Support Us

ޔުކްރޭނުގެ ބައެއް ބިންތައް ރޫސީ އިއްތިޙާދުގެ ބަޔަކަށް ހެދިހެދުން އދ އިން ކުށްވެރިކޮށްފި

ޔުކްރޭނުން ރަޝިޔާ ހިފި ހަތަރު ސަރަޙައްދު ރޫސީ އިއްތިޙާދުގެ ބަޔަކަށް ހެދިހެދުން އދ ގެ ޢާންމު މަޖިލީހުން ރޭ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ކުށްވެރިކޮށްފިއެވެ. މި ޤަރާރުގައި ރަޝިޔާގެ މި ފިޔަވަޅު ޤަބޫލު ނުކުރުމަށް މެންބަރު ޤައުމުތަކަށް ގޮވައިލައިފައި ވެއެވެ.

މި ޤަރާރާ އެއްކޮޅަށް އދގެ 193 މެންބަރުންގެ ތެރެއިން 143 މެންބަރުން އާނއެކޭ ބުނެފައި ވެއެވެ. މި ޤަރާރާ ދެކޮޅަށް ރަޝިޔާއާއެކު ވޯޓު ދީފައިވަނީ ޖުމްލަ ފަސް މެންބަރުންނެވެ. އެއީ ރަޝިޔާގެ އިތުރަށް ސޫރިޔާއާއި ނިކަރާގުއާއާއި އުތުރު ކޮރެޔާއާއި ބިލޫރޫސެވެ. ވޯޓުދިނުމުން 35 ޤައުމެއް މަނާވެގަންފައި ވެއެވެ. އޭގެތެރޭގައި ޗައިނާއާއި އިންޑިޔާއާއި ދެކުނު އެފްރިކާ ހިމެނެއެވެ.

މޮސްކޯ އިން ޔުކްރޭނުގެ ޑޮނެޓްސްކާއި ލޮގާންސްކާއި ޚާރްސަނާއި ޒަބަރޯޖިޔާ ރޫސީ އިއްތިޙާދުގައި ބައިވެރި ކުރީ މި ސަރަޙައްދުތަކުގެ ރައްޔިތުން އެކަމަށް އެދި ވޯޓުދިނުމުންނެވެ.

ހުޅަނގުންނާއި އެމެރިކާ ބުނާގޮތުގައި އެ ޤައުމުތަކުން މި ކަން ބަލައެއް ނުގަންނާނެއެވެ. އދގެ ޤަރާރު ބުނާގޮތުގައި ހަނގުރާމައިގައި ހިފައިފައިވާ ބިމެއް އެ ބިން ހިފި ބައެއްގެ ތަނަކަށް ނުވާނެއެވެ.

ޔުކްރޭނަށް ހުޅަނގުގެ އިތުރު އެހީތައް

އަނެއްކޮޅުން ބަލާއިރު ފަރަންސޭސި ރައީސް މެކަރޯން އިއްޔެ ހާމަކުރެއްވި ގޮތުގައި ފަރަންސޭސި ވިލާތުން ޔުކްރޭނަށް ރާޑަރު ނިޒާމުތަކާއި ޖައްވީ ދިފާޢީ ނިޒާމުތައް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ދޭނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ޑްރޯން ޙަމަލާތަކުން ޔުކްރޭން ދިފާޢު ކުރުމަށް ޓަކައި ދެވޭ ހަތިޔާރުތަކެއް ކަމަށް މެކަރޯން ވިދާޅުވިއެވެ.
ހަމަ މި ބީދައިން ކެނެޑާ ބުނާގޮތުގައި އެ ޤައުމުން ޔުކްރޭނަށް 47 މިލިއަން ކެނެޑާ ޑޮލަރުގެ ޢަސްކަރީ އެހީތަކެއް ދޭނެއެވެ. މި އެހީގެ ތެރޭގައި ބޮޑު ބަޑިއާއި ހެދިހަނދު މެދުވެރިކޮށް މުވާޞަލާތީ ގުޅުންތައް ޤާއިމުކުރާ އާލަތްތަކާއި ޑްރޯނާއި ފިނިމޫސުމަށް ބޭނުންވާ ބޯހެދުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *