Support Us

ޔުކްރޭން ފުނޑުފުނޑުކޮށް ހަލާކުކޮށްލާން ބޭނުމެއްނޫން: ޕޫޓިން

އަވަށްޓެރި ޔުކްރޭން ފުނޑުފުނޑުކޮށް ހަލާކުކޮށްލާން ބޭނުން ނުވާ ކަމަށް ރަޝިޔާގެ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. ކަޒަޚިސްތާނު ސަމިޓް ނިމުމުން ރޫސީ ރައީސް ޕޫޓިން ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވި ގޮތުގައި މި ވަގުތު އިތުރަށް "ވަރުގަދަ ޙަމަލާއެއް" ދޭކަށް ނުޖެހެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިފައިންގެ ޚިދްމަތަށް އިތުރު މީހުން ވެއްދުމުގެ މަސައްކަތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެއެވެ. އޭގެފަހުން އިތުރު ބަޔަކު ސިފައިންގެ ޚިދްމަތަށް ބޭނުމެއް ނުވާނެއެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ޞުލްޙަޔާ ބެހޭ ވާހަކަދެއްކުންތައް ބާއްވަން ޔުކްރޭނުން އެދޭނަމަ ރަޝިޔާއިން އެކަމަށް ތަރްޙީބު ދޭނެއެވެ. އެހެނަސް ބައިނަލްއަޤްވާމީ މެދުވެރިއަކަށް ބޭނުންވާނެއެވެ.

ޕޫޓިން ހާމަކުރެއްވި ގޮތުގައި ރޫސީ ބިމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ޓަކައި ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރާން ޖެހިއްޖެނަމަ މޮސްކޯއިން އެކަމާ ދުރުހެލި ނުވާނެތެވެ. އޭނާ ވިދާޅުވި ގޮތގައި "ނޭޓޯ ސިފައިންނާއި ރަޝިޔާއާ ދެމެދުގައި ކުރިމަތިލުމެއް ހިނގައިފިނަމަ އެކަން ވެގެންދާނީ ޢާލަމީ ކާރިސާ އަކަ"ށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ކިޔީވަށާއި ޔުކްރޭނުގެ ބޮޑެތި ސަހަރުތަކަށް ވަރުގަދަ ޙަމަލާއެއް ދިނީ ރަޝިޔާގެ މުހިއްމު ބުރިޖަކަށް ޔުކްރޭނުން ޙަމަލާ ދިނުމުންނެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ ވިސްނުމުގައި ޔުކްރޭން ހަލާކުކޮށްލުމުގެ ނިޔަތެއް ނެތެވެ."

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން ޙަމަލާދޭން ނިންމި ހުރިހާ އަމާޒުތަކަކަށް ވަނީ ޙަމަލާދީފައެވެ.

އޭނާ ވިދާޅުވިއެވެ. "ސާފުކޮށްދޭން ބޭނުންވާ ކަމެއް އެބަ އޮތެވެ. މިހާރު ހިނގަމުންދާ ކަންތައްތަކަކީ ރުހޭ ކަންތައްތަކެއް ނޫނެވެ. އެހެނަސް މި ކަންތައްތަކާ ރަޝިޔާއާ ފަހުން ނަމަވެސް ކުރިމަތިލާން ޖެހޭނެއެވެ. ލަސްކޮށްފިނަމަ ނަތީޖާ މާ ނުބައިވާނެއެވެ. އަހުރެމެން ފިޔަވަޅު އަޅަމުން މި ދަނީ ރަނގަޅު މަގުން ރަނގަޅު ވަގުތުގައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *