކަމަށް ބަލާއިރު މިޞްރާއި ސޫދާނާއި ޢިރާޤަކީ އެކަމުގެ މައިދާން ވަރަށް ތަނަވަސް ޤައުމުތަކެކެވެ.

ސޫދާނަކީ ބިން ބޮޑު މޫސުން ސިންދަފާތު ޤައުމެކެވެ. އެ ޤައުމުގައި ދަނޑުވެރިކަމާއި ނަޢަމުސޫފި ގެންގުޅުމާއި ހަކަތައާއި ތެލާއި ބިނާރުގެ މަސައްކަތްތަކަށް މައިދާން  ވަނީ ތަނަވަސްވެފައެވެ.

ޢިރާޤާއި މިޞްރާއި ސޫދާނާއި އުރްދުނާއި ޢުމާން ވަނީ ބިނާރު ތަރައްޤީ ކުރުމަށް ބޭނުން ވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *