Support Us

އިލޯން މަސްކް ޔުކްރޭން ސިފައިންނަށް ހިލޭ ދެމުންދިޔަ ނެޓްގެ ޚިދުމަތް ކަނޑައިލައިފި

އެމެރިކާގެ މަޝްހޫރު ސައުދާގަރު އިލޯން މަސްކްގެ ސްޓާރލިންކް ކުންފުނިން ޔުކްރޭން ސިފައިންނަށް ހިލޭ ދެމުންދިޔަ ނެޓްގެ ޚިދްމަތް ކަނޑައިލައިފިކަން އިޢުލާންކޮށްފިއެވެ. 

ޔުކްރޭނުގެ ރިޔާސީ އޮފީހުގެ މުޝީރު މީޚާއީލް ބޮޑްލިޔޭކް ވިދާޅުވާ ގޮތުގައި ހަނގުރާމައިގެ އެންމެ ނާޒުކު ވަގުތުގައި މަސްކް (ފޮޓޯގައި) ޔުކްރޭނަށް ދިން އެހީއަކީ އެކަމަށް ޔުކްރޭން ޝުކުރުވެރިވާ ކަމެކެވެ. އަދި ވާހަކަދެއްކުންތައް ނިމެންދެން ސްޓާރލިންކުން މި ޚިދްމަތްތައް މެދުކަނޑައިނުލުމަށް އޭނާ މި ކުންފުންޏަށް ގޮވައިލެއްވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރި ކުންފުނިތަކުން އެ ކުންފުނިތަކުގެ އިސްތިރާތީޖީއަށް ތަބާވުމުގެ ޙައްޤު ލިބިގެން ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓާރލިންކްގެ ޚިދްމަތް ޔުކްރޭނަށް ލިބޭނެ ފަދަ ގޮތަކަށް މަސްއަލަ ޙައްލު ކުރުމަށް ޔުކްރޭނުން މަސައްކަތް ކުރާނެއެވެ. 

މި މަސްއަލައާ ބެހޭގޮތުން އެމެރިކާގެ ދިފާޢީ ވަޒީރުގެ ކުރީގެ އެހީތެރިއެއް ކަމުގައިވާ ލޯރެންސް ކޯރޕް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޔުކްރޭނަށް ލިބެމުން ދިޔަ ސްޓަރލިންކްގެ ނެޓް ޚިދްމަތް ކެނޑިއްޖެނަމަ ޔުކްރޭން ސިފައިންގެ މަސައްކަތަށް ހުއްޓުމެއް އަތުވެދާނެއެވެ. ހަނގުރާމައިގެ މައިދާނުގައި މި ވިއުގަ ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައއެވެ. އޭނާ ޖަޒީރާއަށް ވިދާޅުވި ގޮތުގައި އެމެރިކާއާއި ނޭޓޯއިން ސްޓާރލިންކްގެ  ޚިދްމަތުގެ އަގު ތަޙައްމުލު ކުރާން ޖެހޭނެއެވެ." 

ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި އެމެރިކާގެ ދިފާޢީ ވުޒާރާއިން ސްޓާރލިންކްގެ ބަދަލުގައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާނެއެވެ. އިލޯން މާސްކްގެ ސްޕޭސް އެކްސް ކުންފުނިން ޕެންޓަގަނަށް އަންގައިފައިވާ ގޮތުގައި ސްޓަރލިންކް މެދުވެރިކޮށް ޔުކްރޭން ސިފައިންނަށް ނެޓްގެ ޚިދްމަތް ދެން ހިލޭ ފޯރުކޮށެއް ނުދެވޭނެއެވެ. ސީއެންއެން ބުނާގޮތުގައި މި ކުންފުނިން ޕެންޓަގަނަށް ފޮނުވި ސިޓީގައި ޔުކްރޭންގައި ސްޓާރލިންކުން ދެމުންދާ ޚިދްމަތަށް ވޮޝިންގޓަނުން އަގު ދެއްކުމަށް ބުނެފައި ވެއެވެ. މި ކުންފުނި ބުނާގޮތުގައި މި އަހަރުގެ ބާކީ މި އޮތް ދުވަސްތަކަށް 120 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.

ރަޝިޔާއިން ޔުކްރޭނަށް ދިން ފުރަތަމަ ޙަމަލާތަކުގައި ރަޝިޔާއިން ވަނީ ޔުކްރޭނުގެ ސެލިއުލަރ ފޯނުގެ ވިއުގަ ހަލާކުކޮށްލައިފައެވެ. 

މި މަހު ކުރީކޮޅު އިލޯން މަސްކް ވަނީ ރޫސީ– ޔުކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި މަޝްރޫޢެއް ހުށައަޅައިފައެވެ. ނަމަވެސް ޔުކްރޭންގެ ރައީސް ވަނީ މި މަޝްރޫޢު ކުށްވެރި ކުރައްވައި އެކަމާ ދެކޮޅުހައްދަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *