Support Us

ސަލްމާން ރުޝްދީގެ އެއް ލޯ ކަނުވެ އެއް އަތް ވާވެއްޖެ

ކީރިތި ރަސޫލާއަށާއި ކީރިތި ޤުރްއާނަށް ފުރައްސާރަކުރި ލިއުންތެރިޔާ ސަލްމާން ރުޝްދީއަށް މި ދިޔަ އޮގަސްޓު މަހު ދިން ޙަމަލާގެ ސަބަބުން އޭނާގެ އެއް ލޯ ކަނުވެ އެއް އަތް ވާވެއްޖެއެވެ.

އޭނާގެ ވަކީލު އެންޑްރޫ ވައިލީ ރޮއެޓަރޒަށް ދިން ބަޔާނެއް ބުނާގޮތުގައި ރުޝްދީ، 75، ތަޤްރީރެއް ދޭންވެގެން އިސްޓޭޖު މަތީގައި ހުއްޓާ މީހަކު ކުއްލިއަކަށް އިސްޓޭޖު މައްޗަށް އަރާ ދިން ޙަމަލާތަކެއްގެ ސަބަބުން އޭނާ ހަސްފަތާލަށް ގެންދެވުނީ ވަރަށް ނާޒުކު ޙާލަތެއްގައެވެ.

ކީރިތި ރަސޫލާއަށާއި ކީރިތި ޤުރްއާނަށް ފުރައްސާރަކޮށް "އާޔާތު ޝައިޠާނިިއްޔާ- ސެޓަނިކް ވަރސަސް" ރުޝްދީ ލިޔުމާ ވިދިގެން އިސްލާމީ ދުނިޔެ ވަނީ އޭނާ ކުށްވެރިކޮށް އޭނާ ކާފިރެއް ކަމަށް ހަދައިފައެވެ. އޭނާ މި ފޮތް ލިޔުމުން އީރާނުގެ އޭރުގެ ދީނީ ޒަޢީމު އާޔަތުﷲ ޚުމައިނީ ވަނީ އޭނާގެ ލޭ އޮހޮރުވުން ހުއްދަކުރައްވައިފައެވެ. އޭގެ ފަހުން ރުޝްދީ އުޅެމުން ދިޔައީ ހުޅަނގުގައި ޙިމާޔަތް ހޯދައިގެން ފިލައިގެންނެވެ.

ސްޕޭނުގެ ދުވަހު ނޫހެއް ކަމުގައި އަލްޕޭސަށް ވަކީލު ދިން ބަސްދީގަތުމެއް ބުނާގޮތުގައި ރުޝްދީގެ އެއްލޮލުގެ ފެނުން ވަނީ ގެއްލިފައެވެ. އޭނާ އިތުރަށް ބުންޏެވެ. "އޭނާގެ ކަނދުރާއަށް ވަރަށް ނުރައްކާތެރި ތިން ޙަމަލާވަނީ ދީފައެވެ. އެއް އަތުގެ ނާރުތައް ބުރިވެ ހަލާކުވުުގެ ސަބަބުން އެއް އަތް ވަނީ ވާވެފައެވެ. ރުޝްދީގެ ގައިގެ ތަފާތު ތަންތާނގައި ބޮޑެތި ފުން 15 ޒަޚަމު އެބަ ހުއްޓެވެ."

ރުޝްދީއަށް ޙަމަލާދިނީ އެމެރިކާގެ ނިވް ޖަރޒީގެ ހާދީ މަތާރު، 24، އެވެ. މިހާތަނަށް ކުރި ތަޙްޤީޤުތަކުން އެނގޭ ގޮތުގައި އޭނާއާ އެހެން ފަރާތަކާ ގުޅުމެއް ނެތެވެ.

ރުޝްދީ އަދިވެސް އޮތީ ހަސްފަތާލުގައި ކަމެއް ނުވަތަ ނޫންކަމެއް ވަކީލު ހާމައެއް ނުކުރެއެވެ. މި ޙަމަލާ އޭނާއަށް ދިނީ އިސްލާންދީނަށާއި އެ ދީނުގެ ރަސޫލާއަށް ފުރައްސާރަކޮށް ލިޔުނު ފޮތް ޝާއިޢުކުރިތާ 33 އަހަރު ފަހުންނެވެ.

ރުޝްދީއަށް ޙަމަލާދިން މީހާ މިހާރު ހުރީ ނިވްޔޯރކްގެ ޖަލެއްގައެވެ. އޭނާގެ ބޮލުގައި އެޅިފައިވާ ތުހްމަތުތަކުގެ ތެރޭގައި ދެވަނަ ދަރަޖައިގެ ޤަތުލެއް ހިންގާން އުޅުމާއި ދެވަނަ ދަރަޖައިގެ ޢުދްވާނީ ޙަމަލާއެއް މީހަކަށް ދިނުން ވެއެވެ. އެހެންކަމުން އޭނާއަށް ކަފާލަތުގެ ދަށުން ޖަލުން ސަލާމަތެއް ނުވެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *