Support Us

ވަރުގަދައަށް ހަނގުރާމަ ހިނގަނިކޮށް ޖަރްމަނުގެ ރައީސް ކިޔީވަށް ވަޑައިގަންފި

ޔުކްރޭނުގައި ވަރުގަދައަށް ހަނގުރާމަ ހިނގަނިކޮށް ޖަރްމަނުގެ ރައީސް ފްރޭންކް ޝްޓާއިންމެއަރު ވަރަށް ކުއްލި ގޮތަކަށް ޔުކްރޭންގެ ވެރިރަށް ކިޔީވަށް މިއަދު ވަޑައިގެންފިއެވެ. މިއީ 24 ފެބްރުވަރީގައި ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ޖަރްމަނުގެ ރައީސަކު ޔުކްރޭނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އެމެރިކާއިން ޑިޕްލޮމެޓިކް މައިދާނުގައި ޙަރަކާތްތެރިވުމަށް ޑިމޮރެޓިކް ޕާޓީގެ ކޮންގްރެސްގެ 30 މެންބަރަކު ރައީސް ބައިޑްނަށް ވަނީ ގޮވައިލައްވައިފައެވެ. އެބޭފުޅުން ރަޝިޔާއާއެކު ސީދާ ވާހަކަދެއްކުންތައް ފެށުމަށް ރައީސް ބައިޑްނަށް ދެންނެވިއެވެ. ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓަކައި ރަޝިޔާއަށް ހިތްވަރު ދެއްވުމަށް ވެސް އެ ބޭފުޅުން އެމެރިކާގެ ރައީސަށް ދެންނެވިއެވެ. އެމެރިކާއިން ރަޝިޔާއަށް ދަތިކުރުމަށް ޓަކައި އަޅައިފައިވާ ބައެއް ފިޔަވަޅުތައް ލުއިކޮށް ދެއްވިދާނެ ކަމަށް އެ ބޭފުޅުންގެ ގޮވައިލެއްވުމުގައި ވެއެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި މި ހަނގުރާމަ ނިމުމަކަށް ގެނެވެން ޖެހޭނީ ހުރިހާ ފަރާތްތަކަށް ޤަބޫލުކުރެވޭ ފަދަ ޖާމިނުވުންތަކެއް ޔުކްރޭނަށް ދީގެންނެވެ. ޔުކްރޭނުގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓައިދީގެންނެވެ.

އަނެއްކޮޅުން ރަޝިޔާއިން ބުނާގޮތުގައި ޔުކްރޭނުން ދަނީ "ހަޑި" ބޮމެއް ތައްޔާރު ކުރަމުންނެވެ. ހުޅަނގުން ރަޝިޔާގެ މި ވާހަކަ ދޮގު ކުރާތީ މޮސްކޯއިން މި މަސްއަލަ ސަލާމަތީ މަޖިލީހަށް މި ރޭ ހުށައަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ނިޔުކްލިއަރ ކާރިސާއެއް

ރަޝިޔާއިން ތުހްމަތު ކުރާގޮތުގައި ކިޔީވުން ދަނީ އެބައިމީހުންގެ ހުޅަނގުގެ ބައިވެރީންނާއެކު މި ބޮމުގެ ޢުންޞުރުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. ރަޝިޔާއިން ބުނި ގޮތުގައި މި ކަމުގެ ސަބަބުން ދުނިޔެ ބޮޑު ކާރިސާއަކާ ކުރިމަތިވާނެއެވެ. ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް ވިދާޅުވާ ގޮތުގައި މި ފަދަ ބޮމެއް ހަދަން އުޅޭ ވާހަކަ ހުޅަނގުން ދޮގުކުރާކުރުން ބިނާވެފައިވަނީ އެއްވެސް އަސާސެއްގެ މައްޗަކަށް ނޫނެވެ. އެމެރިކާގެ މަސްއޫލުވެރިއަކާ ޙަވާލާދީ ރޮއެޓަރޒް ބުނި ގޮތުގައި ރަޝިޔާއިން ކީމާވީ ހަތިޔާރުވެސް އަދި ޙަޔަވީ ހަތިޔާރުވެސް ބޭނުންކުރާން އުޅޭކަމުގެ އެއްވެސް އިޝާރާތެއް އަދި ހިލަމެއް ފެނިފައެއް ނުވެއެވެ.

އިޤްތިޞާދީ އެހީ

އަނެއްކޮޅުން ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި ޔުކްރޭނަށް ހަ ބިލިއަން ޑޮލަރުގެ އިޤްތިޞާދީ އެހީ ބޭނުންވެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޖަރްމަނުން 500 މިލިއަން ޑޮލަރު ދޭނެކަމަށް ވަނީ ބުނެފައެވެ. ބައިނަލްއަޤްވާމީ ބޭންކުން މިއަދު ބުނި ގޮތުގައި އެ ބޭންކުން 500 މިލިއަން ޑޮލަރު ދޭނެއެވެ. އެއީ ހަނގުރާމައިގެ ސަބަބުން ކުރަން ޖެހިފައިވާ ޚަރަދުތައް އިތރުވަމުންދާތީ ދޭ ދަރަންޏެކެވެ. އެ ބޭންކުން މި ކަން ހާމަކުރީ ބަރލިންގައި ދުނިޔޭގެ ޒަޢީމުންނާއި ތަރައްޤީއާބެހޭ ތަޖްރިބާކާރުންނާއި ތަންފީޒީ ޑިރެކްޓަރުންގެ މިއަދުގެ ބައްދަލުވުމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *