ދުނިޔޭގެ އެންމެ ހަޑި މުޑުދާރު މީހާ ކަމަށް މަޝްހޫރުވެފައިވާ މީހާ މި ދިޔަ އާދީއްތަ ދުވަހު މަރުވެއްޖެ ކަމަށް އީރާން ނޫސް އޭޖެންސީ (އިރްނާ) އިން ބުނެފިއެވެ. އޭނާ މަރުވީ ޢުމުރުން 94 އަހަރުގައި ކަމަށް މި ނޫސް އޭޖެންސީން ބުންޏެވެ.
ޢަމޫ ޙާޖީގެ ނަމުން މަޝްހޫރުވެފައިވާ މީހާ ފެން ނުވަރާތާ ފަސް ދަހަރު (50 އަހަރު) ވެއްޖެ ކަމަށް އީރާނު ނޫސް އޭޖެންސީން ބުންޏެވެ. އިރްނާ ބުނާގޮތުގައި އޭނާ ފެންނުވަރަނީ ފެންވެރުމުން ބަލި ޖެހިދާނެތީއެވެ. އޭނާ މަރުވީ ދެކުނު އީރާނުގެ ފާރިސް ސަރަޙައްދުގެ ދިޒްގާ ނަމަކަށް ކިޔާ ރަށުގައެވެ.
މި މީހާ މީހަކާ ނީދެއެވެ. އީރާނުގެ އިރްނާ ނޫސް އޭޖެންސީ ބުނާގޮތުގައި އޭނާގެ ރަށުގެ މީޑިޔާއިން 2013 ވަނައަހަރު އޭނާގެ ޙަޔާތާ ބެހޭގޮތުން ވަނީ ފޮތެއް ތައްޔާރުކޮށްފައެވެ.



advertisment