މެލޭޝިޔާގައި އުޅޭ ފަލަސްޠީނުގެ ބައެއް މީހުން ވަގަށްނަގައިގެން ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކާ ބެހޭ ސިއްރު މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރާ މޯސާދުގެ ހަތައެއް މެލޭޝިޔާގެ އަމްނާ ބެހޭ އިދާރާއިން ނައްތައިލައިފިއެވެ.
މެލޭޝިޔާގައި ފަލަސްޠީނުގެ މީހަކު ވަގަށް ނެގުމަށް މަސައްކަތްކޮށްފައި ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސަދުގެ ހަތަޔެއް ކަމަށް މެލޭޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.މި ހަތައިން ރާވައިފަވަނީ މެލޭޝިޔާގައި މަސައްކަތްކުރާން އުޅޭ ފަލަސްޠީނުގެ ހަ މީހަކު ވަގަށް ނެގުމަށް ކަމަށް މި އޭޖެންސީތައް ބުންޏެވެ.
މެލޭޝިޔާގެ ސަލާމަތީ ބާރުތަކުން އިއްޔެ ހާމަކުރި ގޮތުގައި އިސްރާއީލުގެ ޖާސޫސީ އިދާރާއިން މެލޭޝިޔާގައި ޤާއިމުކޮށްފައިވާ ވިއުގައެއް ރޫޅައިލެވިއްޖެއެވެ. މި ވިއުގައިގައި ހިމެނެނީ މެލޭޝިޔާގެ 11 މީހެކެވެ. މި ވިއުގައިން މި ދިޔަ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހު ވަނީ ފަންނިއްޔަތުގެ މަޢުލޫމާތާ ބެހޭ ފަލަސްޠީނުގެ ތަޖްރިބާކާރަކު ހައްޔަރުކޮށްފައެވެ. މެލޭޝިޔާގެ ޖާސޫސީ އިދާރާއިން ވަނީ އޭނާ ވަގަށް ނެގިތާ 24 ގަޑިއިރުގެ ތެރޭގައި އޭނާ ސަލާމަތްކޮށް މިނިވަންކޮށްފައެވެ.
ނިވް ސްޓްރޭޓް ޓައިމްސް ބުނާގޮތުގައި މެލޭޝިޔާގައި ދިރިއުޅޭ ފަލަސްޠީނުގެ ހަ މީހަކު ވަގަށް ނެގުމަށް މޯސާދުން ރާވައިފައި ވެއެވެ.
މެލޭޝިޔާގެ ދާޚިލިއްޔާއިން ބުނާގޮތުގައި ތަޙްޤީޤުތަކުން ހާމަވެފައިވާ ގޮތުގައި އެމީހުންގެ ލިސްޓުގައި ފަލަސްޠީނުގެ އިތުރު ބަޔަކު ހިމެނެއެވެ. އެއީ މެލޭޝިޔާގެ ޔުނިވަރސިޓީތަކުގައި މަސައްކަތް ކުރާ ބައެކެވެ. މުޙާޒިރުން (ލެކްޗަރަރުން)ގެ ގޮތުގައި މަސައްކަތް ކުރާ ފަލަސްޠީނުގެ މި މީހުންގެ ތެރޭގައި އިންޖިނޭރުން ހިމެނެއެވެ.
މެލޭޝިޔާގެ ނޫސްތައް ބުނާގޮތުގައި އެމީހުން ވަނީ މޯސާދުގެ ރާޑަރަށް އަރައިފައެވެ. އެމީހުން ވަގަށްނެގުމުގެ ނުވަތަ މަރައިލުމުގެ މަސައްކަތަކީ ވަގުތާ ގުޅިފައިވާ ކަމެކެވެ.
މެލޭޝިޔާގެ ނޫސްތައް ބުނާގޮތުގައި މޯސާދުގެ ހަތާ އަތުން އެމީހުން އަމާޒުކޮށްފައިވާ ފަލަސްޠީނު މީހުންގެ ފައިލްތައް ފެނުނެވެ. މި ފައިލްތަކުގައި އެމީހުންނާ ބެހޭ އަދާހަމަ މަޢުލޫމާތު ހުށްޓެވެ. އެމީހުން ދުއްވާ ކާރުތަކާއި ކާރުތަކުގެ ނަންބަރުތަކާއި މި އުޅަނދުތައް ޢާންމުކޮށް ބާއްވައިފައި އޮންނަ ތަންތަން ވެސް ބަޔާންކޮށްފައި ވެއެވެ. މި ފައިލުތަކުގައި އެމީހުންގެ އަނބިދަރީންގެ ފޮޓޯތަކާއި މަޢުލޫމާތުތައް ހިމަނައފައި ވެއެވެ.
މެލޭޝިޔާގައި އޮތް މޯސާދުގެ ހަތާ ތަޅައިލުން
މެލޭޝިޔާގެ ޚަބަރާބެހޭ ވަސީލަތް ބުނާގޮތުގައި މެލޭޝިޔާގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދުގެ ޖާސޫސީ ވިއުގަ ރޫޅައިލައިފައެވެ. މި ވަސީލަތްތައް ބުނާގޮތުގައި މޯސާދުން ބޭނުންވާ ކަންތައްތައް ކުރުމަށް ޓަކައި މެލޭޝިޔާއިން 11 މީހަކު މަސައްކަތަށް ތަމްރީނު ދީ ޢަސްކަރީކޮށްފައިވެއެވެ.
މި ވަސީލަތްތައް ބުނާގޮތުގައި މޯސާދުން ވަގަށް ނަގަން މަސައްކަތްކުރި ފަލަސްޠީނު މީހަކީ ޣައްޒާ މީހެކެވެ. އޭނާ އަކީ މަޢުލޫމާތީ ފަންނިއްޔަތުގެ ތަޖްރިބާކާރެކެވެ. މި ދިޔަ ސެޕްޓެންބަރު މަހުގެ 28ވަނަ ދުވަހު އޭނާ ގަދަކަމުން ވަގަށް ނަގައިގެން ގެންގޮސްފައި ވަނީ ރަށްފުށުގެ ހިސާބަކަށެވެ. އޭނާ ވަގަށް ނެގިތާ 24 ގަޑިއިރުގެ ތެރޭގައި މެލޭޝިޔާގެ ފުލުހުން ވަނީ އޭނާ މިނިވަންކޮށްފައެވެ.
މެލޭޝިޔާގެ ފުލުހުން ބުނާގޮތުގައި މޯސާދުގެ ހަތަޔަކީ މެލޭޝިޔާގެ މުހިއްމު ތަންތަނާބެހޭ މަޢުލޫމާތު ވަގަށް ހޯދާން މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. އެމީހުން ޖާސޫސްކޮށްފައިވާ ތަންތަނުގެ ތެރޭގައި މެލޭޝިޔާގެ ވައިގެބަނދަރުތަކާއި ސަރުކާރުގެ އިލެކްޓްރޯނިކް ކުންފުނިތައް ހިމެނެއެވެ.މެލޭޝިޔާގެ ފުލުހުން ހާމަކުރިގޮތުގައި މޯސާދުން މެލޭޝިޔާގެ އޭޖެންޓުންނަށް ތަމްރީނުދީފައި ވަނީ ޔޫރަޕްގެ ޤައުމުތަކުގައެވެ.
އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި މޯސާދުގެ ޢަމަލިއްޔާ ނިމިގެން މި ދިޔައީ ރާވައިފައިވާ ގޮތާ މުޅިން ޚިލާފަށެވެ. އެއީ ވަގަށް ނަގަންޖެހޭ މީހާނޫން މީހަކު ވަގަށް ނެގުމުންނެވެ. މޯސާދުގެ އޭޖެންޓުން ގަދަކަމުން ހިފެހެއްޓި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން ވަގަށް ނަގަން ޖެހޭ މީހާ ވަނީ ދޫކޮށްލައިފައެވެ. ގަދަކަމުން ހިފެހެއްޓުނީ އޭނާގެ ރަޙްމަތްތެރިއާއެވެ. އެ ދެ މީހުންނަކީ ކޮމްޕިޔުޓަރު ޕްރޮގްރާމުގެ ދެ މާހިރުންނެވެ. މޯސާދުގެ އޭޖެންޓުން ދޫކޮށްލި މީހާ ފުލުހުންނަށް މި ކަން ރިޕޯޓު ކުރީއެވެ. ފުލުހުން ވަގުތު ފިޔަވަޅު އެޅީއެވެ.



advertisment